އައިޝާ ޑޮކިއުމެންޓްރީ މަނާކުރި ގެގް އޯޑަރުގެ މައްސަލައަށް ބާ ކައުންސިލުން ވަންނަނީ

Jun 28, 2026, 10:59 PM
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ: ގާނޫނީ ދާއިރާ ރެގިއުލޭޓު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ބާ ކައުންސިލަށް --- ފޮޓޯ: ބާ ކައުންސިލް

ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ: ގާނޫނީ ދާއިރާ ރެގިއުލޭޓު ކުރުމުގެ ގާނޫނީ ޒިންމާ އޮންނަނީ ބާ ކައުންސިލަށް --- ފޮޓޯ: ބާ ކައުންސިލް

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީ ދައުރުކުރުމާއި، އެ ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް އެއްވެސް ތަނެއްގައި ނުދެއްކުމަށް އަންގައި ހުރިހާ ރައްޔިތުންގެ މައްޗަށް ކްރިމިނަލް ކޯޓުން އަނގަ ބަންދުކުރުމުގެ އަމުރު (ގެގް އޯޑަރު)، ކްރިމިނަލް ކޯޓުން ނެރެފައިވާ އަނގަ ބަންދުކުރުމުގެ އަމުރުގެ އިސްތިއުނާފު މައްސަލައިގެ ތެރެއަށް ބާ ކައުންސިލުން ތަދައްހުލުވާން އެދި ހައި ކޯޓަށް ހުށަހަޅައިފި  އެވެ.

މި އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މި ޑޮކިއުމެންޓްރީ މައްސަލައިގައި ޖިނާއީ ދައުވާ އުފުލާފައިވާ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާގެ ހެނދުނުގެ 9:00 އަށެވެ. 

ބާ ކައުންސިލުން މައްސަލައިގެ ތެރެއަށް ތަދައްހުލުވިއިރު، މީގެ ކުރިން އެ ކައުންސިލުން ވަނީ ނޫސްވެރިންގެ ހައްގަށް ހުރަސް އެޅެމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މި މައްސަލައިގައި ތަދައްހުލުވާން އެދި ހުށަހެޅިކަން ހާމަކުރަމުން ވެސް ބާ ކައުންސިލުން ތަކުރާރުކުރީ މި ކަންބޮޑުވުންތަކެވެ. އަދި ބުނީ، ޑިއު ޕްރޮސެސް އާއި މީޑިއާ، ހިޔާލުފާޅުކުރުމުގެ އަސާސީ މިނިވަންކަމާއި، އެންމެންނަށް މައުލޫމާތު ހޯދުމުގެ ހައްގު ދިފާއުކޮށް ދެމެހެއްޓުމުގައި އެ ކައުންސިލު ދެމިއޮންނާނެ  ކަމަށެވެ. 

ނޫސްވެރިކަމުގެ ހައްގު ގެއްލޭތީ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންނަށް ހިލޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދެނީ

ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވެ، އަދުލު އިންސާފުގެ ނިޒާމުގެ ތެރެއިން ލިބިދޭ އަސާސީ ހައްގުތަކަށް ހުރަސްއެޅޭތީ ބާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވަކިން ހާއްސަކޮށް، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ނޫސްވެރިންނަށް ފިޔަވަޅު އެޅުމުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ފުރުސަތު ނުދޭ މައްސަލަ އެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ހުރިހާ ރައްޔިތުންނަށް ރައްދުވާ ގޮތަށް ކްރިމިނަލް ކޯޓުން ނެރުނު މި އަމުރާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކޯޓަށް އަމާޒުވެފައިވާއިރު، ގާނޫނީ މާހިރުން ވަނީ މި އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދާފަ އެވެ. ވަކިން ހާއްސަކޮށް، ޝަރީއަތުގައި ހިމެނޭ ހަސްމުންގެ އިތުރުން މުޅި ރައްޔިތުންގެ މައްޗަށް މިފަދަ އަމުރެއް ހިންގުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ފުށުއަރާ ކަމެއްގެ ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ފާހަގަކުރައްވަ އެވެ. 

އައިޝާ ޑޮކިއުމަންޓްރީއަކީ ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފަކާ ކައިވެނިން ބޭރުން ގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުތަކެއް ރައްދުވާ ޑޮކިއުމެންޓަރީއެކެވެ. އެ ޑޮކިއުމަންޓްރީގައި ހިމެނޭ ކަންކަން މުއިއްޒު ދޮގުކުރައްވަ އެވެ. 

ޑޮކިއުމަންޓްރީ ޕަބްލިޝްކުރުމާ ގުޅިގެން ފިޔާޒް އަދި ހަސަންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި އެމީހުންގެ މައްޗަށް ގަޒުފުގެ ދައުވާ  ވަނީ އުފުލާފަ އެވެ. އެ މައްސަލައިގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މައްސަލައާ ގުޅިގެން މި ނޫހުގެ އޮފީސް ރެއިޑްކޮށް، ގިނަ އަދަދެއްގެ ސާމާނު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މީގެއިތުރުން ޑޮކިއުމަންޓްރީގައި ބަޔާންކޮށްފައިވާ ގޮތަށް ރައީސް އޮފީހުގެ މުވައްޒަފަށް މުއިއްޒު 58 ފަހަރު ގުޅުއްވީ ކޮން ބޭނުމެއްގައިކަން ސާފުކޮށްދޭން  އެމަނިކުފާނާ ލައިވް ޓީވީގައި އަދަދުގެ މުހައްމަދު ޝަހުޒާން ސުވާލުކުރުމުން، އޭނާ ކޯޓު އަމުރާ ހިލާފުވި ކަމަށް ނިންމާ 15 ދުވަހަށް ޖަލަށްލި އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވެސް 10 ދުވަހަށް ޖަލަށްލި އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox