ނޫސްވެރިން ޖަލުހުކުމްކުރުން

9 ލިޔުން

ފަހުގެ

"މީޑިއާތަކާ ރައްޓެހިކަން ބޭއްވުމުގައި މިދަނީ މިސާލު ދައްކަމުން"ހަބަރު

"މީޑިއާތަކާ ރައްޓެހިކަން ބޭއްވުމުގައި މިދަނީ މިސާލު ދައްކަމުން"

މި ސަރުކާރުން މީޑިއާތަކަށް މިނިވަންކަން ދީ، ޖަވާބުދާރީވުމުގައި ނަމޫނާ ދައްކަމުންދާ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، ނޫސްވެރިކަމަށް ހުރަސްއެޅުމުގެ ތުހުމަތުތަކެއް އެމަނިކުފާނަށް ވަނީ އަމާޒުވެފައި. މީގެ ތެރޭގައި މީޑިއާތައް ކޮންޓްރޯލްކުރާ ކޮމިޝަނެއް އުފެއްދުމާއި، "އަދަދު" ނޫހުގެ ނޫސްވެރިންނަށް ފިޔަވަޅު އަޅައި ޖަލަށްލާފައިވާ މައްސަލަތައް ހިމެނޭ.

ސުވާލެއް ކުރުމުން ގޮޅީގައި ބޭއްވި ޝަހުޒާން މިނިވަންވެއްޖެހަބަރު

ސުވާލެއް ކުރުމުން ގޮޅީގައި ބޭއްވި ޝަހުޒާން މިނިވަންވެއްޖެ

ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކޮށްގެން، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި 15 ދުވަހުގެ ޖަލު ހުކުމެއް އިއްވި ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ހުކުމް ތަންފީޒުކޮށް މިއަދު މިނިވަންވެއްޖެއެވެ. ޝަހުޒާންގެ އިތުރުން ނޫސްވެރިޔާ ލީވާން އަލީ ނަސީރަށް ވެސް މި މައްސަލައިގައި ޖަލު ހުކުމާއި ބޮޑު އަދަދެއްގެ ޖޫރިމަނާއެއް ކޮށްފައިވާއިރު، އެ ފައިސާ ދެއްކުމަށް އެމްޖޭއޭ އިން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.