ޝޯ ބާއްވާ ތަން ބަދަލުކުރުމަކީ އޮޕްޝަނެއް ނޫން، ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިއްޖެ: އޫބާ އިވެންޓްސް

އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ރާއްޖެ އައުން: އެ ބޭންޑާއެކު އޫބާ އިވެންޓްސްގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން

އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ރާއްޖެ އައުން: އެ ބޭންޑާއެކު އޫބާ އިވެންޓްސްގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން

އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބާއްވަން ހުރިހާ ތައްޔާރީތަކެއް ވެފައި އޮއްވާ ޝޯ ބާއްވާ ތަން ބަދަލުކުރަން ޔޫތު މިނިސްޓްރީ އެންގިޔަސް އެއީ އޮޕްޝަނެއް ނޫން ކަމަށާއި ޝޯ ކެންސަލްކުރަން ޖެހުމުން ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޫބާ އިވެންޓްސް އެންޑް އާޓިސްޓްސް އިން މިއަދު ބުނެފި އެވެ. 

އޫބާ އިވެންޓްސްގެ ޑައިރެކްޓަރު އުމަރު ޒިޔާދު (ޑީޖޭ އުމަރު) އަދަދު އަށް ވިދާޅުވީ އެތައް މަހެއް ކުރިން ސޯޝަލް ސެންޓަރު ނައިގެން އެތަނަށް ބޭސްކޮށް ތިން ކެޓަގަރީއަކުން ޓިކެޓު ވިއްކައި ނިންމައި ތަންވެސް ގާތްގަނޑަކަށް ތައްޔާރުކޮށް ނިމުނުތަނާ ތަން ބަދަލުކުރަން އެންގުމަކީ އޮޕްޝަނެއް ނޫން ކަށެވެ. 

"މިއީ މަންތުސް އަ ހެޑް އެގްރީވެފައި އޮތް އެއްޗެއް އެނގޭތޯ. އެ ވަގުތުގައި އަޅުގަނޑު ހަމައެކަނި ބުނީ އަޅުގަނޑަށް ތިން ކެޓަގަރީ ޓިކެޓު ވިއްކޭ ގޮތަށް އަނެއް ވެނިއު މާލެއިން ހަމަޖައްސަދޭށޭ. ނޫނީ ހުޅުމާލެއިން ހަމަޖައްސަދޭށޭ. މި އިވެންޓް ބާއްވާނަމޭ. އެހެންވީމަ އޭތި ނުދެވެންޏާ ނުބޭއްވުނީ ނޫންތޯ،" އުމަރު ވިދާޅުވި އެވެ. 

"އެބޭފުޅުން އޮޕްޝަނެއް ނޫން ދިނީ. ހިޔާލެއް ދިނީ. ފޭދޫ ފިނޮޅުގައި ބާއްވާލަންވީ ނޫންހެއްޔޭ. ކްރޮސް ރޯޑުގައި ކިހިނެއް ހެއްޔޭވާނީ. އަޅުގަނޑުމެން ސޯޝަލް ސެންޓަރު ނެގައިގެން މިދިޔައީ އޮޕްޝަނެއް ނެތީމަ. އެހެން ނޫނިއްޔާ ސޯޝަލް ސެންޓަރެއް ނުނަގާނެ ނޫންތޯ."

އުމަރު ވިދާޅުވީ ފަހުވަގުތު ގްރޭޓާ މާލެ ސަރަހައްދުން ބޭރުގައި އިވެންޓް ބާއްވަން ހިޔާލުތަކެއް ދިން ނަމަވެސް، އެއީ އިވެންޓަށް ކުޑަތަންވެފައި އޮއްވާ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އިންޑޯގައި ޝޯ ބާއްވަން ނިންމީ ވިއްސާރަ ދުވަސްވަރަކަށްވާތީ ކަމަށާއި ރަށުން ބޭރުގައި އިވެންޓް ބާއްވާނަމަ ދަތުރުފަތުރަށް ވެސް ދަތިތައް ދިމާވާނެ ކަމަށެވެ. 

ޝޯއަށް ވިއްކި ޓިކެޓުގެ ތަފްސީލް: 

  • ސްޓޭންޑިން ޓިކެޓް - 490ރ.
  • ބްލީޗާސް / ސިޑިބަރި - 990ރ.
  • ގޮނޑި - 1310ރ.

މި ޝޯއަށް ޖުމްލަ 1،800 ޓިކެޓު ވިއްކަން މަސައްކަތްކުރިއިރު އޭގެ ތެރެއިން 1،000 ޓިކެޓު ވިކި ހުސްވެފައިކަން އުމަރު ފާހަގަކުރެއްވި އެވެ. އޭގެތެރެއިން ބާކީ ޓިކެޓުތައް ފަހު ދުވަސްތަކުގައި ވިއްކަން އޮތީ ރޭވިފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ އަބާގެ މިއުޒިކަކީ މިހާރުގެ ކުޑަކުދިން އެންމެ ބޮޑަށް ސެލެބްރޭޓްކުރާ މިއުޒިކުކަމަށްވާއިރު، ޝޯ ބަލަން ކުޑަކުދިން ހިމެނޭ ގޮތަށް އެތައް އާއިލާ އާއި ރައްޓެހިން ޓިކެޓު ގަނެފައިވާ ކަމަށެވެ. އެހެންކަމުން އެއީ އެންމެންނަށް ވެސް ލިބޭނެ ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެއިތުރުން ޝޯއަށް ރާއްޖޭގެ ބޭންޑުތަކުން ތައްޔާރުވުމުން އެމީހުންނަށްވެސް ގެއްލުންވާނެ ކަމަށާއި އެތައް މަސް ދުވަސްވަންދެން އެމީހުންވެސް ޝޯއަށް ދިޔައީ ތައްޔާރުވަމުން ކަމަށް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝޯ ބަލަން ރަށްރަށުންނާއި ރިސޯޓުތަކުން އަދި ރާއްޖެއިން ބޭރުން އަންނަން ތިބި މީހުންނަށްވެސް މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. 

ޝޯ ދޭ ބޭންޑް ރޭ ރާއްޖެ އައިސްފައިވާއިރު އެމީހުން ކައިރީގައި ޝޯ ކެންސަލްކުރަން ޖެހުނު ވާހަކަ ބުނަން ވަރަށް ލަދުގަތްކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ މިފަދަ ސަބަބަކާހުރެ ޝޯ ނުބޭއްވޭތީ އެމީހުންވެސް ތިބީ ހައިރާންވެފައި ކަމަށެވެ. 

"އަޅުގަނޑު އެމީހުން ރިސީވްކުރިން ރޭގައި. އެމީހުން ރާއްޖޭގައި ތިބީ އެނގޭތޯ. އަޅުގަނޑު ހަމަ ވަރަށް ލަދުގަތް އެމީހުން ކުރިމަތީގައި މި ސަބަބާހުރެ. ރޭގައި މަތިންދާ ބޯޓަށް އެރިއިރު ޝޯ އޮވޭ. އެކަމަކު މިކޮޅަށް އައިސް ޖެއްސިއިރު ޝޯއެއް ނެތް. ފޯ މަންތުސް މިވަނީ އެނގޭތޯ ކޮމިއުނިކޭޝަން އެމީހުންނާ ކުރާތާ. އެމީހުންގެ ހުރިހާ ރިކުއާމަންޓަކާ މީޓްކުރަމުން،" އުމަރު ވިދާޅުވި އެވެ. 

ޝޯ ކެންސަލްކުރަން ޖެހުމުން މާލީ ގޮތުން ވެސް ބޮޑު ގެއްލުންވިކަން އުމަރު ފާހަގަކުރެއްވި އެވެ. އެނާ ވިދާޅުވީ މި އިންޑަސްޓްރީގައި މިހާ ދުވަހު މަސައްކަތްކޮށްފައިވާއިރު މިއީ ކުންފުންޏަށްވެސް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމަށެވެ. 

"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ. 

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox