ދެ މަސް ވޭތުވީ ފަހުން ސަރުކާރުގެ މި އަހަރުގެ ފުރަތަމަ ފިސްކަލް ރިޕޯޓު ޝާއިއުކޮށްފި

ދެ މަސް ވޭތުވީ ފަހުން ސަރުކާރުގެ މި އަހަރުގެ ފުރަތަމަ ފިސްކަލް ރިޕޯޓު ޝާއިއުކޮށްފި

މި އަހަރުގެ އެއްވެސް ހަފުތާއެއްގެ ފިސްކަލް ރިޕޯޓުތައް ޝާއިއުނުކޮށް ތިބުމަށް ފަހު، އަހަރުގެ ފުރަތަމަ ދެ މަސް ވޭތުވީ ފަހުން ފުރަތަމަ އަށް ހަފުތާގެ މާލީ ހިސާބުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓު ފިނޭންސް މިނިސްޓްރީން މިރޭ އާންމުކޮށްފި އެވެ.

ފިނޭންސުން އާންމުކުރި ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރަށް 7.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު އިރު، ލޯނު ހަރަދާއި އިންވެސްޓުމަންޓުތައް ހިމެނޭހެން 6.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

ސަރުކާރުން އަހަރު މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކުރީ ސަރުކާރުގެ ހިންގުމުގެ ހަރަދުތަކަށް (2.8 ބިލިއަން ރުފިޔާ) އެވެ. ދެން އެންމެ ބޮޑު ހަރަދެއް ކުރީ މުސާރަތައް ދިނުމަށް (2.6 ބިލިއަން ރުފިޔާ) އެވެ. ރިކަރަންޓު ހަރަދުގެ ގޮތުގައި ޖުމްލަ 5.4 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

އާމްދަނީގެ ގޮތުގައި އަހަރުގެ މިހާތަނަށް ލިބުނު ފައިސާގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.7 ބިލިއަން ރުފިޔާ އިތުރެވެ. މި އިތުރުވުމުގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ ޓެކްސް އާމްދަނީއަށް އައިސްފައިވާ ދޮޅު ބިލިއަން ރުފިޔާގެ އިތުރުވުމެވެ. ޓެކްސްތަކުން 6.4 ބިލިއަން ރުފިޔާ ލިބުނުއިރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނީ 1.2 ބިލިއަން ރުފިޔާ އެވެ.

ޓެކްސް އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ރެކޯޑު މުގުރަމުން އައި ޓޫރިޒަމާ އެކީ ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކުން ލިބުނު އާމްދަނީ އިތުރުވުމެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކުރި ރަށްތަކުގެ އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 312 މިލިއަން ރުފިޔާ އާއި އެއާޕޯޓު ޑިވެލޮޕްމަންޓް ފީއިންނެވެ.

އާމްދަނީއަށް ވުރެ ހަރަދު މަދުވުމާއެކީ، ފުރަތަމަ އަށް ހަފުތާ ނިންމާލީ އޯވަރޯލް ބެލެންސް، އެއީ ފައިނޭންސިން އަދި އިންޓްރެސްޓު ހަރަދު ނުހިމަނައި، 1.8 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ.

މި އަހަރަށް ފާސްކުރީ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރޭގައި ލޯނުތައް ދައްކަން ބަޖެޓުކޮށްފައިވާ 12.9 ބިލިއަން ރުފިޔާ ވެސް ހިމެނެ އެވެ. މި އަހަރުގެ ބަޖެޓުން، ސަރުކާރުގެ ހިންގުމާއި މުސާރަތަކާއި އުޖޫރަތައް ދިނުމުގެ ހަރަދުތައް ނަގާފައި އެއް ކަމަކަށް އެންމެ ބޮޑު ހަރަދެއް ކުރަނީ ލޯނުތައް ދައްކާށެވެ.

ލޯނުގެ ގޮތުގައި އަނބުރާ ދައްކަން ޖެހޭ ފައިސާގެ ތެރޭގައި އަންނަ މަހު ދައްކަން ޖެހޭ ސުކޫކުގެ 500 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox