އިންގްލެންޑް ކުޅުންތެރިން ތިބީ ޓުޗެލްއާ އެކު ހަނގުރާމަ އަށް ނުކުންނަން ވެސް ތައްޔާރަށް

Jul 1, 2026, 9:51 AM
އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް

އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 1) - އިނގިރޭސި ފުޓްބޯޅަ ޓީމު ތިބީ އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލްއާ އެކު ކަމަށާއި އެކުގައި ހަނގުރާމަ އަކަށް ނުކުންނަން ވެސް ތައްޔާރު ކަމަށް އިންގްލެންޑްގެ ގޯލްކީޕަރު، ޖޯޑަން ޕިކްފޯޑް ބުނެފި އެވެ. 

އިންގްލެންޑުން ވޯލްޑް ކަޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ މޮޅުވެފަ އެވެ. ފުރަތަމަ މެޗުން 4-2 އިން ކްރޮއޭޝިއާ އަތުން އިންގްލެންޑް މޮޅުވި ނަމަވެސް ދެ ވަަނަ މެޗުން ގާނާއާ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. އެކަމަކު، ތިން ވަނަ މެޗުން ވަނީ ޕެނަމާ އަތުން މޮޅުވެފަ އެވެ. އިންގްލެންޑުން ނޮކައުޓް ފުރަތަމަ މެޗުގައި މިރޭ ކުޅޭނީ ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯއާ ދެކޮޅަށެވެ. 

އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ އިންގްލެންޑް ސްކޮޑުގައި އޮތް އެއްބައިވަންތަ ކަމުގެ ވާހަކަ ދައްކައިފަ އެވެ. 

"މިއީ ކޯޗު (ޓުޗެލް) ދިން އެއްބާރުލުމާ އެކު އަހަރެމެންގެ މެދުގައި އޮތް އެއްބައިވަންތަކަން. އޭނަ އަހަރެމެންނާ އެކު އެ ބާއްވާ ބައްދަލުވުންތަކާ އެކު ވަރަށް ބޮޑު ރޫހެއް އޮންނަނީ. އަހަރެމެން މި ތިބީ އެކުގައި ހަނގުރާމަ އަކަށް ދާން ވެސް ތައްޔާރަށް. އެ ވަރުގެ ޔަގީންކަމަކާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރެއް އޭނަ (ކޯޗު) ޓީމަށް ދެނީ،" ޕިކްފޯޑް ބުންޏެވެ. 

މި ވަގުތު ވޯލްޑް ކަޕްގައި އޮތް އިންގްލެންޑް ސްކޮޑަކީ ކާމިޔާބު ހޯދަން މަސައްކަތް ކުރާނެ އަދި އެކަން ކުރެވޭނެ ޓީމެއް ކަމަށާއި ޓުޗެލް ޓީމުގެ ރޭވުންތައް ކިޔައިދޭން ބާއްވާ ބައްދަލުވުންތަކުގައި ވަރަށް ގިނަ ކަންކަން ސާފުވާ ކަމަށް ޕިކްފޯޑް ވަނީ ބުނެފަ އެވެ. އަދި، ޓީމުގެ ވަކިވަކި ކުޅުންތެރިން ކައިރިން ބޭނުންވާ ކަންކަން ވެސް ވަރަށް ރަނގަޅަށް ބުނެދޭ ކަމަށް ޕިކްފޯޑް ވަނީ ފާހަގަކޮށްފަ އެވެ. 

"މި ތިބީ އެއް އަޒުމެއްގައި، އަހަރެމެންގެ ކެރިއަރުގައި ހާސިލްކުރެވޭނެ އެންމެ ބޮޑު ކަމަކަށް އުންމީދުކޮށްގެން،" ވޯލްޑް ކަޕްގެ ޗެމްޕިއަންކަމަށް އުންމީދުކުރޭތޯ އެހުމުން ޕިކްފޯޑް ބުންޏެވެ. 

ކޮންގޯއާ ދެކޮޅަށް މިރޭ ކުޅޭ ނޮކައުޓް ބުރުގެ މެޗުގައި ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހިއްޖެނަމަ، އިންގްލެންޑް އޮތީ ވަރަށް ތައްޔާރަށް ކަމަށް އެ ޓީމުގެ މިޑްފީލްޑަރު، ޑެކްލަން ރައިސް ވަނީ ބުނެފަ އެވެ. އެއީ، ކީޕަރު ޕިކްފޯޑަށް އިތުބާރު އޮތް ގޮތަށް ޕެނަލްޓީ ފޮނުވާލަން. ވެސް ތިބީ ވަރަށް ޔަގީން ކުޅުންތެރިން ކަމަށް ރައިސް ވަނީ ފާހަގަކޮށްފަ އެވެ. 

އިންގްލެންޑާއި ކޮންގޯ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރޭކްތައް އަންނަ ގޮތުން "ލީގުގެ ފީލްއެއް ނީނދޭ": އާތީ

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ޖެހުމުން ކުޅުންތެރިންގެ ފިޓްނަސް އާއި ޕާފޯމަންސަށް އަސަރުކޮށް، ލީގުގެ އަސްލު ފޯރި ނުލިބޭ ކަމަށް ޓީސީގެ ކޯޗު އާތީ ބުނެފި. އާތީ ފާހަގަކުރި ގޮތުގައި ގިނަ ދުވަސްތަކެއްގެ ބްރޭކްތަކުގެ ސަބަބުން ޓީމުތަކުގެ ކޮންޓިނިއުޓީ ގެއްލި، މެޗުތަކަށް ތައްޔާރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވޭ

ފީފާގެ އިންތިހާބުގައި އަރަބިންގެ ތާއީދު އިންފަންޓީނޯ އަށް

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ތާއީދުކުރުމަށް 22 ގައުމު ހިމެނޭ އަރަބް ފުޓްބޯޅަ ޔޫނިއަން (ޔޫއޭއެފްއޭ) އިން ނިންމައިފިއެވެ. އިންފަންޓީނޯއާ އެކު ޖުމްލަ ތިން ކެންޑިޑޭޓުން ވާދަކުރާ މި އިންތިހާބުގައި، އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގެ ބޮޑު ތާއީދަކާއެކު އޭނާއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެއެވެ. ފީފާގެ އާ ރައީސަކު ހޮވުމަށް ވޯޓުލުން އޮންނާނީ އަންނަ އަހަރުގެ މާޗް މަހު މޮރޮކޯގައި ބާއްވާ ފީފާ ކޮންގްރެސްގައެވެ.

އިންޑިއާގެ ލެޖެންޑުން ފުޓްބޯޅަ ރައީސްގެ ޝަކުވާ ސަރުކާރަށް

އިންޑިއާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކަލްޔާން ޗޯބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ، ބައިޗުން ބުޓިއާ ހިމެނޭހެން އެ ގައުމުގެ 14 ލެޖެންޑުން ސްޕޯޓްސް މިނިސްޓަރަށް ހުށަހަޅައިފި. މި ސިޓީގައި ފާހަގަކޮށްފައިވަނީ ފެޑެރޭޝަންގެ މާލީ ހާލަތު ގޯސްވެ ބަނގުރޫޓުވަމުންދާ ކަމަށް

ސުޒޭނާއި މޯހަންގެ ދުލުން: ބަދުނަސީބާއި ހައްލެއްގެ ވާހަކަ!

ސަރަހައްދުގެ އެހެން ގައުމުތަކުން ބޭރުގައި އުޅޭ އެ ގައުމުތަކުގެ ދަރިފަސްކޮޅުގެ ކުޅުންތެރިންނަށް ރަށްވެހިކަން ދީގެން ގައުމީ ޓީމުތައް ވަރުގަދަކުރަމުންދާއިރު، ރާއްޖެއަށް އެ ފުރުސަތު ކުޑަކަމަށް ކުރީގެ ކޯޗުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ ނިޒާމެއް ނެތްކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ވޭގާގެ ނަމެއް ނެތް، ފީފާ އިންތިހާބުގައި ތިން ކެންޑިޑޭޓުން!

އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުންގެ ނަން އިއުލާނުކުރިއިރު، ކުރީގެ ކުޅުންތެރިޔާ ރަމޮން ވޭގާގެ ނަން ޝަރުތު ހަމަނުވުމުގެ ސަބަބުން ވަނީ ބާކީވެފައި. މި އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް އިންފަންޓީނޯގެ އިތުރުން ފްރާންސްގެ ފިލިޕޭ ޑިއާލޯ އަދި ޖަޕާނުގެ ކޯޒޯ ޓަޝީމާ

އަނިޔާއިން ރަނގަޅުވެ އިލާން އެނބުރި އަންނަން ތައްޔާރު

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، މާޒިޔާގެ ފޯވާޑް މުހައްމަދު އިލާން އިމްރާން އަލުން ކުޅުމަށް އެނބުރި އަންނަން ތައްޔާރުވެއްޖެ. މި އަނިޔާގެ ސަބަބުން އިލާނަށް ސާފް ޗެމްޕިއަންޝިޕާއި ލީގުގެ މުހިންމު މެޗުތަކެއް ގެއްލުނު ނަމަވެސް، އޭނާ މިހާރު ވަނީ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައި

ފީފާ އިން ނޭޕާލްގެ ސަސްޕެންޝަން އުވާލަނީ؟

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލް ފުޓްބޯޅަ ފެޑެރޭޝަނަށް ދީފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އުވާލާނެ ކަމަށް ނޭޕާލުން ވަނީ ބުނެފައި. މި ސަސްޕެންޝަން އުވާލުމަށް ނޭޕާލް ސަރުކާރުގެ މަންދޫބުން ފީފާ އާއި އޭއެފްސީއާ އެކު މަޝްވަރާކޮށްފައި

Newsletter

Get the latest news delivered straight to your inbox