އަވަސް އިންތިހާބަކަށް ދާން ފައިސަލް ގޮވާލައްވައިފި

ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް: އަވަސް އިންތިހާބެއް ބޭއްވުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި

ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް: އަވަސް އިންތިހާބެއް ބޭއްވުމަކީ އެންމެ ފައިދާހުރި ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި

ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުން ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނުމުން އަވަސް އިންތިހާބަކަށް ދާންޖެހޭ ކަމަށް ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ. 

ފައިސަލް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާއެކީގައި އަވަސް އިންތިހާބަކަަށް ދިއުމަކީ ގައުމަށް މިވަގުތު އެންމެ ރަނގަޅުވާނެ ގޮތްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. 

"ރައްޔިތުންގެ ނޫނެކޭ ވޯޓު އާއި އެކު އަވަސް އިންތިހާބަކަށް ދިއުމަކީ ދެން ގައުމަށް ރަނގަޅުވާނެ ގޮތްކަން މިހާރު ޔަގީން. ގައުމުގެ މަސްލަހަތަށްވުރެ އަމިއްލަ އެދުން އިސްކޮށްފިނަމަ މާ ދެރަގޮތްތައް ދިމާވެދާނެ،" ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ ވެރިކަމަކީ ހިތަށް އަރާ ގޮތަކަށް ކަންތައްކޮށް ކުޅޭ ކުޅޭ އެއްޗެއް ގޮތުގައި ވެގެން ނުވާނެ ކަމަށާއި މި ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް ފެންނަނީ އެއްވެސް ހަރުދަނާ ކަމެއް އަދި މިސްރާބެއް ނެތި ހިންގާ ސަރުކާރެއް ގޮތުގައި ކަމަށެވެ. 

"ވެރިކަމަކީ ހަމަ ހިތަށް އަރާ ގޮތަކަށް ކަންތައްކޮށް، ކުޅޭ ކުޅޭ އެއްޗެއްގެ ގޮތުގައި ބަލައިގެންވާނެ ކަމެއް ނޫން. މިއަދުގެ ސަރުކާރު ފެށުނީއްސުރެ މިއަދާ ހަމައަށް މިފެންނަނީ އެއްވެސް ހަރުދަނާ ކަމެއް ނެތި، އަދި ދާނެ މިސްރާބެއް ނެތި ހިންގާ ވެރިކަމެއްގެ ގޮތުގައި. މިއީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް،" ފައިސަލް ވިދާޅުވި އެވެ. 

ސަރުކާރުގެ އެންމެ ފައިދާވާ ކުންފުނިތައް ބަނގުރޫޓުވާ ދަރަޖައަށް ވައްޓާލާފައިވާކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ސަރުކާރަށް 70 ޕަސަންޓުން ނޫނެކޭ ބުނީ ސަރުކާރުން ކުރާ ކަންކަމަށް ނުރުހޭތީ ކަމަށެވެ. 

ސިޔާސީ ބޭނުމަށް ގިނަ އަދަދެއްގެ ވަޒީފާ ބެހުމުގެ ސަބަބުން ދައުލަތަށް ކެތްނުވެގެން މަގާމުތަކުން މީހުން ވަކިކުރަން މަޖުބޫރުވެފައިވާ ކަމަށާއި މަޝްރޫއުތަކުގެ ބިންގާ އެޅި ކަމުގައި ވިޔަސް އެކަންތައްތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

"ކުރާނެ މަސައްކަތެއް ނެތި އިންތިހާއަށް ބޮޑު މުސާރައިގައި ގޭގައި ސިޔާސީ މަސައްކަތް ކުރަން ބޭތިއްބި މީހުން ވަކި ކުރަން މަޖުބޫރު ވެއްޖެ.  ކުންފުނިތަކުގެ ވެރިންނާއި ވަޒީރުންވެސް ވަކިކުރާނީތޯ ނުވަތަ ބައިތިއްބާނީތޯ ނޭނގިގެން އުޅޭކަން ޔަގީން ވާ ހިސާބައް ކަންތައްތައް ގޮސްފި. މިއީ ސަރުކާރުން އަނެއްކާވެސް ވިސްނަންވެއްޖެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ. 

މީގެ އިތުރުން ފައިސަލް ވިދާޅުވީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔެ ދަތި ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ހިކުމަތްތެރިކަމާއެކު ގައުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ. 

ފައިސަލް މިހެން ވިދާޅުވެފައި މިވަނީ ކެބިނެޓުން ޖުމްލަ 10 މިނިސްޓަރުން މިއަދު އިސްތިއުފާ ދެއްވާފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސް އޮފީހުން ބުނީ އެ ހުރިހާ މިނިސްޓަަރުން އިސްތިއުފާ ދެއްވީ މުއިއްޒު ގެންނަން ބޭނުންވެވަޑައިގަންނަވާ އިސްލާހުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ. 

ސަރުކާރުން އަމަލުކުރާ ގޮތުން ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ހުރިހާ ޕާޓީތައް މަޝްވަރާ ކުރުމަށް ގޮވާލައްވާފަ އެވެ. އޭގެ އިތުރުން ކުރީގެ ރަައީސް މުހައްމަދު ނަޝީދު ވަނީ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ގޮވާއްލަވާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލު ހުއްޓުވަން އިންޑިއިން އުޅޭ ކަމަށް ތުހުމަތުކޮށްފި

ރަސްމާލެ މަޝްރޫއުގެ ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ދޫކޮށްލުމަށް ކުރި މަސައްކަތް ހުއްޓުވުމުގައި އިންޑިއާ ސަރުކާރާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބޭފުޅުންގެ އަތެއްވާ ކަމަށް ސްޓޭޓް މިނިސްޓަރު ނާޒިމް ތުހުމަތުކުރައްވައިފި. ލީކުވި އޯޑިއޯއެއްގައި ނާޒިމް ވިދާޅުވެފައިވަނީ އިންޑިއާއަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްނުދީ ހިފެހެއްޓި ކަމަށް.

އަލައްބާރާއި ޒަޔަނިސްޓުންނާ މިހާރު ގުޅުމެއް ނެތް: މުއްތަލިބު

ޔޫއޭއީގެ އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރަކީ ޒަޔަނިސްޓުންނާ ގުޅުން އޮތް މީހެއް ނޫން ކަމަށް ވިދާޅުވެ، މިނިސްޓަރު މުއްތޮލިބު އޭނާގެ ދިފާއުގައި ވާހަކަދައްކަވައިފިއެވެ. ލީކުވި އޯޑިއޯއެއްގައި މުއްތޮލިބު ވިދާޅުވީ، އަލައްބާރުގެ ކުރީގެ ގުޅުންތަކާ ބެހޭގޮތުން ސުވާލުކުރެއްވި ކަމަށާއި، އޭނާއަކީ މިހާރު ފަލަސްތީނަށް އެހީތެރިވަމުންދާ މީހެއް ކަމަށެވެ. އަދި ރަސްމާލެ މަޝްރޫއުގެ ތެރެއިން ޒަޔަނިސްޓުން ވަޒަންވެރިވެދާނެ ކަމުގެ ބިރު އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލޭގައި ކްރިސްމަސްވެސް ފާހަގައެއް ނުކުރެވޭނެ: މުއްތޮލިބު

ރަސްމާލެ ތަރައްޤީކުރާ ފަރާތާއެކު ވެވޭ އެއްބަސްވުމުގައި، އެތަނުގައި ކްރިސްމަސް ފަދަ އެހެން ދީންތަކުގެ ޝިއާރުތައް ފާހަގަކުރުން މަނާކުރާ މާއްދާއެއް ހިމަނާނެ ކަމަށް މިނިސްޓަރު މުއްތޮލިބު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި، ރާއްޖޭގެ ގާނޫނުތަކާއި އިސްލާމީ އުސޫލުތަކާ ހިލާފު ކަންކަމަށް ފުރުސަތު ނުދޭނެކަން ކަށަވަރުކޮށްދެއްވުމުގެ ގޮތުންނެވެ.

ރަސްމާލޭގެ ޕްރޮޕަޓީ ދެނީ ހުސްނުވާ 99 އަހަރަށް ކަމަށް!

ރަސްމާލޭގެ ރިއަލް އެސްޓޭޓް މަޝްރޫއުގެ ދަށުން ބިން ދޫކުރަނީ 99 އަހަރުގެ މުއްދަތު ހަމަނުވާނެ ފަދަ މެކޭނިޒަމެއްގެ ދަށުން ކަމަށް ހައުސިން މިނިސްޓަރު މުއްޠަލިބު އެއްބަސްވެވަޑައިގެންފިއެވެ. މި އުސޫލުގެ ދަށުން ޕްރޮޕަޓީ ވިއްކާލާ ކޮންމެ ފަހަރަކު ސަރުކާރުން ފީއެއް ނެގުމަށްފަހު، އަލުން 99 އަހަރުގެ އާ ލީސްއެއް ދޫކޮށް މުއްދަތު އައުކޮށްދޭނެއެވެ.

ހުޅުމާލޭ ފޭސް 3 ހިއްކުމުގެ އަގަކަށް އެމްއޭސީއެލްއަށް ވެސް ބިން

ހުޅުމާލެ ފޭސް ތިނަކާއި ތިލަފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏަކާ ހަވާލުކުރީ، މަސައްކަތުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި ލިބެނީ ބިން. މިއީ ކުރިން ސީއެމްސީއާ ވެސް އެއްބަސްވީ ގޮތް. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ކުރަނީ މިހާރު ވެސް ސީއެމްސީއިން.

ކުޅުދުއްފުށީ އިންޑަސްޓްރިއަލް ޒޯން ކައުންސިލް އަތުން ނަގައިފި

ކުޅުދުއްފުށީ ސީޕޯޓް ފުޅާކުރުމުގެ މަޝްރޫއަށް ބޭނުންވާތީ، އެ ރަށުގެ އިންޑަސްޓްރިއަލް ޒޯން ސިޓީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ވަނީ ނަގާފައި. ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ނެގި މި ބިމުގައި ޕޯޓުގެ ޚިދުމަތްތަކާއި ވެއާހައުސިން ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައި.

އޭސީސީން ގާބިލު އިންވެސްޓިގޭޓަރުން ބިނާކުރުމަށް ކޯހެއް ފަށަނީ

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާނެ ގާބިލު މީހުން ބިނާކުރުމަށްޓަކައި، "ޑިޕްލޮމާ އިން ކޮރަޕްޝަން އިންވެސްޓިގޭޝަން" ކޯސް 2027 ވަނަ އަހަރު ފެށުމަށް އެންޓި-ކޮރަޕްޝަން އެކަޑަމީން ވަނީ ނިންމާފައެވެ. މި ކޯހުގެ މަގްސަދަކީ މި ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުންގެ ދަތިކަން ހައްލުކޮށް، ޒަމާނީ ވަސީލަތްތަކާއެކު ތަހުގީގީ ދާއިރާ ހަރުދަނާކުރުމެވެ.

Newsletter

Get the latest news delivered straight to your inbox