ސީ ގިއާ އިން ޔަޓިކޮން އަދި ސީޖެޓް އުފެއްދުންތަކަށް ހާއްސަ ތަމްރީނު ސެޝަނެއް ބާއްވައިފި

ސީ ގިއާ އިން އިންތިޒާމުކޮށްގެން ބޭއްވި ތަމްރީން ސެޝަންގެ ތެރެއިން -- ފޮޓޯ: ސީ ގިއާ

ސީ ގިއާ އިން އިންތިޒާމުކޮށްގެން ބޭއްވި ތަމްރީން ސެޝަންގެ ތެރެއިން -- ފޮޓޯ: ސީ ގިއާ

ކަނޑުދަތުރުފަތުރާއި މޫދު ކުޅިވަރުގެ ސާމާނު ރާއްޖޭގައި ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ސީ ގިއާ އިން އުޅަނދުފަހަރު ސާފުކޮށް ބެލެހެއްޓުމަށް ބޭނުންކުރާ ތަކެއްޗަށް ހޭލުންތެރިކުރުވުމުގެ ހާއްސަ ތަމްރީނު ސެޝަނެއް ބާއްވައިފި އެވެ. 

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި މި ސެޝަންގައި ރިސޯޓްތަކާއި، ޑައިވް ސެންޓަރުތަކާއި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކުގެ އިތުރުން ސިލްވާ ސޭންޑްސްގެ އޮޕަރޭޝަނަލް މުވައްޒަފުން ހިމެނޭހެން ޖުމްލަ 20 ފަރާތަކުން ބައިވެރިވި އެވެ. އެ ސެޝަންތައް ނަގައިދިނީ ޔަޓިކޮން ކުންފުނީގެ ތަޖުރިބާކާރެއް ކަމަށްވާ އެންޑްރިއަސް ޓެގްލާ އެވެ. 

ސެޝަންގެ ތެރެއިން ޔަޓިކޮން ބްރޭންޑުގެ ތާރީހާއި، މުޅި ދުނިޔޭގައި އެ ކުންފުނިން ހޯދާފައިވާ މަގުބޫލުކަމުގެ މައްޗަށް އަލިއަޅުވާލައި،  އުޅަނދުފަހަރު ސާފުކުރުމަށާއި ބެލެހެއްޓުމަށް ބޭނުންކުރާ އެކި ބާވަތުގެ އުފެއްދުންތަކާ ބެހޭ މައުލޫމާތު ބައިވެރިންނަށް ފޯރުކޮށްދިނެވެ.

މިގޮތުން ރާއްޖެ ފަދަ ލޮނާއި، ހޫނު ގަދަ މާހައުލެއްގައި އުޅަނދުފަހަރުގެ ދިގުދެމިގެންދާ މިންވަރު އިތުރުކުރުމަށް އެއާއި އެންމެ އެކަށީގެންވާ އުފެއްދުންތައް ބޭނުންކުރުމުގެ މުހިންމުކަންވެސް ސެޝަންގައި ކިޔައިދެވުނެވެ.

ސީ ގިއާ އިން އިންތިޒާމުކޮށްގެން ބޭއްވި ތަމްރީން ސެޝަންގެ ތެރެއިން -- ފޮޓޯ: ސީ ގިއާ
ސީ ގިއާ އިން އިންތިޒާމުކޮށްގެން ބޭއްވި ތަމްރީން ސެޝަންގެ ތެރެއިން -- ފޮޓޯ: ސީ ގިއާ

މީގެ އިތުރުން ސެޝަންގައި ސީޖެޓް އެންޓިފައުލިން  ބޭނުންކޮށްގެން އުޅަނދުފަހަރުގެ ބުރުގައި ފެއްސާއި ގާފޮރި ޖެހުން ހުއްޓުވައި، އުޅަނދުގެ ދުވެލި ހަލުވިކޮށް ތެޔޮ އިސްރާފުވުން ކުޑަކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދިނެވެ. 

މި ތަމްރީނުގެ އެންމެ މުހިންމު ބަޔަކީ އަމަލީ ގޮތުން ތަކެތި ބޭނުންކޮށްގެން ދެއްކި ލައިވް ޑެމޮންސްޓްރޭޝަން ތަކެވެ. އެގޮތުން ފައިބަރު އަދި ޖެލްކޯޓް، ސްޓެއިންލެސް ސްޓީލް އަދި ބޯޓު ފެންޑަރު ފަދަ ތަކެތި ސާފުކޮށް ބަލަހައްޓާނެ ގޮތް ބައިވެރިންނަށް ދަސްކޮށްދިނެވެ. 

ސީ ގިއާ އިން ބުނީ ސެޝަންގެ ސަބަބުން ބައިވެރިންނަށް މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހަރަދު ކުޑަކޮށް އުޅަނދުފަހަރު ބެލެހެއްޓުމަށް ބޭނުންވާ މުހިންމު އުކުޅުތަކާއި ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

ސީގި އާއަކީ ރާއްޖޭގެ މެރިން ސިނާއަތަށް ބޭނުންވާ ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެކެވެ.

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox