ސިޔާސީ މައްސަލަތަކުގައި މި އަހަރު އެކަނި ވެސް 12 މުވައްޒަފަކު ކަނޑާލައި، ހަތް މުވައްޒަފަކު ސަސްޕެންޑުކުރި

ނޮވެމްބަރު 22، 2023: ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލެ-ތިލަފުށި ބްރިޖު ސައިޓަށް ވަޑައިގެންނެވުން -- ފޮޓޯ: އަދަދު ފައިލް

ނޮވެމްބަރު 22، 2023: ރައީސް ޑރ. މުހައްމަދު މުއިއްޒު, މާލެ-ތިލަފުށި ބްރިޖު ސައިޓަށް ވަޑައިގެންނެވުން -- ފޮޓޯ: އަދަދު ފައިލް

ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުނުކޮށްގެން މި އަހަރު އެކަނިވެސް ސަރުކާރުގެ ކުންފުނިތަކުން 12 މުވައްޒަފަކު ކަނޑާލައި، ހަތް މުވައްޒަފަކު ސަސްޕެންޑުކޮށްފައިވާކަން އެނގިއްޖެ އެވެ.  

އަދަދު އަށް އެނގިފައިވާ ގޮތުގައި ކަނޑާލި 12 މުވައްޒަފުންގެ ތެރެއިން ހަތް މުވައްޒަފުން ކަނޑާލީ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ނަތީޖާތަކާ ގުޅިގެންނެވެ. އަދި ހަތަރު މުވައްޒަފަކު ވަކިކުރީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުން ޕީއެންސީ ބަލިވުމުންނެވެ. 

މުވައްޒަފުން ވަޒީފާއިން ވަކިކުރި  ސަރުކާރު ކުންފުނިތައް:

  • ފެނަކަ - ހަތަރު މުވައްޒަފުން
  • ހިތަދޫ ޕޯޓްސް ލިމިޓެޑް - ތިން މުވައްޒަފުން
  • އެމްޓީސީސީ - ތިން މުވައްޒަފުން
  • ވެމްކޯ - ދެ މުވައްޒަފުން

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ނަތީޖާއާ ގުޅިގެން ގއ. ވިލިނގިލި މިފްކޯ ސައިޓުގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށްފައިކަން މި ނޫހަށް ވަނީ ކަށަވަރުކުރެވިފަ އެވެ. 

މީގެއިތުރުން ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) އަށް ތާއީދުކުރެއްވުމުން މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑުގެ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު އަދާކުރައްވަމުންދިޔަ މަގާމު ސަރުކާރުން އުވާލި އެވެ. 

މުއިއްޒުގެ މަގުބޫލުކަން ދަށްވާން ފެށުމުން ވަޒީފާގެ ބިރު ބޮޑުވަނީ

ރައީސް މުއިއްޒުގެ މަގުބޫލުކަން ކުޑަވެ އިދިކޮޅު ހަރަކާތްތައް ވަރުގަދަވާން ފެށުމުން، ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށް ވެވަޑައިގެންނެވި ވައުދުތަކާ ހިލާފަށް މުވައްޒަފުން ވަކިކުރުމާއި ސަސްޕެންޑުކުރުން ވަނީ އިތުރުފަ. ސިޔާސީ ފިކުރު ތަފާތުވުމުގެ ސަބަބުން އެއްވެސް މީހަކަށް ދެރަގޮތެއް ނުހައްދަވާނެ ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ފެންނަނީ ބިރުވެރިކަން.

އެ މައްސަލައާ ގުޅިގެން  ޒުހައިރުގެ ދަރިފުޅުނު އަޒާން ޒުހައިރު، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ބޯޑުން އަދި ޗެއާޕާސަންގެ މަގާމުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ ސިޔާސީ ކަމެއްގައި ސަރުކާރުން އޭނާގެ ބައްޕަގެ ވަޒީފާ ގެއްލުވާލުމުން ކަމަށެވެ. 

ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސޯބެ ވިދާޅުވީ އޭނާގެ ކެމްޕެއިނުގައި އުޅުނު 10 ވަރަކަށް މީހުން މިހައިތަނަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ނަމުގައި އެ މީހުން ވަޒީފާއިން ވަކިކުރި ނަމަވެސް، އެއްވެސް މަސައްކަތެއް ނުކުރުވައި ގޭގައި ބައިތިއްބާފައި ތިބި މީހުން ހަމަ އެ ކުންފުނިތަކުގެ ވަޒީފާގައި އެބަ ތިބި ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިހައިތަނަށް ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރަމުންދިޔަ 50 އަށްވުރެ ގިނަ މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވެ އެވެ. އޭގެއިތުރުން ބައެއް މުވައްޒަފުން އެ މުވައްޒަފުން މަސައްކަތްކުރާ ރަށުން އެހެން ރަށްތަކަށް ބަދަލުކޮށްފައިވެ އެވެ.

މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ބޭނުމަށް ވަކިނުކުރާނެކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަހަރުވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރި އެވެ. 

ވަޒީފާތަކުން ވަކިކުރި މުވައްޒަފުންގެ ހައްގުގައި އިދިކޮޅު އެމްޑީޕީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ގާނޫނީ އެހީތެރިކަން ފޯރުކޮށްދީ، މުވައްޒަފުންގެ ހައްގުގައި އެ ޕާޓީން ދަނީ އަޑު އުފުލަމުންނެވެ. 

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުންނަށް ވެސް ފިޔަވަޅު އަޅާފައިވެ އެވެ. އެކަމާ ގުޅިގެން ނަޝީދު ވަނީ ސަރުކާރުން ކުރަމުންދާ އެ މަސައްކަތް ހުއްޓާނުލައިފިނަމަ އެސްއޯއީތައް "ހިސޯރު" ކުރާނެކަމުގެ އިންްޒާރު ދެއްވާފަ އެވެ. 

ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބިރު ދައްކައި އެ މުވައްޒަފުންނަށް އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅަށް އެމްޑީޕީން މާދަމާ ރޭ 20:30 ގައި "ވަޒީފާ ބުރާސްފަތި" ނަމުގައި މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox