ގާނާ އަތުން އިންގްލެންޑަށް ހޯދުނީ އެންމެ ޕޮއިންޓެއް

Jun 24, 2026, 3:00 AM
ފީފާ ވޯލްޑް ކަޕްގައި ގާނާ އާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން.

ފީފާ ވޯލްޑް ކަޕްގައި ގާނާ އާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން.

ބޮސްޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 24) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅުނު ދެ ވަނަ މެޗުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވި ގާނާ އަތުން ޕޮއިންޓަކުން ފަރުޖައްސާލަން ޖެހިއްޖެ އެވެ. 

މިއީ، ވޯލްޑް ކަޕްގައި އިންގްލެންޑުން އެއްވަރުވި 23 ވަަނަ މެޗެވެ. ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗުން އެއްވަރުވުމުގެ ރެކޯޑް އޮތީ އިންގްލެންޑް އަތުގަ އެވެ. 

ގްރޫޕް އެލްގައި ކުޅުނު ފުރަތަމަ މެޗުތަކުން އިންގްލެންޑާއި ގާނާ ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، އިންގްލެންޑުން މޮޅުވީ ކްރޮއޭޝިއާ އަތަުން 4-2 އިންނެވެ. އަދި، ގާނާ އިން ފަހު ވަގުތު ލަނޑު ޖަހައި، 1-0 އިން ޕެނަމާ ބަލިކޮށްފަ އެވެ. އެހެންކަމުން، މިރޭގެ މެޗުގައި، އިންގްލެންޑާއި ގާނާގެ ތެެރެއިން ކޮންމެ ޓީމެއް މޮޅުވެގެން ވެސް ގަދަ 32 ޓީމުގެ ބުރުގެ ޖާގައެއް އޮތީ ލިބޭ ގޮތަށެވެ. އެކަމަކު، މެޗު އެއްވަރުވެގެން ނިމުނުއިރު، މި ނަތީޖާއާ އެކު ވެސް މި ދެ ޓީމަށް އަނެއް ބުރުން ޖާގަ ލިބުމުގެ ފުރުސަތު ބޮޑެވެ. 

މި ވަގުތު އިންގްލެންޑުން ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ގާނާ އަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެެވެ. އިންގްލެންޑަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. މި ގްރޫޕްގައި ދެން އޮތް ކްރޮއޭޝިއާ އާއި ޕެނަމާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. 

ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗުގައި ގާނާ އާއި އިންްގްލެންޑުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ އެކި ވަގުތުތަކުގައި ދެ ޓީމުން ވެސް އެޓޭކަށް ބޯޅަ ހިފައިގެން ގޮސް އަވަހަށް ގޯލަށް ފޮނުވާލެވޭތޯ މަސައްކަތްކުރަމުން ދިޔަ ނަމަވެސް. ދެ ޓީމުގެ ކީޕަރުން ރަނގަޅަށް ޓެސްޓް ކޮށްލެވޭ ގޮތެއްނުވި އެވެ. އެ ގޮތުން، ފުރަތަމަ ހާފަށް ބަލާއިރު، އިންގްލެންޑްގެ ކީޕަރު، ޖޯޑަން ޕިކްފޯޑާއި ގާނާގެ ކީޕަރު، ބެންޖަމިން އަސާރޭ އަށް މާ ބޮޑު ކަމެއް ކުރަން ނުޖެހުނެވެ. 

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ އާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: އިންގްލެންޑްގެ ދެ ކުޅުންތެރިން ކައިރިން ގާނާގެ ސެމެންޔޯ ބޯޅަ ހިފައިގެންދަނީ
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ އާއި އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން: އިންގްލެންޑްގެ ދެ ކުޅުންތެރިން ކައިރިން ގާނާގެ ސެމެންޔޯ ބޯޅަ ހިފައިގެންދަނީ

ދެ ވަަނަ ހާފުގައި އިންގްލެންޑުން ކުރިއަށް ޖެހިގެން ކުޅެ، ކޯނަރާއި ހިލޭޖެހުންތަކުގައި އޭރިއޭތެރެއަށް ރަނގަޅު ބޯޅަތަކެއް ކުޅުނު ނަަމަވެސް، އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތެއްނުވި އެވެ. އިންގްލެންޑްގެ ކެޕްޓަން، ހެރީ ކޭން، އޭރިއާބޭރުން ފޮނުވާލި ބޯޅަ ކީޕަރު އަސާރޭ ވަނީ އަތަށް ނަގައިފަ އެވެ. އަނެއްކޮޅުން، ގާނާގެ އަންޓުއާން ސެމެންޔޯ ޖެހި ޝޮޓެއް ވަނީ ބްލޮކްވެފަ އެވެ. 

މެޗުގެ 79 ވަނަ މިނިޓްގައި، އިންގްލެންޑުގެ ޑިފެންސް ފަހަތަށް ދިޔަ ބޯޅައަކަށް އަރަައި ގާނާގެ ޕްރިންސް އަޑޫ ފޮނުވާލި ބޯޅަ ބްލޮކްވީ އެ ޓީމުގެ ސެމެންޔޯ ގައިގައި ޖެހިފަ އެވެ. އޭގެ ފަހުން، މެޗުގެ 85 ވަނަ މިނިޓްގައި ގާތްގާތުގައި ދެ ފުރުސަތު އިންްގްލެންޑުން ނަގާލި އެވެ. އެ ގޮތުން،  އިންގްލެންޑްގެ ބުކާޔޯ ސަކާ ޖެހި ބޯޅައެއް ކީޕަރު އަސާރޭ މަތަކުރިއިރު، އޭގެ އިރުކޮޅެއް ފަހުން، އިންގްލެންޑްގެ ނިކޯ އޯރައިލީ ބޮލުން ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސުން ކޭން ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެެވެ. 

އިންގްލެންޑާއި ގާނާ އިން 2011 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު ނިމިފައިވަނީ 1-1 އިން އެއްވަރުވެގެންނެވެ. މިއީ، އިންގްލެންޑުގެ ކޯޗުކަމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން ކުޅުނު 16 ވަނަ މެޗެވެ. އޭގެ ތެރެއިން 12 މެޗުން މޮޅުވިއިރު، ދެ މެޗުން ބަލިވެ، ދެ މެޗުން މި ވަނީ އެއްވަރުވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox