ހާލަންޑް ބުނަނީ ވޯލްޑް ކަޕްގެ ތަށި ނަގާނީ ފްރާންސް ކަމަށް

Jun 23, 2026, 7:25 PM
މި ފަހަރުގެ ވޯލްޑް ކަޕްގައި ރޭ ނޯވޭ އިން ސެނެގާލް ބަލިކުރި މެޗުގެ ތެެރެއިން ހާލަންޑް

މި ފަހަރުގެ ވޯލްޑް ކަޕްގައި ރޭ ނޯވޭ އިން ސެނެގާލް ބަލިކުރި މެޗުގެ ތެެރެއިން ހާލަންޑް

ނިއު ޖާޒީ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 23) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ނަގާނެ ކަމަށް ބެލެވެނީ ފްރާންސް ކަމަށް ނޯވޭގެ ތަރި، އާލިން ބްރަައުޓް ހާލަންޑް ބުނެފި އެވެ. 

ބާކީ މެޗެއް އޮއްވައި، ގްރޫޕް އައި އިން ފްރާންސް އާއި ނޯވޭ އިން ވަނީ ގަދަ 32 ޓީމު ވާދަކުރާ ނޮކައުޓްގެ ފުރަތަމަ ބުރުން ޖާގަ ހޯދައިފަ އެވެ. އެ ގޮތުން، ފްރާންސް އާއި ނޯވޭ އިން ފުރަތަމަ ދެ މެޗުން މޮޅުވެ، ހަ ޕޮއިންޓާ އެކު އޮތްއިރު، ދެން އެ ގްރޫޕްގައި އޮތް ސެނެގާލް އާއި އިރާގަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

ގްރޫޕްގެ ފަހު މެޗުތަކަށް ބަލާއިރު، ނޯވޭ އާއި ފްރާންސްގެ ކުރިމަތިލުން ވެގެންދާނީ ގްރޫޕްގެ އެއް ވަނަ ޓީމު ކަނޑައަޅާނެ މެޗަކަށެވެ. އަދި، ސެނެގާލް އާއި އިރާގުގެ މެޗުން މޮޅުވާ ޓީމަކަށް އެންމެ ރަނގަޅު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރަށް ދިއުމުގެ ހަނި ފުރުސަތެއް އޮންނާނެ އެވެ. 

ހާލަންޑް ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ. އަދި، ވޯލްޑް ކަޕް ކޮލިފައިންގައި އިޓަލީ ހިމެނުނު ގްރޫޕެއްގެ އެއް ވަނަ ހޯދައިގެން މުބާރާތަށް ކޮލިފައިވި ނޯވޭ އަށް ފްރާންސް ފަހަތަށް ޖައްސާލަައިފައި ގްރޫޕްގެ އެއް ވަނަ ހޯދޭނެ ކަމުގެ އަޑުތައް ވަނީ ގަދަވެފަ އެވެ. އެކަމަކު، ހާލަންޑް ބުނީ، އެއީ މާ ބޮޑަށް އޭނާ ވިސްނާ ކަމެއް ނޫން ކަމަށެެވެ. 

ފޮކްސް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ހާލަންޑް ބުނީ އެންމެ ފުރަތަމަ އަމާޒަކަށްވީ ގްރޫޕް ސްޓޭޖުން ކުރިއަށް ދިއުން ކަމަށާއި އެކަން ހާސިލްވުމުން އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ. 

"ދެން. އޮތް ފްރާންސް މެޗަށް ހަގީގަތުގައެއް ނުއެއް ވިސްނަން. އެއީ، އަހަރެމެން މި އޮތީ ގޮސްފައި (ނޮކައުޓް ބުރަށް). ދެން، އެ މީޙުން (ފްރާންސް) އިން އަހަރެމެން ބަލިކުރާނެ، ދެން މި މުބާރާތް ވެސް ކާމިޔާބުކުރާނެ،" ހާލަންޑް ބުންޏެވެ. 

ހާލަންޑް މި ގޮތަށް ބުނުމާ އެކު، ގިނަ ބަޔަކު އަންނަނީ ނޯވޭ އިން މުބާރާތުގައި ހާސިލްކުރަން ބޭނުންވާ ކަންކަމާ މެދު އެ ޓީމުގެ ތަރިން ދެކޭ ގޮތާ މެދު ސުވާލު އުފެދޭ ކަމަށް ބުނެފަ އެވެ. 

މިއީ، 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ނޯވޭ އިން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގަައި ކުޅޭ ފުރަތަމަ ފަަހަރެވެ. ފްރާންސްގައި މީގެ 28 އަހަރު ކުރިން ބޭއްވި ވޯލްޑް ކަޕްގައި، ބްރެޒިލް އާއި މޮރޮކޯ އަދި ސްކޮޓްލެންޑް ހިމެނުނު ގްރޫޕެއްގެ ދެ ވަނަ. ހޯދައިގެން، ނޯވޭ އިން ގަދަ 16 ބުރަށް ދަތުުރުކުރި އެވެ. އެކަމަކު، އެ ބުރުގައި އިޓަލީ އަތުން 1-0 އިން ބަލިވެ މުބާރާތުން ކެޓީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 އިން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފި. މެޗުގެ ފަހުކޮޅު އަބްދުލް އަރްޝަދު ކާމިޔާބުކުރި ލަނޑާއެކު ފައިނަލަށް ދިޔަ ޕާކިސްތާން، އަންގާރަ ދުވަހު ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާއާ ދެކޮޅަށް.

އިންޑިއާ އިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ސާފްގެ ފައިނަލަށް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާ ވަނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި. މިއީ 2003 ވަނަ އަހަރަށްފަހު އިންޑިއާ ފައިނަލަށް ނުގޮސް މުބާރާތެއް ނިންމާލަން ނުޖެހި ފައިނަލުގައި ވާދަކުރާ މެދުކެނޑުމެއް ނެތް 10 ވަނަ ފަހަރު.

ޖަރުމަނާއި ނެދަލެންޑްސް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ނެދަލެންޑްސް އާއި ޖަރުމަނު މޮޅުވެ، މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދުމަށް ގަދަހިފުމަކަށް ނުކުންނަން ޖެހިއްޖެ. ނެދަލެންޑްސް އިން ގްރީސް އަތުން 7-0 އިން މޮޅުވިއިރު، ޖަރުމަނުން ވަނީ 3-1 އިން ސާބިއާ ބަލިކޮށްފައި

ޕާކިސްތާން މެޗަކީ ވެސް ބަންގްލަދޭޝަށް ފައިނަލެއް: ޑޫލޭ

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި މިރޭ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަކީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކުޅޭނެ ވަރަށް މުހިންމު މެޗެއް ކަމަށް ބަންގްލަދޭޝްގެ ކޯޗު ޑޫލޭ ބުނެފި. ބަންގްލަދޭޝްގެ އަމާޒަކީ 23 އަހަރަށް ފަހު އަމިއްލަ ގައުމުގައި މި މުބާރާތުގެ ތަށި އުފުލާލުން، އެކަމަކު މި ވަގުތު ފޯކަސް ކުރަންވީ ޕާކިސްތާން ބަލިކުރަން ކަމަށް ބުނެފައިވޭ

ކެއުން ނޫން ހުރިހާ ކަމެއް ސާފްގައި އިންޑިއާ އަށް ރަނގަޅު

ބަންގްލަދޭޝްގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ކެއުމުގެ އިންތިޒާމްތައް ހުރި ގޮތާ މެދު އިންޑިއާގެ ކޯޗު ނައުޝާދު މޫސާ ހިތްހަމަނުޖެހުން ފާޅުކޮށްފި. އޭނާ ބުނިގޮތުގައި މުބާރާތުގެ އެހެން އިންތިޒާމްތައް ރަނގަޅު ނަމަވެސް، ކޮންމެ ދުވަހަކު އެއް ބާވަތްތަކެއްގެ ކާނާ ލިބުމަކީ ކުޅުންތެރިންނަށް އޮތް ގޮންޖެހުމެއް.

އިޓަލީ އަތުން ބަލިވިޔަސް ޒިދާން ބުނީ އެކަމާ ނުވިސްނާ ކަމަށް

ނޭޝަންސް ލީގުގައި އިޓަލީ އަތުން 3-1 އިން ފްރާންސް ބަލިވި ނަމަވެސް، އެ ނަތީޖާއާ މެދު މާބޮޑަށް ނުވިސްނާ ކަމަށާއި އަމާޒަކީ ކުރިއަށް ހުރި ކަންކަން ރަނގަޅު ކުރުން ކަމަށް ކޯޗު ޒިދާން ބުނެފިއެވެ. މިއީ ޒިދާންގެ އިރުޝާދުގެ ދަށުން ފްރާންސް ބަލިވި ފުރަތަމަ މެޗު ނަމަވެސް، ގްރޫޕްގެ އެއްވަނައިގައި އޮތް އިޓަލީއާ އެއްވަރަށް ޕޮއިންޓް ހޯދައިގެން ފްރާންސް އޮތީ ތާވަލުގެ ދެވަނައިގައެވެ.

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

Newsletter

Get the latest news delivered straight to your inbox