ސިނގިރޭޓު ކޮންޓޭނަރުތަކެއްގެ ޑިއުޓީ ކުޑަކުރަން ކަސްޓަމްސްގެ އިސްވެރިންތަކެއް ނުފޫޒު ފޯރުވަނީ

Jul 10, 2026, 8:23 PM
ކަސްޓަމްސްގެ ކޮމިޝަނަރު ދިޔާނާ ---- ފޮޓޯ: ރައީސް އޮފީސް

ކަސްޓަމްސްގެ ކޮމިޝަނަރު ދިޔާނާ ---- ފޮޓޯ: ރައީސް އޮފީސް

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމުގެ ކުރިން ރާއްޖެއަށް އެތެރެކުރި ސިނގިރޭޓު ދެ ކޮންޓޭނަރަކަށް ކުޑަ ރޭޓުގައި ޑިއުޓީ ނެގުމަށްޓަކައި މޯލްޑިވްސް ކަސްޓަމްސްގެ އިސްވެރިންތަކެއްގެ ނުފޫޒުން އުސޫލާ ހިލާފަށް އެ ދެ ކޮންޓޭނަރުގެ ޑިކްލަރޭޝަން ފޯމު ކެންސަލްކޮށްފި އެވެ.

އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި އެ ދެ ސިނގިރޭޓު ކޮންޓޭނަރު ރާއްޖެއަށް އައިސްފައި ވަނީ ޖުލައި 3، ގަ އެވެ. އެ ދެ ކޮންޓޭނަރަކީ ވެސް އެއް ބީއެލް (ބިލް އޮފް ލޭޑިން) އެއްގެ ދަށުން ގެނެސްފައިވާ ދެ ކޮންޓޭނަރުކަން މި ނޫހަށް އެނގިފައިވެ އެވެ.

އެ ދެ ކޮންޓޭނަރުގެ ތެރެއިން އެއް ކޮންޓޭނަރުގެ ފޯމު އޭރު އޮތީ ނިމިފައި ކަމަށާއި ދެވަނަ ކޮންޓޭނަރުގެ ފޯމު އޮތީ މައުލޫމާތަށް ބޭރުކޮށްފައި ކަމަށް މި ނޫހަށް މައުލޫމާތު ދިން އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުންޏެވެ. އޭރުގެ ޑިއުޓީ ރޭޓުން ބަލާނަމަ، އޭގެ ތެރެއިން ކޮންމެ ކޮންޓޭނަރެއްގެ ޑިއުޓީ 38 މިލިއަން ރުފިޔާއަށް އަރާކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ. އެހެންކަމުން ދެ ކޮންޓޭނަރުގެ ޖުމުލަ އަގު 76 މިލިއަން ރުފިޔާއަށް އަރަ އެވެ.

Advertisement

"ސަރުކާރުން ޑިއުޓީ ކުޑަކުރަން އުޅޭކަން އެނގުނީމާ ކުއްލިއަކަށް އެ އެތެރެކުރި ކުންފުނިން އެދުނީ ކުރިން ލީ ފޯމުތައް ކެންސަލްކޮށްދޭން، ކެންސަލް ކުރަނީ ކީއްވެތޯ އެހުމުން ބުނީ ލާރި ނެތިގެންނޭ،" މި ނޫހަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އޭނާ ބުނީ ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމާއެކު، ކުރީގެ ފޯމުތައް ކެންސަލްކޮށް ނުދީގެން އެ ކޮންޓޭނަރުތައް އެތެރެކުރި ކުންފުނިން ކަސްޓަމްސްއަށް ގުޅަމުންދިޔަ ކަމަށެވެ. އަދި، ކަސްޓަމްސްގެ ޑޮކިއުމެންޓޭޝަންގެ ވެރިއަކަށް ހުރި، އޮފިސަރުގެ ހުއްދައާއެކު އެއް ކޮންޓޭނަރުގެ ފޯމު އަލުން އަޕްލޯޑުކުރި ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ ޖުލައި 1، ގަ އެވެ. އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ ޖުލައި 2، ގަ އެވެ.

ކަސްޓަމްސްގެ ގަވާއިދު ބުނާގޮތުން އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހެއް ގެނެސް އަމަލު ކުރަން ފެށުމުގެ ކުރިން ރާއްޖެއަށް އައިސްފައިވާ މުދަލަށް އައު ޑިއުޓީ ރޭޓުން ފޯމު ހަދައިދެވޭނީ، އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރިން ޑިކްލަރޭޝަން ހުށަހަޅާފައި ނުވާނަމަ އެވެ.

ނަމަވެސް، އައު އިސްލާހު ފާސްކުރުމުގެ ކުރިން ރާއްޖެއަށް އައިސްފައި ހުރި ދެ ކޮންޓޭނަރުގެ ޑިކްލަރޭޝަން ފޯމު ހުށަހަޅާފައި އޮތުމުން، އެ ދެ ފޯމު ކެންސަލްކޮށްފައި އަލުން ދެ ފޯމު ލުމުގެ ހުއްދަ ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

""އާ ފޯމުގެ ޑިއުޓީއަށް އަރަނީ 19 މިލިއަން، އެ ފޯމު ކަސްޓަމްސްއިން ނިންމައި ނުދީ ހިފަހައްޓަމުން ދިޔައީ އުސޫލުތައް ފުށުއަރާތީ. މުދާ ވެސް ކުރިން އައިސްފައި، ފޯމު ވެސް ލާފައި، އެހެންވީމާ އެމީހުން ދައްކަން ޖެހޭނީ ބޮޑު ޑިއުޓީ. ކޮންޓޭނަރަކަށް 38 މިލިއަން، ޓޯޓަލް 76 މިލިއަން،" އެ މީހާ ބުންޏެވެ.

ގަވާއިދުގައި އެހެން އޮތް ނަމަވެސް، ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަންގައިގެން ކަމަށް ބުނެ އެ ދެކޮންޓޭނަރަށް ކުރިން ހުށަހެޅި ފޯމުތައް ބާތިލުކުރުމަށް ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު، އިބްރާހިމް މަފާޒު ޑޮކިއުމެންޓޭޝަންގެ ވެރިންނަށް ބިރުދެއްކި ކަމަށް މި ނޫހަށް މައުލޫމާތު ދިން މީހުން ބުންޏެވެ.

"މެނޭޖުމެންޓުގެ ނިންމުމޭ ކިޔައިގެން ކޮމިޝަނާ ޖެނެރަލް ބުނެގެންނޭ ކިޔާފައި ޑީސީ މަފާޒު ޑިކިއުމެންޓޭޝަންގެ ވެރިންނަށް ބިރުދައްކައިގެން އެ ފޯމުތައް ކެންސަލް ކުރުވަން އެންގީ. ވެރިން ވެސް ޑީސީގެ އެދުމަށް އެ ފޯމުތައް ކެންސަލް ކުރަން އަންގައި މިހާރު ވަނީ ކެންސަލްކޮށްފައި،" މި ނޫހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމުގެ ކުރިން ރާއްޖެއަށް އެތެރެކުރި ސިނގިރޭޓު ދެ ކޮންޓޭނަރު، މިހާރުގެ ރޭޓުން ބޭރުކޮށްފި ނަމަ، ދައުލަތަށް ލިބެެންޖެހޭ ފައިސާއިން 38 މިލިއަން ރުފިޔާ މަދުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox