އެއްވެ އުޅުން ގާނޫނުން މަނައެއް ނުކުރޭ، އެކަމަށް ޖާގަދޭން ޖެހޭނެ: ނަޝީދު

ތިން ރައީސުންގެ ބައްދަލުވުން: އެއްވެ އުޅުމުގެ ގާނޫނުގައި ގާނޫނުއަސާސީއާ ހިލާފު ކަންކަން ހުރި ނަމަވެސް، އެ ގާނޫނުގެ ދަށުން އެއްވެ އުޅުން މަނާ ނުކުރެވޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

ތިން ރައީސުންގެ ބައްދަލުވުން: އެއްވެ އުޅުމުގެ ގާނޫނުގައި ގާނޫނުއަސާސީއާ ހިލާފު ކަންކަން ހުރި ނަމަވެސް، އެ ގާނޫނުގެ ދަށުން އެއްވެ އުޅުން މަނާ ނުކުރެވޭ -- ފޮޓޯ: މުހައްމަދު ޝަރުހާން

އެއްވެ އުޅުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިފައިވާ ހައްގަކަށްވާއިރު، އެކަމަށް ޖާގަ ދޭން ޖެހޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ސަންގު ޓީވީއަށް ދިން އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގައި ގާނޫނުއަސާސީއާ ހިލާފު ކަންކަން ހުރި ނަމަވެސް، އެ ގާނޫނުގެ ދަށުން އެއްވެ އުޅުން މަނާ ނުކުރެވޭ ކަމަށެވެ. 

"އެއްވެ އުޅުމުގެ ގާނޫނެއް އެބަ އޮތް. އެ ގާނޫނު އަޅުގަނޑު ދެކޭ ގޮތުގައި މައިގަނޑު ގޮތެއްގައި ގާނޫނުއަސާސީއާ ހިލާފު ކިތަންމެ ކަންކަމެއް އެ ގާނޫނުގައި އެބަހުރި. އެހެންނަމަވެސް އެ ގާނޫނު ވެސް އެބަ ޖާގަ ދޭ އެއްވާން. އެއްވުން މަނައެއް ނުކުރެވޭ،" ނަޝީދު ވިދާޅުވި އެވެ. 

Advertisement

އެމްޑީޕީގެ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެއީ ހަމަނުޖެހުން އުފައްދަން ކުރާ މުޒާހަރާތަކެއް ގޮތުގައި ދެކުމުގެ ބަދަލުގައި މުޒާހަރާއަށް ޖާގަދީ، ޓްރެފިކް ޑައިވާޓްކުރުމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. 

އޭގެއިތުރުން މުޒާހަރާގެ ބައިވެރިންވެސް ބޭއަދަބީ ގޮތްގޮތަށް ވާހަކަ ނުދައްކާ ވީހާވެސް ސުލްހަވެރިކޮށް މުޒާހަރާ ކުރިއަށް ގެންގޮސް ނިންމާލުމަށް ނަޝީދު ބާރުއެޅުއްވި އެވެ. 

"ސަރުކާރަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވަންޖެހޭ އަޅުގަނޑުމެންގެ މުޒާހަރާތަކަކީ ސުލްހަވެރި މުޒާހަރާތަކެއްކަން. އެހެންވީމަ އެއީކީއެއް ރައިޓަސް އެސެމްބްލީއެއްގެ ގޮތުގައި އެއްގޮތަކަށްވެސް ދެކިވަޑައިނުގަތުން އެއީ އަޅުގަނޑު ފުލުހުންގެ ކިބައިން ވަރަށް ބޮޑަށް އެދޭނެ ކަމެއް،" ނަޝީދު ވިދާޅުވި އެވެ. 

"އެބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވަންވީ ކަމަކީ މި ހިނގާލުން ރީތިކޮށް އިންތިޒާމުކޮށްދިނުމުގައި އެހީތެރިވެދިނުން. ޓްރެފިލް ޑައިވާޓްކޮށްދިނުމުގައާއި އަދި އެހެން މީސްމީހުންވެސް މުޒާހަރާއާ އެހެން ގޮތްގޮތަށް ބޭއަދަބީ ގޮތްގޮތަށްވެސް އަދި ހަމަނުޖެހުން އުފެދޭ ކަހަލަގޮތަކަށްވެސް އެމީސްމީހުންވެސް އެހެންވެސް މިހެންވެސް ނުބެވުން."

ނަޝީދު ވިދާޅުވީ އެމްޑީޕީން މީގެކުރިން ކުރާ މުޒާހަރާތަކާ ގުޅިގެން ބައެއް މީހުންގެ ހިތްހަމަނުޖެހުން ހުރި ނަމަވެސް، މިހާރު އެކަން ބަދަލުވެ އެމްޑީޕީން މަގުމައްޗަށް ނުކުތުމުން ރައްޔިތުން ތިބެނީ ހިނިތުންވެފައި ކަމަށެވެ. 

"އަޅުގަނޑު މިހާރު ދަންނަވާލަންޖެހޭ މީގެ ކުރީގައި އަޅުގަނޑުމެން މުޒާހަރާކުރިޔަސް ޕިކަޕެއް ދުއްވިޔަސް އެހެންކަމެއް ވިޔަސް ބައެއް ފަހަރަށް ފެންނާނެ ހިތްހަމަނުޖެހޭ މީހުން. މޫނުމަތިންވެސް އެނގޭނެ އަދި ބައެއް ބާވަތުގެ ބަދުބަސްވެސް ރައްދުކުރާނެ. މިހާރު އެއްގޮތަކަށްވެސް ނުފެނޭ. ހުރިހާ ރައްޔިތުން ތިބެނީ އަޅުގަނޑުމެން މަގުމައްޗަށް ނުކުތީމާ ހިނިތުންވެފައި،" ނަޝީދު ވިދާޅުވި އެވެ. 

 މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަވާއިދަކަށް ގާނޫނަކަށް ބެލުމެއް ނެތި ކުރަމުންދާ ކަންކަމާ ދެކޮޅަށް އެމްޑީޕީން މިރޭ މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ވަނީ ނިންމާފަ އެވެ. "ވަޒީފާ ބުރާސްފަތި" ނަމުގައި އެ ޕާޓީން މާލޭގައި ބާއްވާ މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00 ޖަހާއިރު ރަސްފަންނު ސަރަހައްދުންނެވެ.

އެ މުޒާހަރާއަށް އެމްޑީޕީން ދަނީ ދުރާލައި ތައްޔާރުވަމުންނެެވެ. އެ މުޒާހަރާ ކުރަނީ މައިގަނޑުގޮތެއްގައި އެސްއޯއީތަކުންނާއި ސަރުކާރުގެ އެކި އިދާރާތަކުން ނުހައްގުން މުވައްޒަފުން ވަކިކުރަމުންދާތީ އެވެ. އެ މުވައްޒަފުން ވަކިކުރަމުންދަނީ ސަރުކާރަށް ތާއީދު ނުކުރާތީ އެވ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox