އިންސްޓާ360 އޭސް ޕްރޯ 2 އަށް ހާއްސަ ޕޮކެޓް ޕްރިންޓަރު ސީގިއާއިން ތައާރަފްކޮށްފި

Aug 4, 2026, 8:53 AM
އިންސްޓާ360 އޭސް ޕްރޯ 2 އަށް ހާއްސަ ޕޮކެޓް ޕްރިންޓަރު

އިންސްޓާ360 އޭސް ޕްރޯ 2 އަށް ހާއްސަ ޕޮކެޓް ޕްރިންޓަރު

އިންސްޓާ360 އޭސް ޕްރޯ 2 އެކްޝަން ކެމެރާއިން ނަގާ ފޮޓޯތައް ވަގުތުން ޕްރިންޓްކޮށްލެވޭ ހާއްސަ "ޕޮކެޓް ޕްރިންޓަރު" ރާއްޖޭގެ ބާޒާރަށް ސީ ގިއާއިން ތައާރަފުކޮށްފި އެވެ.

މި ޕްރިންޓަރަކީ ކޮންމެ ތަނަކަށްވެސް ފަސޭހައިން ހިފައިގެން އުޅެވޭ ފަދަ ކޮމްޕެކްޓް، ޕޯޓަބަލް ފަރުމާއަކަށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މިއީ ތިބާގެ އެންމެ ހާއްސަ ހަނދާންތައް ފެންވަރު ރަނގަޅުކޮށް، ވަގުތުން ފޮޓޯއަކަށް ބަދަލުކޮށްލުމަށް އެންމެ އެކަށީގެންވާ ޑިވައިސްއެކެވެ.

ޕްރިންޓަރުގެ މުހިންމު ފީޗާތައް

  • ފަސޭހަ ކަނެކްޓިވިޓީ އަދި ޕްރިންޓިން: ބްލޫޓޫތް ޓެކްނޮލޮޖީގެ އެހީގައި މި ޕްރިންޓަރު އޭސް ޕްރޯ 2 ކެމެރާއާ ފަސޭހަކަމާއެކު ގުޅާލެވޭނެ އެވެ. ކެމެރާގެ އިންޓަފޭސްއިން ނުވަތަ ފޯނުގެ ގެލެރީއިން ބޭނުންވާ ފޮޓޯއެއް ސިލެކްޓްކޮށްލުމުން، 3 އިންޗީގެ ފޮޓޯ ވަގުތުން ޕްރިންޓްކޮށްލެވޭނެ އެވެ.
  • މަލްޓި-ޑިވައިސް ސަޕޯޓް: އިންސްޓާ360 އެޕްލިކޭޝަން މެދުވެރިކޮށް، އެކި ޑިވައިސްތަކުން ފަސޭހަކަމާއެކު ފޮޓޯތައް ޕްރިންޓްކުރުމުގެ ފުރުސަތު ލިބެއެވެ.
  • ފެންވަރު ރަނގަޅު ޕްރިންޓިންގ ޓެކްނޮލޮޖީ: މި ޕްރިންޓަރުގައި ބޭނުންކޮށްފައިވަނީ 'ޑައި-ސަބްލިމޭޝަން' ޕްރިންޓިން އެވެ. 16.7 މިލިއަން ކުލަ އަދި 300 ޑީޕީއައި ރިޒޮލިއުޝަނާއެކު ނުހަނު ސާފު ފޮޓޯތައް ލިބިގެންދާނެއެވެ.
  • ޕްރީމިއަމް ފޮޓޯ ޕޭޕަރ: މި ޕްރިންޓަރަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ކޮންމެ ފޮޓޯ ޕޭޕަރ ކާޓްރިޖެއްގައި 10 ޝީޓް ހިމެނޭއިރު، މިއިން ކޮންމެ ފޮޓޯއެއްގައި ހާއްސަ ވޯޓާމާކެއް ހުންނާނެ އެވެ.
  • ބިލްޓް-އިން މައުންޓް: ޕްރިންޓަރުގެ މަތީގައި ހުންނަ ބިލްޓް-އިން 'ކޯލްޑް ޝޫ މައުންޓް' އަދި މައުންޓް އެޑަޕްޓަރު ބޭނުންކޮށްގެން ކެމެރާ ސީދާ ޕްރިންޓަރުގެ މަތީގައި ރައްކާތެރިކަމާއެކު ހަރުކޮށްލެވޭނެ އެވެ.
  • ބެޓެރީ އަދި ޗާޖިންގ: މި ޕްރިންޓަރު މަސައްކަތްކުރަނީ އޭގެ އެތެރޭގައި ހަރުކޮށްފައިވާ އިންޓަގްރޭޓަޑް ބެޓެރީއަކުންނެވެ. އަދި ޔޫއެސްބީ-ސީ ޕޯޓެއް މެދުވެރިކޮށް ފަސޭހައިން ޗާޖުކޮށްލެވެ އެވެ.

Advertisement

މި އުފެއްދުމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 3302737 އަށް ގުޅުއްވުމަށް ނުވަތަ 9942656 އަށް ވައިބަރ ކުރެއްވުމަށް އެދެއެވެ.

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox