އިޓަލީގެ ކޯޗުކަން ގާޑިއޯލާ އަށް ހުށަހަޅަނީ: ރިޕޯޓް

Jul 13, 2026, 7:43 PM
ގާޑިއޯލާ: އޭނާ އަށް އިޓަލީއާ ހަވާލުވުމުގެ އޮފާ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނޭ.

ގާޑިއޯލާ: އޭނާ އަށް އިޓަލީއާ ހަވާލުވުމުގެ އޮފާ ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނޭ.

މިލާން (ޖުލައި 13) - އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗަކަށް 10 އަހަރަށް ފަހު މެންޗެސްޓާ ސިޓީން ވަކިވި ސްޕެއިނުގެ ތަޖުރިބާކާރު ކޯޗު ޕެޕް ގާޑިއޯލާ ހަމަޖައްސަން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ޖެހިޖެހިގެން ތިން ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން، އެ ގައުމުގެ ފުޓްބޯޅަ އަށް ގިނަ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެ ގޮތުން، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ހިންގެވުމާ، ޖިއޮވާނީ މަލާގޯ ހަވާލުވެ، އޭނާ ވަނީ ގައުމީ ޓީމުގެ މެނޭޖަރު ނޫނީ ހެޑް އޮފް ސްޕޯޓިން އޮޕަރޭޝަނަށް ކުރީގެ ކެޕްޓަން، ޕައޮލޯ މަލްޑިނީ ހަމަޖައްސައިފަ އެވެ. އަދި، ސްޓްރެޓީޖިކް އެޑްވައިޒަރަކަށް ލިއޮނާޑޯ ވަނީ ގެނެސްފަ އެވެ. 

ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ޒިންމާ ނަގައި، އިޓަލީގެ ކޯޗަކަށް ހުރި ކުރީގެ ކުޅުންތެރިޔާ، ޖެނާރޯ ގަޓޫސޯ ވަނީ އެ ޓީމުގެ ކޯޗުކަމުން އަމިއްލަ އަށް ވަކިވެފަ އެވެ. އާ ލީޑަޝިޕާ އެކު، އިޓަލީގެ ގައުމީ ޓީމަށް ބަދަލުތައް ގެނައުމުގެ ކަންކަން ފަށާފައިވާއިރު، މަލްޑިނީ އާއި ލިއޮނާޑޯ، އެންމެ ބޮޑަށް ބޭނުންވަނީ ގާޑިއޯލާއާ އިޓަލީ ޓީމު ހަވާލު ކުރުމަށް ކަމަށް އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށްވާ ގަަޒެޓާ ޑެލޯ ސްޕޯޓްސް އިން ވެސް ވަނީ ރިޕޯޓްކޮށްފަ އެވެ. 

ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ސިޓީ އަށް ކޯޗުކޮށްދިން ގާޑިއޯލާ ވަނީ ގައުމީ ޓީމެއްގަައި ކޯޗިން މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި ކަމަށް މީގެ ކުރިން ފުޓްބޯޅައިގެ އެކި ފޯރަމްތަކުގައި ދެއްކި ވާހަކަތަކުގައި ފާހަގަކޮށްފަ އެވެ. 

ގާޑިއޯލާގެ އިތުރުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ގެންގުޅޭ ކޯޗުންގެ ލިސްޓުގައި ދެން އުޅޭ ނަންތަަކަށް ބަލާއިރު، ކުރިން އިޓަލީ އަށް ކޯޗުކޮށްދިން ރޮބާޓޯ މަންޗިނީ އާއި އެންޓޯނިއޯ ކޮންޓޭ ހިމެނެ އެވެ. 

ވޯލްްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރަށް ހޯދާފައިވާ އިޓަލީ އަށް އެންމެ ފަހުން ތިން ވޯލްޑް ކަޕްގައި ވެސް ވާދަނުކުރެ އެވެ. އެއީ، 2018 އާއި 2022 އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އިޓަލީ އަކީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގައުމުތަކުގެ ތެެރެއިން މި ފަދަ ރެކޯޑެއް އޮތް ހަމައެކަނި ގައުމެވެ. 

އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވީ ޕްލޭއޮފުން ކުރިއަށް ނުދެވިގެންނެވެ. މި ފަހަރުގެ ކުރިން، ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި އިތުރު ވަގުތު ގޯލު ޖަހައިގެންނެވެ.

ކުރިން ފަހަރުތަކާ ހިލާފަށް އިޓަލީން މި ފަހަރުގެ ފީފާ ވޯލްްޑް ކަޕްގެ ޕްލޭއޮފް ފުރަތަމަ މެޗުން ވަނީ ނޮދަން އަޔަލެންޑް އަތުން މޮޅުވެފަ އެވެ. އެކަމަކު، ޕްލޭއޮފް ފައިނަލުން ބޮސްނިއާ އަތްދަށުވެ ކެޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕޮލިހުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި

މިދިޔަ އަހަރުގެ ޗެމްޕިއަން ސިފައިންގެ ކްލަބް ސީދާ ތިން ސެޓުން ބަލިކޮށް، ޕޮލިސް ކްލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި އުފުލާލައިފި. ޝެޑިއުލަށް އައި ބަދަލަކާ ގުޅިގެން ސިފައިންގެ ޓީމުގެ މުހިންމު ދެ ބިދޭސީ ކުޅުންތެރިން ނުލައި ކުޅުނު މި މެޗު ޕޮލިހުން ކާމިޔާބުކުރިއިރު، މޮޅުވީ ތަފާތު ކުޅުމެއް ދައްކައި، ސިފައިންނަށް އެއްވެސް ފުރުސަތެއް ނުދީ.

ރިސޯޓް ސުޕަ ލީގުގެ ފައިނަލްގެ ފަހު ޖާގަ އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ސެމީ ފައިނަލުގައި ވޮއްމުލި ބަލިކޮށް، ފައިނަލުގެ ފަހު ޖާގަ ސަން ސިޔާމް އޮޅުވެލިން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން، އޮޅުވެލި މޮޅުވީ ޕެނަލްޓީ ޖަހައިގެން 7-6 ގެ ނަތީޖާއަކުންނެވެ. ފައިނަލް މެޗުގައި އޮޅުވެލި ބައްދަލުކުރާނީ ވެލާ ޕްރައިވެޓް އައިލެންޑާ.

ވެމްކޯ އިން ގައުމީ ވޮލީ ލީގު އަންހެން ޑިވިޝަން ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހޯދައިފި. ވެމްކޯ އިން މި މުބާރާތް ކާމިޔާބުކުރީ ލީގުގެ ފަހު މެޗުގައި ޕޮލިސް ކްލަބް ބަލިކޮށް، ޖުމްލަ 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން.

ސާފް އިން ދިން މުއްދަތުގައި އިންޑިއާ އިން ނިންމީ ބައިވެރިވާން

ބަންގްލަދޭޝްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސާފުން ދޮގުކޮށް، އެ ގައުމުން މުބާރާތުގައި ބައިވެރިވާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައި. އިންޑިއާ އިން މިގޮތަށް ނިންމީ ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ދިމާވި މައްސަލަތަކާ ގުޅިގެން ސާފް އިން ދިން މުއްދަތުގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު

ޝެޑިއުލަށް އައި ބަދަލާ އެކު ބިދޭސީ ކުޅުންތެރިން ނެތި ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ ޝެޑިއުލަށް އައި ބަދަލާ ގުޅިގެން، ތަށި ދިފާއުކުރަން ނުކުންނަ ސިފައިންގެ ކްލަބަށް މިރޭގެ ފައިނަލުގައި ބިދޭސީ ކުޅުންތެރިންނާ ނުލައި ކުޅެން ޖެހިއްޖެ. ސިފައިންގެ ޓީމަށް ކުޅޭ ޕާކިސްތާނުގެ ދެ ކުޅުންތެރިން މިއަދު ރާއްޖޭން ފުރީ، ކުރިން ތާވަލުކުރި ތާރީޚަށް ވުރެ ފައިނަލް މެޗު ލަސްވުމުން އެހެން ގައުމެއްގެ މުބާރާތަކަށް ދާން ޖެހުމުން

ޔުނައިޓެޑްގެ ބޯޑުން އޮތީ ކެރިކަށް އިތުރު ފުރުސަތެއް ނުދޭ ގޮތަށް

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން އެ ކްލަބުގެ ކޯޗުކަމުން މައިކަލް ކެރިކް ވަކިކުރަން ބޯޑުން ވަނީ ނިންމާފައި. މި ސީޒަނުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެފައިނުވާއިރު، ކެރިކް މަގާމުން ދުރުކުރުމުގެ ފައިނަލް ނިންމުން ނިންމާނީ ކްލަބުގެ ގާނޫނީ އަދި ޓެކްނިކަލް ޓީމާ މަޝްވަރާކުރުމަށް ފަހުގައި

ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރަން ހުޅުވާލައިފި

ރާއްޖޭގައި ބާއްވާ ފުރަތަމަ ގައުމީ ބީޗް ހޭންޑްބޯޅަ މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު، ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހޭންޑްބޯލް މޯލްޑިވްސް އިން ހުޅުވާލައިފި. އަންނަ މަހުގެ 28 އިން ޑިސެމްބަރު 10 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ހޯސްޓްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަންޖެހޭނެ

Newsletter

Get the latest news delivered straight to your inbox