ކޮންގޯ ބަލިކޮށް ދެ ވަނަ މޮޅު ހޯދައި ކޮލަމްބިއާ ގަދަ 32 އަށް

Jun 24, 2026, 8:57 AM
ކޮންގޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޮލަމްބިއާގެ މުނޯޒް އުފާފާޅުކުރަނީ.

ކޮންގޯ ކޮޅަށް ލަނޑު ޖެހުމަށް ފަހު ކޮލަމްބިއާގެ މުނޯޒް އުފާފާޅުކުރަނީ.

ޒަޕޯޕާން، މެކްސިކޯ (ޖޫން 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 1-0 އިން ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ ބަލިކޮށް، މި ފަހަރުގެ މުބާރާތުގައި ހޯދި ދެ ވަނަ މޮޅާ އެކު ކޮލަމްބިއާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ވާދަކުރާ ބުރުން ޖާގަ ހޯދައިފި އެވެ. 

ގްރޫޕް ކޭގެ އެއް ވަނައިގައި ކޮލަމްބިއާ އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ދެ ވަަނައިގައި އޮތް ޕޯޗުގަލް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ކޮންގޯ އަށް ދެ މެޗުން ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް އުޒްބެކިސްތާން އަށް ދެ މެޗު ކުޅުނުއިރު ޕޮއިންޓެއް ލިބިފައިނުވެ އެވެ. 

ކޮލަމްބިއާ އަށް ބާކީ އޮތީ ޕޯޗުގަލްއާ ކުޅޭ މެޗެވެ. އެ މެޗުން އެއްވަރުކޮށްލައިގެން ވެސް ގްރޫޕްގެ އެއް ވަނައިގެ ގޮތުގައި ނޮކައުޓް ބުރުން ޖާގަ ލިބިގެންދާނެ އެވެ. މި ގްރޫޕްގެ ތިން ވަނަ ހޯދައިގެން, އެންމެ ރަނގަޅު ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން ޖާގައެއްގައި އަނެއް ބުރަށް ދިއުމުގެ ފުރުސަތު, އުޒްބެކިސްތާން އާއި ކޮންގޯ އަށް ވެސް އެބައޮތެވެ. 

ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވި، ކޮލަމްބިއާ އަށް ކޮންގޯ ކައިރިން ނަތީޖާ ނެރެވުނީ ވަރަށް އުނދަގުލުންނެވެ. ކޮންގޯ އިން ކޮލަމްބިއާ ކައިރިން ހިތްވަރުަގަދަ ކުޅުމެއް ދެއްކިއިރު، މި މެޗުގައި ކޮލަމްބިއާ އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ 76 ވަނަ މިނިޓްގައި ކުއިންޓޭރޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެނިއަލް މުނޯޒް އެވެ. މިއީ، މި ފަހަރުގެ ވޯލްޑް ކަޕްގައި މުނޯޒް ޖެހި ދެ ވަނަ ގޯލެވެ. އޭނާ ވަނީ އުޒްބެކިސްތާން ކޮޅަށް ވެސް ފުރަތަމަ މެޗުގައި ލަނޑު ޖަހައިފަ އެވެ. 

ކޮންގޯގެ ކީޕަރު ލިއޮނަލް އެމްޕާސީ ވަނީ މި މެޗުގައި ކޮލަމްބިއާ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. އޭގެ ތެރޭގައި ކޮލަމްބިއާގެ ތަރި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާއެއް ވެސް ހިމެނެ އެވެ. މީގެ އިތުރުން, ޑިއާޒް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ވެސް ނިންމައިފަ އެެވެ. 

އަނެއްކޮޅުން, ކޮންގޯ އިން ޕޯޗުގަލްއާ އެއްވަރުކުރި ގޮތަށް މި މެޗުގައި ވެސް އެއްވަރުކުރަން ރަނގަޅު އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން, އެ ޓީމުން ފޮނުވާލި ބޯޅަތައް ކޮލަމްބިއާ ގޯލު ބަލަހައްޓަން ހުރި ކަމީއޯ ވާގާސް ވަނީ މަތަކޮށްފަ އެވެ. 

މިއީ, 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު, ކޮލަމްބިއާ އިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ހަތަރު އަހަރު ކުރިން ގަަތަރުގައި ބޭއްވި ވޯލްޑް ކަަޕަށް ކޮލަމްބިއާ ކޮލިފައިނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox