2024 ގައި ފަށާނެ ކަމަށް ބުނި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު 2027 ގައި ފަށާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

މުހައްމަދު މުއިއްޒު: މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ މާލޭގެ ބޮޑެތި މަގުތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ މާލޭގެ ބޮޑެތި މަގުތަކުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

2024 ވަނަ އަހަރު ޗައިނާގެ ހިލޭ އެހީގެ ދަށުން ފަށާނެ ކަމަށް ބުނި މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ލަސްވެގެން 2027 ގެ ކުރީކޮޅު ލަސްވެގެން ފެށޭނެ ކަމަށް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުން ގެނެސްދޭ ދަ ޕަލްސް ޕްރޮގްރާމުގައި މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް މި އަހަރު ފަހުކޮޅު ނުވަތަ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ ކަމަށެވެ. 

"ފަންޑިން ސެކުއާޑް. ޕްރޮޖެކްޓް ސެކުއާޑް. މަސައްކަތް އަމަލީ މަރުހަލާއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތް އެ ކުރަނީ މިހާރު. ދެން އިރާދަކުރެއްވިއްޔާ އެ މަރުހަލާވެސް އެބަ އާދޭ. އަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ހަމަ އުންމީދު މިކުރެވެނީ މި އަހަރު ނިމެންވާއިރަށް ނޫނީ މި އަންނަ އަހަރު ކުރީކޮޅު އެންމެ ލަސްވެގެން ފެށޭނެހެން،" މުއިއްޒު ވިދާޅުވި އެވެ. 

Advertisement

2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ ޗައިނާގެ ހިލޭ އެހީގެ ދަށުން މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު އެ އަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.

"މާލޭގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމުގެ މަސައްކަތް މި އަހަރު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި މަޝްރޫއަށް ހިނގާނެ ހަރަދުގެ ބޮޑުބައި ޗައިނާގެ ހިލޭއެހީގެ ދަށުން ހަމަޖެހިގެންދާނެ،" 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ހަމަ 2024 ގައި މިނިސްޓަރު އަބްދުﷲ މުއްތަލިބު ވަނީ އެ މަޝްރޫއު 2025 ގައި ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.  މި މަޝްރޫއު ނުފެށި ދިގުލައިގެންދާއިރު، މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ސަރުކާރުން ގިނަ ތާރީހުތަކެއް މިހާތަނަށް ދީފައިވާކަން ފާހަގަކުރެވެ އެވެ. 

ދަ ޕަލްސް ޕްރޮގްރާމްގައި މުއިއްޒު އިތުރަށް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ ބޮޑެތި މަގުތަކުން ކަމަށެވެ. މަޝްރޫއު ފެށުމަށްފަހު ހުއްޓާނުލައި ގޮސް މާލެ އާއި ވިލިމާލޭގެ ހުރިހާ މަގެއް ހަދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ފެށިގެންދާއިރުގައި އެންމެ ބޮޑެތި މަގުތަކުގައި އަމަލީ މަސައްކަތް ފެށޭނީ. ދެން ހަމަ ދެން ހުރި ހުރިހާ މަގެއް މާލެ އާއި ވިލިމާލޭގައި ހެދިގެންދާނެ. އެހެންވީމަ މާލޭގެ ރައްޔިތުންނަށް އަޅުގަނޑު ވީ އެންމެ ބޮޑު އެއް ވައުދު ފުއްދުމުގެ އަމަލީ މަސައްކަތް މި ފެށެނީ. ފެށިގެން ދެން ނިމޭނީ އެއްކޮށް މަސައްކަތް،" މުއިއްޒު ވިދާޅުވި އެވެ. 

މީގެއިތުރުން މުއިއްޒު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ނުފެށި ދިގުލައިގެންދަނީ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާތީ ފުރިހަމަކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ. 

މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި ތަރައްގީނުކޮށް ގިނަދުވަސްވުމުގެ ސަބަބުން ރައްޔިތުންނަށް ގިނަ ދަތިތަކެއް ތަކުރާރުކޮށް ދަނީ ކުރިމަތިވަމުންނެވެ. މި މައްސަލަތައް ހައްލުކުރަން ހިންގާ މަޝްރޫއުގެ އަގު 100 އެތައް މިލިއަން ޑޮލަރަކަށް އަރާނެ ކަމަށް ސަރުކާރުން އޮތީ ކުރިން ހާމަކޮށްފަ އެވެ. 

އެ މަޝްރޫއު ކުރިއަށްގެންދާނީ ޗައިނާގެ ހިލޭ އެހީގައި ކަމަށް މުހައްމަދު މުއިއްޒު ހާމަކުރެއްވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭން ތެރޭގަ އެވެ. 

މި މަޝްރޫއުގެ ފީސަބިލިޓީ ބެލުމަށް ޓީމެއް ރާއްޖެ އައީ ނޮވެމްބަރު 2024، ގަ އެވެ. އެ ދިރާސާ ހަމަ އެ މަހުގެ ތެރޭގައި ނިމިފައިވާކަން ސަރުކާރުން އޮތީ ހާމަކޮށްފަ އެވެ. އޭގެ ފަހުންވެސް ޗައިނާގެ ޓީމެއް މިހާރު ރާއްޖެ އައިސް މާލޭގެ މަގުތައް ދަނީ ސާވޭކުރަމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox