ދެކުނު ކޮރެއާ އިން ފަހަތުން އަަރައި ޗެކް ރިޕަބްލިކް ބަލިކޮށްފި

Jun 12, 2026, 8:55 AM
ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގެ ތެރެއިން ދެކުނު ކޮރެއާގެ ހިއުންބޮމް އުފާފާޅުކުރަނީ.

ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގެ ތެރެއިން ދެކުނު ކޮރެއާގެ ހިއުންބޮމް އުފާފާޅުކުރަނީ.

ޒަޕޯޕާން، މެކްސިކޯ (ޖޫން 12) - ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ޗެކް ރިޕަބްލިކުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2-1 އިން ދެކުނު ކޮރެއާ މޮޅުވެއްޖެ އެވެ. 

ޗެކް ރިޕަބްލިކާއި ދެކުނު ކޮރެއާ ވާދަކުރާ، ގްރޫޕް އޭގެ ފުރަތަމަ މެޗުން ރޭ މެކްސިކޯ އިން ވަނީ ދެކުނު އެފްރިކާ އަތުން 2-0 އިން މޮޅުވެފަ އެވެ. 

އެސްޓަޑިއޯ އަކްރޮންގައި މިއަދު ކުޅުނު މެޗު ފަށައިގެން ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކުން ދިޔައީ ލިބޭ ފުރުސަތުތަކުގައި ގޯލެއް ޖެހޭތޯ މަސައްކަތްކުރަމުންނެވެ. އެ ގޮތުން، ދެކުނު ކޮރެއާގެ ކެޕްޓަން، ސޮން ހެއުން މިން އަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ފުރަތަަމަ ހާފުގައި ހިފިފައިނުވާއިރު، ދެ ވަނަ ހާފުގެ ކުރީކޮޅުގައި، އޭނާ ފޮނުވާލި ހަމަލާއެއް ޗެކް ރިޕަބްލިކްގެ ކީޕަރު، މަޓޭޖް ކޯވާ ވަނީ މަތަކޮށްފަ އެވެ. 

ދެކުނު ކޮރެއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފިދިޔައިރު، ޗެކު ރިޕަބްލިކުން ވަނީ 49 ވަނަ މިނިޓްގައި ލީޑުނަގައިފަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން، ލަޑިސްލާވް ކްރޭޗީ އެވެ. މިއީ، އެ ޓީމުގެ ވްލަޑިމީ ސޯފާލް ދިގު އެއްލުމަކުން އެއްލި ބޯޅައަކަށް އަރައި، ކްރޭޗީ ބޮލުން ޖެހި ގޯލެކެވެ. ދާދި ފަހުން ޗެކް ރިޕަބްލިކްގެ ކެޕްޓަން ބޭންޑް ހަވާލުކުރި ކްރޭޗީ ވަނީ މާޗް މަހު ކުޅުނު ވޯލްޑް ކަޕް ޕްލޭއޮފް ދެ މެޗުގައި ވެސް ލަނޑު ޖަހައިފަ އެވެ. 

ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގެ ތެރެއިން: ޗެކުގެ ކްރޭޗީ ލަނޑު ޖެހުމަށް ފަހު.
ފީފާ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އާއި ޗެކް ރިޕަބްލިކް ކުޅުނު މެޗުގެ ތެރެއިން: ޗެކުގެ ކްރޭޗީ ލަނޑު ޖެހުމަށް ފަހު.

ބަދަލުތަކެއް ގެނެސްގެން ދެކުނު ކޮރެއާ އިން ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް 67 ވަނަ މިނިޓްގައި ކާމިޔާބުކުރި އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހްވާން އިން ބިއުމް އެވެ. މިއީ، ލީ ކަންގް އިން ދިން ބޯޅައެއް އޭރިއާތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު، ކީޕަރު ކޯވާ ކައިރިން ނައްޓާކުމަށް ފަހު، ހްވާން އިން ބިއުމް ހަމަޖެހިލައިފައި ކާމިޔާބުކުރި ލަނޑެކެވެ. 

މެޗުގެ 77 ވަނަ މިނިޓްގައި ޗެކް ރިޕަބްލިކުން ދެ ވަނަ ލަނޑެއް ޖެހި އެވެ. އެހެން ނަމަވެސް، ހިލޭޖެހުމަކުން ޗެކް ރިޕަބްލިކުގެ ތޯމަސް ސޯޝެކް މި ލަނޑު ޖެހިއިރު، ހުރީ އޮފްސައިޑްގައި ކަމަށްވާތީވެ، އެ ގޯލު ބަލައިނުގަންނަން ރެފްރީ ވަނީ ނިންމައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން، ދެކުނު ކޮރެއާ އިން ވަނީ ލަނޑު ޖަހައި، ލީޑުނަގައިފަ އެެވެ. އޭރިއާތެރެއަށް ނަގައިިދިން ބޯޅައަކަށް އަރައި މި ލަނޑު ޖެހީ ހުއޮންހްޔޫ އެވެ. ވެއްޓިގެންފައި އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ކޯވާ ގައިގައި ޖެހިފަ އެވެ. 

ޗެކް ރިޕަބްލިކަށް އެއްވަރުކޮށްދޭން 82 ވަނަ މިނިޓްގައި އެޑަމް ހްލޯޒެކް ފޮނުވާލި ބޯޅަ ދެކުނު ކޮރެއާ ކީޕަރު، ސެއުން ގިޔުން ކިމް ވަނީ މަތަކޮށްފަ އެވެ. 

މިއީ، ވޯލްޑް ކަޕެއްގައި، ޗެކް ރިޕަބްލިކްގެ ނަމުގައި ދެ ވަނަ ފެނިލުމެވެ. މީގެ ކުރިން، 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެ ޓީމުން ކުޅުނުއިރު، ފުރަތަމަ މެޗުން މޮޅުވި ނަމަވެސް އަނެއް ދެ މެޗުން ނަތީޖާ ނުނެރެވި ކެޓީ އެވެ. ޗެކް ރިޕަބްލިކުން އެންމެ ފަހުން 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅެފައިވާއިރު، މި ފަަހަރު ވެސް މި ފެށީ ރަނގަޅު ފޯމެއްގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox