ހުރިހާ ލީޑަރުންނަށް ހަމަހަމަ ފުރުސަތު ހޯދައިދެވޭނީ މީކާއިލްއަށް: ސޯލިހު

މީކާއީލްގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވާހަކަދައްކަވަނީ

މީކާއީލްގެ ކެމްޕެއިން ޖަލްސާގައި ކުރީގެ ރައީސް ސޯލިހު ވާހަކަދައްކަވަނީ

އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ ޕާޓީގެ އެތެރޭގައި ހުރިހާ ސިޔާސީ ލީޑަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ދީގެން ކަމަށާއި، އެ ޔަގީންކަން އޮތް ހަމައެކަނި ކެންޑިޑޭޓަކީ މީކާއީލް ނަސީމް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު  ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ މީކާއީލް ނަސީމަށް ތާއިދު ހޯދަން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ  އިންތިހާބެއް ކާމިޔާބުކުރުމަށް އެންމެ މުހިންމު ކަމަކީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ތިބުން ކަމަށާއި އެކަން މިވަގުތު ޕާޓީ ހިންގުމާ ހަވާލުވެ ހުންނެވި އަބްދުލް ޣަފޫރު މޫސާ އެކަން ދައްކާފައިވާ ކަމަށެވެ. 

"އެންމެން ގޮވައިގެން ކުރި މަސައްކަތުން ކޮންމެ އިންތިހާބެއް ކާމިޔާބުވަމުންދިޔައީ. މިއީ ޗެއާޕާސަންގެ އެންމެ މުހިއްމު ޒިންމާ،" ސޯލިހު ވިދާޅުވި އެވެ. 

Advertisement

ވޭތުވެދިޔަ އިންތިހާބުތަކަށްވުރެ 2028 ގެ ރިޔާސީ އިންތިހާބު މުހިއްމު ކަމަށާއި 2023 ގެ އިންތިހާބު އެމްޑީޕީއަށް ގެންލިގެންދިޔަ ސަބަބުތަކަށް ވިސްނާއިރު އެފަދަ ފުރުސަތެއް ނުދެއްވުމަށް އަދި އެފަދަ ގޮތަކަށް އަމަލު ނުކުރެއްވުމަށް ސޯލިހު އެދިވަޑައިގެންނެވި އެވެ. 

އެންމެ ފަހުގެ ރިޔާސީ އިންތިހާބު ގެއްލިގެން ދިޔުމުން ބިކަވެގެން ދިޔައީ ހަމައެކަނި އެމްޑީޕީ އާއި އެމްޑީޕީގެ މެންބަރުން ނޫން ކަމަށާއި އެކަމުގެ ސަބަބުން "ހިތަށް ވެސް ނާރާވަރުގެ ދަތި އުނދަގޫތައް ރާއްޖެއަށް މިވަނީ ކުރިމަތިވެފައި" ކަމަށް ސޯލިހު ވިދާޅުވި އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ގިނަ ބަޔަކު އެމްޑީޕީގައި ތިބިއިރު، މީކާއީލް ހުންނެވީ އެ އެންމެންނަށް ހަމަހަމަ ފުރުސަތެއް ދޭނެ ކަމުގެ ސިޔާސަތަކާއެކު ކަމަށް ސޯލިހު ވިދާޅުވި އެވެ. 

"އެއީ މި ޕާޓީ ގެންދާންވީ މިސްރާބު. އަނެއްކާ އަނެއް ފަސް އަހަރު މަގުމަތީގައި ނުބޭތިއްބޭނެ. ތިބޭފުޅުންގެ ނިންމުމަކަށް ވާނީ މި ޕާޓީއަށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް،" ސޯލިހު ވިދާޅުވި އެވެ. 

"އެގޮތަކީ އެމްޑީޕީގެ ޗެއާޕާސަންކަމަށް ވަކި ފަރާތަކަށް ނުޖެހި އެންމެންނަށް ހަމަހަމަ ފުރުސަތުދީ މި ޕާޓީ މިރާއްޖޭގެ ހިންގޭނެ ގޮތަކަށާއި ސިޔާސީ ލީޑަރުންނަށް ހަމަހަމަ ފުރުސަތު ދޭނެ ބޭފުޅަކު ޗެއާޕާސަން ކަމަށް މިވަގުތު އިންތިހާބުކޮށްގެން."

2018 ވަނަ އަހަރު އުފެދުނު ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ނޫން ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ވެސް ސޯލިހު ރޭ ރައްދު ދެއްވި އެވެ.  އެމަނިކުފާނު ވިދާޅުވީ އެ ސަރުކާރަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަދި ރައީސް މައުމޫން ސޮއިކުރެއްވި  އެއްބަސްވުމެއްގެ ދަށުން އުފެދުނު ސަރުކާރެއް ކަމަށެވެ.

"އެ އެގްރީމެންޓު ލިޔަމުން ދިޔައިރު ގާސިމް ވިދާޅުވި މިތިއްބެވި ހުރިހާ ލީޑަރުން ސޮއިކުރެއްވިޔަސް އިތުބާރު ކުރެއްވޭނީ އިބޫ ސޮއި ކުރައްވައިގެންނޭ. އެހެންވީމަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑު ސޮއިކުރިން. އަދި އަޅުގަނޑު ވެރިކަން ކުރީ އެ އެގްރީމެންޓާ އެއްގޮތަށް،" ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަޖިލިސް އިންތިހާބުގައި އެއްބަސްވުމަށް އަމަލުނުކޮށް ހުރިހާ ދާއިރާއަކަށް ކުރިމަތިލާން ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރުމުން ވެސް، ޕާޓީގެ ނިންމުމަށް އިހުތިރާމްކޮށް 2019 ގެ މަޖިލިސް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ބޮޑު ދައުރެއް އަދާކުރެއްވި ކަމަށެވެ.

ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ޕާޓީގެ ފަރާތުން ހޮވަންވާނީ އިތުބާރު ހިފޭ، ވަކި ފަރާތަކަށް ނުޖެހި އެންމެންނަށް ހަމަހަމަ ފުރުސަތުދޭނެ ބޭފުޅެއް ކަމަށާއި އެ ބޭފުޅަކީ މީކާއީލް ނަސީމް ކަމަށެވެ.

އެމްޑީޕީ އަނެއްކާވެސް އިތުރު ފަސް އަހަރު މަގުމަތީގައި ބާއްވަން ބޭނުންނުވާ ނަމަ، ޕާޓީއަށާއި ގައުމުގެ ސުލުހަވެރިކަމަށްޓަކައި ހުރިހާ މެންބަރުންވެސް މީކާއީލް ނަސީމަށް ވޯޓު ދެއްވުމަށް ސޯލިހު އެދިވަޑައިގަތެވެ. 

ޖޫން 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މީކާއީލްއަ ވާދަ ކުރައްވަނީ ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަމާއި ޕާޓީގެ ރައީސް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، އޭނާގެ ތާއިދު އޮތީ ކުރީގެ ޗެއާޕަސަން ފައްޔާޒު އިސްމާއީލްއަށް ކަމަށް ވިދާޅުވެ، އެ ދެބޭފުޅުން އެކުގައި "ބޮޑު ބަދަލު"ގެ ނަމުގައި ވަނީ ކެމްޕޭން ފަށްޓަވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox