ޝަހުޒާން އާއި ލީވާންގެ ހައި ކޯޓުގެ އަޑުއެހުން ފަހުވަގުތު ކެންސަލްކޮށްފި

Jul 21, 2026, 10:38 AM
ލީވާން އަލީ ނާސިރު (ކ) އަދި މުހައްމަދު ޝަހުޒާން (ވ): އެ ދެ ނޫސްވެރިންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު އަޑުއެހުން ކެންސަލްކުރީ އިދާރީ ސަބަބަކާ ގުޅިގެން ކަމަށް ހައި ކޯޓުން ބުނޭ -- ފޮޓޯ: އަދަދު

ލީވާން އަލީ ނާސިރު (ކ) އަދި މުހައްމަދު ޝަހުޒާން (ވ): އެ ދެ ނޫސްވެރިންގެ ފަރާތުން ހުށަހެޅި އިސްތިއުނާފު އަޑުއެހުން ކެންސަލްކުރީ އިދާރީ ސަބަބަކާ ގުޅިގެން ކަމަށް ހައި ކޯޓުން ބުނޭ -- ފޮޓޯ: އަދަދު

އަދަދު ނޫހުން އުފެއްދި "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި، ޖަލުގައި ބަންދުކުރި މި ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރާއި މުހައްމަދު ޝަހުޒާންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ކުޑަތަންވެފައި ވަނިކޮށް ހައިކޯޓުން މިއަދުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ. 

ކްރިމިނަލް ކޯޓުން ނެރުނު އަނގަ ބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އާ ލީވާން ހިލާފުވީ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އެ އަމުރު ނެރުނު ކަމަށް ރިޕޯޓުކުރި ހަބަރާ ގުޅިގެންނެވެ. ޝަހުޒާން ޖަލަށްލީ ރައީސް އޮފީހުގައި ރައީސް މުހައްމަދު މުއިއްޒުއާ ކުރި ސުވާލެއް، އެ އަމުރާ ހިލާފު ކަމަށް ކަނޑައަޅާފަ އެވެ. 

މި ދެ ނޫސްވެރިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ އަޑުއެހުން ކެންސަލްވީ އިދާރީ ސަބަބަކާ ގުޅިގެން ކަމަށް ހައި ކޯޓުން ބުނެފައިވާ ކަމަށާއި ޝެޑިއުލްކުރާނެ ދުވަހެއް ފަހުން އަންގާނެ ކަމަށެވެ. 

ޝަހުޒަން އާއި ލީވާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އެ މައްސަލައިގެ އަޑުއެހުން ތާވަލުކުރީ މިއަދު ހެނދުނު ހެނދުނު 10:15 އަށެވެ. ސިއްރުން ބާއްވާ ގޮތަށް އޮތް އެ އަޑުއެހުން ކެންސަލްވިކަން ކޯޓުން އެންގީ އަޑުއެހުމުގައި ބައިވެރިވާން ނޫސްވެރިންނާއި ވަކީލުން ގޮސް ތިއްބަ އެވެ.

ގެގް އޯޑަރުގެ މައްސަލައިގައި ދެ ނޫސްވެރިން ޖަލަށް ލާން ބޭއްވި އަޑުއެހުންތައް ވެސް ކްރިމިނަލް ކޯޓުގައި ބޭއްވީ ސިއްރުކޮށްގެންނެވެ. އަވަސް އަރުވާލައިގެން އެ ދުވަހުންދުވަހަށް ހުކުމް ކުރަން ބޭނުންވެގެން އެ ކޯޓުން ބޭއްވި ދެ އަޑުއެހުމަކަށް ފަހު، ޝަހުޒާން 15 ދުވަހަށް އަދި ލީވާން 10 ދުވަހަށް ޖަލަށް ލާން އެ ކޯޓުން ހުކުމްކުރި އެވެ. މި ހުކުމް ތަންފީޒުކުރުމަށް ފަހު ދެ ނޫސްވެރިން ވަނީ މިނިވަންވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox