ސަރުކާރުގެ މާސްޓާ ޕްލޭނަކީ ކުނި މެނޭޖް ކުރާ ހަތް ސެންޓަރެއް ގާއިމްކޮށް، ރިސައިކަލް ކުރުން އިތުރުކުރުން

ކުނި މެނޭޖް ކުރާ ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހުމަދު މުރުތަޒާ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުނި ރިސައިކަލްކޮށްގެން ސާކިއުލާ އިގްތިސާދަކަށް ވާސިލްވުން ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް

ކުނި މެނޭޖް ކުރާ ޑިޕާޓްމަންޓުގެ ޑިރެކްޓާ ޖެނެރަލް އަހުމަދު މުރުތަޒާ މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުނި ރިސައިކަލްކޮށްގެން ސާކިއުލާ އިގްތިސާދަކަށް ވާސިލްވުން ކަމަށް -- ފޮޓޯ: ސްކްރީންޝޮޓް

ކުނި މެނޭޖް ކުރަން ސަރުކާރުން ގެންގުޅޭ މާސްޓާ ޕްލޭނަކީ، ކުނި މެނޭޖް ކުރާ ހަތް ސެންޓަރެއް މުޅި ރާއްޖޭގައި ގާއިމްކޮށް، ގިނައިން ރިސައިކަލް ކުރުން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީ އިން ބުނެފި އެވެ. 

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓު ބައިގެ ޑިރެކްޓަރު އަހުމަދު މުރުތަޒާ ވިދާޅުވީ ސަރުކާރުގެ ޕްލޭނަކީ، ކުނި މެނޭޖް ކުރާ މައިގަނޑު ތިން ސެންޓަރާއި އެތަންތަނާ ކަނެކްޓު ކުރާ ހަތަރު ސެންޓަރެއް ގާއިމް ކުރުން ކަމަށެވެ. 

"މާސްޓާ ޕްލޭނަކީ މުޅި ރާއްޖޭގައި [ކުނި މެނޭޖް ކުރާ] ސަރަހައްދީ މަރުކަޒުތަކެއް ގާއިމް ކުރުން. އެގޮތުން ބަލާއިރު މޭޖާ ތިން ފެސިލިޓީއަކާއި އެއާ ގުޅިގައި ހުރި އިތުރު ހަތަރު ފެސިލިޓީއެއް [ގާއިމް ކުރަނީ]،" މުރުތަޒާ ވިދާޅުވި އެވެ. "މި ހުރިހާ ތަންތަނެއް ނިމިގެން ދިޔައީމަ ވަށާޖެހޭ ގޮތެއްގައި މިކަން ކުރެވޭ ނިޒާމެއް ގާއިމް ކުރެވިގެންދާނެ."

Advertisement

މުރުތަޒާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ކުނީގެ ގޮތުގައި އުކާލެވޭ، އެހެން ނަމަވެސް އަލުން ބޭނުން ކުރެވޭ ތަކެތި އަލުން އިގްތިސާދުގެ ތެރެއަށް ވެއްދުން ކަމަށެވެ.

"ކުނި މެނޭޖް ކުރުމުގެ ދާއިރާ މިހާރު އަޅުގަނޑުމެން ބައްޓަންކޮށްފައި މި ވަނީ ސާކިއުލާ އިކޮނޮމީއަކަށް ވާސިލުވެވޭ ގޮތަށް. މާނައަކީ އަޅުގަނޑުމެން މި އުފައްދާ ކުނީގެ ތެރޭގައި އެބަ ހިމެނޭ އަޅުގަނޑުމެންނަށް ރިސޯސްއެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެހި. އެ އެއްޗެހި އަލުން މާކެޓަށް ނެރެވޭ ކަހަލަ ނިޒާމަކަށް އަޅުގަނޑުމެން މިކަން މި ބައްޓަން ކުރަނީ،" އޭނާ ވިދާޅުވި އެވެ. 

ރާއްޖޭގައި އަހަރަކަށް 517،000 ޓަނުގެ ކުނި އުފައްދަ އެވެ. މީހުންގެ ދިރިއުޅޭ އާބަން ސެންޓަރުތަކުގައި މީހެއްގެ ބޮލަށް 1.6 ކިލޯގެ ކުނި ދުވާލަކަށް އުފައްދަ އެވެ. އެންމެ ގިނައިން ކުނި އުފައްދަނީ ފަތުރުވެރިންނެވެ. ކޮންމެ ފަތުރުވެރިއަކު 3.5 ކިލޯގެ ކުނި ދުވާލަކު އުފައްދަ އެވެ. 

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މުރުތަޒާ ވިދާޅުވީ، ތިމާވެށީގެ ގޮތުން މީގެ އަހަރުތަކެއް ކުރިން ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުން ނަމަވެސް އެ މައްސަލައަށް ވުރެ ވެސް ކުނީގެ މައްސަލަ މިހާރު ބޮޑު ކަމަށެވެ. 

"ކުނި މެނޭޖް ކުރުމަކީ ރާއްޖޭގެ ތިމާވެއްޓަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ނަންބަރު ވަން ތިމާވެށީގެ މައްސަލައެއް ކަމަށް ފާހަގަ ކުރެވެނީ ރަށް ގިރުމުގެ މައްސަލަ މިހާރު ވެސް ކުރިއަށްދޭ އެބަ. އެހެންނަމަވެސް ކުނީގެ މައްސަލަ މި އޮތީ އެބައި އޯވާޓޭކް ކޮށްފައި އެންމެ މުހިންމު އެންމެ ބޮޑު މައްސަލައިގެ ގޮތުގައި،" މުރުތަޒާ ވިދާޅުވި އެވެ. 

ކުނި މެނޭޖް ކުރުމުގައި މިވަގުތު ދިމާވާ ގޮންޖެހުންތަކަށް ވެސް މިއަދު މިނިސްޓްރީ އިން ވަނީ އަލިއަޅުވާލައިފަ އެވެ. ކުނި މެނޭޖް ކުރަން މިވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުނި ގިނަވުމާއެކު ބިން ނެތުމާއި ކުނި މެނޭޖް ކުރަން ހަރަދުވާ ފައިސާ އިތުރުވުން ކަމަށް ސަރުކާރުން ބުނެ އެވެ. 

"ސަރުކާރުގެ އިސްވެރިން ރަށްރަށަށް ޒިޔާރަތް ކުރީމާ ލިބޭ އެންމެ ބޮޑު ޝަކުވާއަކީ ވެސް އެ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ނުލިބި ކުރިއަށްދާން ޖެހުން. އެންމެ ބޮޑު ކަމަކަށް ވަނީ ރަށްރަށުގައި މިކަން ކުރާނެ ޖާގަ ނެތި ކުނީގެ މިންވަރު އިތުރުވެގެން ދިޔުން އެއް ދުވަހުން އަނެއް ދުވަހަށް،" މިއަދުގެ ނޫސްވެރިން ބައްދަލުވުމުގައި މުރުތަޒާ ވިދާޅުވި އެވެ. 

"ވަށާޖެހޭ ގޮތެއްގައި ރާއްޖޭގައި މިކަން ކުރަން ގޮންޖެހުންތަކެއް އެބަހުރި. އެއްކަމަކީ މިކަމަށް ކުރަންޖެހޭ ހަރަދު އިންތިހާއަށް ބޮޑުވެގެން ދިޔުން. ހާއްސަކޮށް ރާއްޖޭގެ ޖިއޮގްރަފީ މި އޮންނަ ގޮތުން ބަރޯސާ ވާންޖެހޭ އެއްގަމު ޓްރާންސްޕޯޓާއި މެރިން ޓްރާންސްޕޯޓަށް."

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox