އެމްއައިބީ އާއި ސޮނެވާ ނަމޫނާއާ ގުޅިގެން ފައިނުގައި ހިންގި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫއު ނިންމާލައިފި

Jul 9, 2026, 3:30 PM
wއެމްއައިބީން ހިންގި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމް ނިންމާލުން

wއެމްއައިބީން ހިންގި ކުނި މެނޭޖްކުރުމުގެ ޕްރޮގްރާމް ނިންމާލުން


މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ސޮނެވާ ނަމޫނާ އަދި ރ. ފައިނު ކައުންސިލް ގުޅިގެން އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރާނެ ނިޒާމެއް ގާއިމުކުރުމަށް ހިންގި ހާއްސަ މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން ފައިނުގައިވެސް "ނަމޫނާ ދެމެހެއްޓެނިވި ކުނި މެނޭޖްކުރުމުގެ މޮޑެލް" ކުރިއަށް ގެންދިއުމަށް އެ ރަށުން ޝައުގުވެރިކަން ފާޅުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ، އެމްއައިބީގެ މާލީ އެހީތެރިކަމާއި ސޮނެވާ ނަމޫނާގެ ފަންނީ ތަޖުރިބާއާއެކު ރަށުގެ މުޖުތަމައު ބައިވެރިކޮށްގެން ކުނި މެނޭޖްކުރާނެ ވަރުގަދަ ބިންގަލެއް އެޅުމަށް ހިންގި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ދަށުން ހަތް ދުވަހުގެ ކުނީގެ އޮޑިޓެއް ހެދުމާއި، "ނަމޫނާ ޗޭންޖްމޭކަރ" ވޯކްޝޮޕް ބޭއްވުމުގެ އިތުރުން ފައިނަށް ހާއްސަ ކުނި މެނޭޖްކުރުމުގެ ޕްލޭނެއް އެކުލަވާލައި، ކުނި މެނޭޖްކުރާ މުވައްޒަފުންނާއި ރައްޔިތުން ހިމެނޭހެން 50 އަށްވުރެ ގިނަ މީހުން ވަނީ ތަމްރީނުކޮށްފަ އެވެ.

މީގެ އިތުރުން "ކާދުގެ ސަތޭކަ" ޕްރޮގްރާމްގެ ދަށުން ގޭބިސީތަކުން އުފެދޭ ކާބޯތަކެތީގެ ކުނި މަދުކުރުމަށްޓަކައި އެ ރަށުގެ 25 ގެއަކަށް ގޭގައި ކޮމްޕޯސްޓް ކުރާނެ ކިޓުތައް ވަނީ ހަދިޔާކޮށްފަ އެވެ.

މި މަޝްރޫއުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ ފައިނުގެ ކުނި މެނޭޖްކުރާ ޕްލޭނަށް ބަދަލުތަކެއް ގެނެސް ސޮނެވާ ނަމޫނާގެ މޮޑެލް ހިމެނުމާއި، 2026 ވަނަ އަހަރުގެ ނިޔަލަށް އެ ރަށުގައި ޕްލާސްޓިކް އެންދުން އެއްކޮށް ހުއްޓާލުމަށާއި، 2030 ގެ ނިޔަލަށް ރަށުގައި ހާމަކަން ބޮޑު ގޮތެއްގައި ކުނި އެންދުން މުޅިން ހުއްޓާލުމަށް ވައުދުވުމެވެ.

މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމިފައިވާއިރު، މި ނިޒާމުގެ ސަބަބުން ރަށުގެ މުޖުތަމައަށް ދިގުމުއްދަތަކަށް ކުރާނެ ފައިދާތައް ދެނެގަތުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ފޮލޯ-އަޕް އެސެސްމެންޓްތައް ހަދަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox