މާލޭގެ ދެ ތަނެއްގައި އަލިފާން ރޯވެެގެން ސިފައިން ހަަރަކާތްތެރިވާން ފަށައިފި އެވެ.
އަލިފާން ރޯވެފައި ވަނީ މާފަންނު މުނިޔާމަގު، ޖާޔާ ކުޝަން ކައިރީގައި ހުންނަ އިމާރާތެއްގަ އާއި ގ. ހުދުރުވާގޭގަ އެވެ.
އެ ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުން ބުނީ ގ. ހުދުރުވާގެ އަކީ ހަތަރު މީހުން ދިއިރުޅޭ ގެއެއް ކަމަށެވެ. އަދި، މާފަންނުގައި އަލިފާން ރޯވި ތަނަކީ ފޮތި ގުދަންކޮށްފައި ހުރި ތަނެއް ކަމަށެވެ.












