ސޯޝަލް ސެންޓަރު ނުދިނީ ޝޯއެއް ބާއްވަން އެތަން އެކަށީގެން ނުވާތީ: މިނިސްޓްރީ

ޔޫތު މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ޝޯ ބާއްވަން ސޯޝަލް ސެންޓަރު ނުދިނީ އެތަނުގައި މަރާމާތުތަކެއް ކުރަން ޖެހޭތީ ކަމަށް މިނިސްޓްރީ ބުނޭ -- ފޮޓޯ: ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ޝޯ ބާއްވަން ސޯޝަލް ސެންޓަރު ނުދިނީ އެތަނުގައި މަރާމާތުތަކެއް ކުރަން ޖެހޭތީ ކަމަށް މިނިސްޓްރީ ބުނޭ -- ފޮޓޯ: ޔޫތު މިނިސްޓްރީ

މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސޯޝަލް ސެންޓަަރުގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އޮސްޓްރޭލިއާގެ ބޭންޑު "ބިޔޯން އަގެއިން" ގެ ޝޯ ބާއްވަން ސޯޝަލް ސެންޓަރު ނުދިނީ އެފަދަ ޝޯއެއް ބާއްވަން އެތަން އެކަށީގެން ނުވާތީ ކަމަށް ޔޫތު މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާގު އިބްރާހިމް އަދަދު އަށް ވިދާޅުވީ ޝޯ ބާއްވަން ސޯޝަލް ސެންޓަރު ނުދޭން ނިންމީ އެފަދަ ޝޯއެއް ބޭއްވުމަށް އެތަން އެކަށީގެން ނުވާތީ އާއި އެކި ކަހަލަ މައްސަލަތައް ތަނުގެ ތެރޭގައި ހުރުމުން އެކަންކަން ހައްލުކުރަން މަރާމާތުތަކެއް ކުރުމަށް ބޭނުންވާތީ ކަމަށެވެ. 

"އެބޭފުޅުންނަށް ޝޯ ބާއްވަންވެގެން ހުއްދަ ދީފައި އޮއްވާ ދެން މިވީ ގޮތަކީ ޖެހިޖެހިގެން އެތައް ބައިވަރު އިވެންޓްތަކެއް އެއްފަހަރާ މިދިޔައީ. ކުޅިވަރު މުބާރާތްތަކާއި ދެން ގައުމީ ދުވަހުގެ ހަފްލާ އާއި މި ހުރިހާ ކަންތައްތަކެއް ދިޔައީ. ދިޔައިރުގައި މިވީ ގޮތަކީ ކުއްލިއަކަށް ތަނުގެ ތެރޭގައި ޓެކްނިކަލް އިޝޫސްތަކެއް ހުރެގެން އިލެކްޓްރިކް މައްސަލަތަކެއް ވެސް އެބައުޅޭ،" ރައްޒާގު ވިދާޅުވި އެވެ. 

ރައްޒާގް ވިދާޅުވީ ސޯޝަލް ސެންޓަރުގައި އެއާކޯންގެ މައްސަލަތައް ވެސް ދިމާވެފައިވާ ކަމަށާއި ޝޯ އިންތިޒާމުކުރާ މީހުންނާ ވާހަކަދައްކައިގެން އެފަދަ އެހެން ތަނެއް ގްރޭޓާ މާލެ ސަރަހައްދުން ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"އެއާކޯން މައްސަލަތަކެއް ވެސް އެބަ އުޅޭ. ދެން ޕްލަސް އެކަހަލަ މައްސަލަތަކެއް ހުރެގެން އެފަދަ ޝޯއެއް ބޭއްވުމަށްޓަކައި ތަން އެކަށީގެންނުވާތީ އެބޭފުޅުންނާ އަޅުގަނޑުމެން މަޝްވަރާވެސް. އެބޭފުޅުންނާ މަޝްވަރާކޮށްގެން އެހެން އޮޕްޝަންތަކެއް ހޯދޭތޯވެސް މަސައްކަތްކުރިން،" ރައްޒާގު ވިދާޅުވި އެވެ. 

އުބާ އިވެންޓްސްގެ ފަރާތުން ބާއްވާ މި ޝޯއަށް ސްޕޮންސަރުން ހޯދައި ވަރަށް ބޮޑަށް އިޝްތިހާރު ކުރަމުން ދަނިކޮށް ޝޯ ނުބޭއްވޭނެކަން އެންގީ އިއްޔެގަ އެވެ. ޝޯ ކެންސަލް ކުރަން އެންގިއިރު ޓިކެޓުތައް ވެސް ވިކިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

"ބިޔޯން އަގެއިން" ގެ ކުރިން އޯޕެނިން އެކްޓުތަކުގެ ގޮތުގައި ދިވެހި އާޓިސްޓުންގެ ހުށަހެޅުންތަކެއް ވެސް ކުރިއަށްގެންދަން އޮތީ ނިންމާފަ އެވެ. ޝޯ ބޭއްވުމަށްޓަކައި ސޯޝަލް ސެންޓަރުގައި ސްޓޭޖު އަޅައި ފަހުގެ ތައްޔާރީތައް ދިޔައީ ވަމުންނެވެ.

"ބިޔޯން އަގެއިން" ބޭންޑަކީ 1970 ގެ އަހަރުތަކުގެ ތެރޭ މަޝްހޫރުވި ސްވިޑެންގެ "އެބާ" ބޭންޑުގެ ލަވަތައް ކަވަރުކުރާ ޓްރިބިއުޓް ބޭންޑެކެވެ. އެ ބޭންޑުން ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ 72 ގައުމެއްގައި 5،300 އަށްވުރެ ގިނަ ޝޯ ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޑީޕީ އިންތިހާބު: ކުރިން ވިދާލި ގިނަ ނަންތަކަކަށް ނާކާމިޔާބީ

ގައުމީ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކާއި މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު އަދި ޕާޓީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ޑީޑީއަށް ވަނީ ނާކާމިޔާބުވެފަ އެވެ.

ވަށަފަރު ގޮނޑި ގެއްލުމުން މުއިއްޒުގެ އާއިލީ މީހުން ވަކި ކުރަނީ

އެ އިންތިހާބު ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަ ކުރި އައިމިނަތު ރިޝްމާ އެވެ. އޭނާ އިންތިހާބު ކާމިޔާބު ކުރީ ޕީއެންސީގެ ކެންޑިޑޭޓު ޒައިނާޒް އަހުމަދަށްވުރެ 57 ވޯޓު އިތުރަށް ހޯދައިގެންނެވެ.

އައްޑޫ ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީން ކާމިޔާބުކޮށްފި

އައްޑޫ ސިޓީ ހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓާ ވާދަކޮށް ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާ ކާމިޔާބުކޮށްފިއެވެ. މީގެ އިތުރުން މިއަދު ބޭއްވި އެހެން ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ ކައުންސިލްގެ ރައީސްކަމާއި އެރަށު ޑަބްލިއުޑީސީ ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ހއ. ވަށަފަރު ޑަބްލިއުޑީސީ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ތާއީދާއެކު ނުކުތް އަމިއްލަ ކެންޑިޑޭޓެކެވެ.

ވަށަފަރު ޑަބްލިއުޑީސީގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ!

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކޮށް އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބުކުރައްވައިފިއެވެ. ތިން ސަރަހައްދެއްގައި ބެހެއްޓި ވޯޓު ފޮށިތަކުން ރިޝްމާއަށް ޖުމްލަ 278 ވޯޓު ލިބުނުއިރު، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 221 ވޯޓެވެ.

ތިނަދޫ ކައުންސިލް ރައީސްގެ ގޮނޑި ސުޖާއު ދިފާއުކުރައްވައިފި

މިއަދުގެ އިންތިހާބުގައި ސުޖާއު ވަނީ މިހާތަނަށް 87 ވޯޓު ހޯއްދަވައިފަ އެވެ. އޭނާއާ ވާދަ ކުރެއްވި ވެރިކަން ހިންގާ ޕީއެންސީގެ އަހުމަދު އަމަން މުހައްމަދަށް މިހާތަނަށް ލިބުނީ 42 ވޯޓެވެ. އަދި އެއް ފޮށީގެ ނަތީޖާ ޓެލީ ނުކުރެވެ އެވެ.

"ބޮޑު ބަދަލު" ޓީމުން މާލޭގެ މެޖޯރިޓީ ނަގައިފި

އެހެންކަމުން، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލީޑު ކުރައްވާ "ބޮޑު ބަދަލު" ގެ ޓީމުން މާލެ ސިޓީގެ ގޮނޑިތަކުގެ 81 ޕަސެންޓު ވަނީ ކާމިޔާބުކޮށްފަ އެވެ.

"އެމްޑީޕީ އެކުގައި ނުކުމެ، މި ގައުމަށް ހެޔޮ ބަދަލެއް ގެންނާނަން"

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި "ބޮޑު ބަދަލު" ޓީމަށް ލިބުނު ކާމިޔާބީއަކީ މެންބަރުންގެ އިތުބާރު އޮތްކަން ހާމަވި ނަތީޖާއެއް ކަމަށާއި، ދެން އޮތީ ޕާޓީ ވަރުގަދަކޮށް ގައުމަށް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ކަމަށް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. މި ޓީމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

Newsletter

Get the latest news delivered straight to your inbox