ހޯޕް އައިލެންޑުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ ފައިސަލް ނަސީމްގެ ކަންބޮޑުވުން

ކުރީގެ ނައިބުރައީސް، ފައިސަލް ނަސީމް: ހޯޕް އައިލެންޑުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

ކުރީގެ ނައިބުރައީސް، ފައިސަލް ނަސީމް: ހޯޕް އައިލެންޑުގެ މަޝްރޫއު ކުރިއަށް ނުގެންދާތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ: އަދަދު

ކުށުގެ ވެށިން ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި މިދިޔަ ސަރުކާރުން ކުރިއަށް ގެންދަން ނިންމި ހޯޕް އައިލެންޑުގެ މަސައްކަތް ލަސްވަމުން ދާތީ ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމް ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ އެ މަޝްރޫއުއަކީ އާއިލާތަކަށް އައު އުއްމީދެއް ގެނުވައި ޒުވާނުންނަކީ އުފެއްދުންތެރި ބައެއްގެ ގޮތުގައި މުޖުތަމައުގައި ބައިވެރިވުމަށް ހޯޑައިދޭ އިތުރު ފުރުސަތެއްގެ ގޮތުގައި ރޭވި މަޝްރޫއުއެއް ކަމަށެވެ.

"މިއީ މުޖުތަމައުގައި އޮތް ގިނަ މައްސަލަތަކަކަށް ހައްލު ލިބިގެންދާނެ ގޮތަށް ރޭވިފައި އޮތް މަޝްރޫއުއެއް. މި ކޮންސެޕްޓު އެކުލަވވައިލެވުނު އިރުވެސް މި މަސައްކަތް ވަނީ ލަސްވެފައި، މިއަދު އަދި މިކަން ކުރުަމަށް މާލަސްވެއްޖެ،" ފައިސަލް ވިދާޅުވި އެވެ.

ހޯޕް އައިލެންޑް އަކީ ގޭންގު ކުށްތަކުގައި ޖެހޭ ސުކޫލް ކުދިންނާއި ކުށުގެ މާހައުލުގައި އުޅޭ ޒުވާން ކުދިން ބޭތިއްބުމަށް ތަރައްގީ ތަނެކެވެ. އެ ތަން ގާއިމުކުރަން މިދިޔަ ސަރުކާރުން ކަނޑައެޅީ ލ. ކަލައިދޫގަ އެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ދ. ވާނީއަށް އެ މަޝްރޫއު ބަދަލުކުރަން ނިންމި އެވެ. އެއަށްފަހު، މާޗު 21، 2025 ގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން ވަނީ އެ މަޝްރޫއު އުތުރު ތިލަފަޅަށް ބަދަލުކުރަން ނިންމައިފަ އެވެ.  ހޯޕް އައިލެންޑް އަޅާތަން ބަދަލުކުރަން ނިންމީ ވާނީގައި އެ ތަން އެޅުމަށް ކުރެހުން ވެސް ނިންމުމަށް ފަހުގަ އެވެ.

ރައީސްގެ ގަރާރުގައި މި ޖަލު ތަރައްގީކުރަން ފައިސާ ދޭނެ އިންވެސްޓަރަކު ހޯދަން ވެސް އިއުލާނުކޮށްފައިވެ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މަޝްރޫއުއަށް އިންވެސްޓަރަކު ލިބުނުކަމެއް ނުވަތަ ނޫންކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox