ދިވެހި ކޯސްޓްގާޑް
5 ލިޔުން
ހަބަރުހޮހަޅައިގެ ތެރޭ ތާށިވި ހުރިހާ ޑައިވަރުންގެ ހަށިގަނޑު ނަގައިފި
ވާވު އަތޮޅު ކަނޑުއަޑީގެ ހޮހަޅައެއްގައި ތާށިވި އިޓަލީގެ ހަތަރު ޑައިވަރުންގެ ހަށިގަނޑު، ހަ ދުވަސް ފަހުން ފިންލެންޑުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު މިއަދު ވަނީ ނަގާފައެވެ. މި ހާދިސާގައި ޖުމްލަ ހަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ރެސްކިއު އޮޕަރޭޝަންގައި އުޅުނު ދިވެހި ސިފައިންގެ މީހަކުވެސް ހިމެނެއެވެ. މިއަދު ނެގި ހަށިގަނޑުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޑައިވިންގް ސަލާމަތީ ކަންކަމާ މެދު ބަހުސްތަކެއް ވަނީ އުފެދިފައެވެ.
ހަބަރުސިފައިންނާއި ފުލުސް ޑައިވަރުން ދާނީ 30 މީޓަރަށް
ވާވު އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގައި ތާށިވި ފަތުރުވެރިޔާ ހޯދުމުގެ އޮޕަރޭޝަނުގައި ބައިވެރިވާ ސިފައިންގެ ޑައިވަރުން، ސަލާމަތީ ސަބަބުތަކަށްޓަކައި 30 މީޓަރަށް ވުރެ ފުނަށް ނުދާން ނިންމައިފިއެވެ. މި އޮޕަރޭޝަން މިހާރު ލީޑުކުރަނީ ފިންލެންޑުގެ ތަޖުރިބާކާރު ޑައިވަރުންގެ ޓީމަކުން ކަމަށްވާއިރު، ދިވެހި ސިފައިން މިހާރު މަސައްކަތް ކުރަނީ އެހީތެރިކަން ފޯރުކޮށްދޭ ސަޕޯޓް ޓީމެއްގެ ގޮތުގައެވެ.
