ފައިނުގައި ހިންގި ކުނި މެނޭޖްކުރުމުގެ މަޝްރޫއެއް ނިންމާލައިފި
އެމްއައިބީ އާއި ސޮނެވާ ނަމޫނާ ގުޅިގެން ރ. ފައިނުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމުގެ މަޝްރޫއެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި މަޝްރޫއުގެ ދަށުން ރަށުގެ ރައްޔިތުން ތަމްރީނުކުރުމާއި، ގޭބިސީތަކަށް ކޮމްޕޯސްޓް ކިޓު ހަދިޔާކުރުމުގެ އިތުރުން، 2030 ވަނަ އަހަރާ ހަމައަށް ރަށުގައި ކުނި އެންދުން އެއްކޮށް ހުއްޓާލުމަށް ވަނީ އަމާޒު ހިފާފައެވެ.