މުއިއްޒުގެ ބަގާވާތް ތުހުމަތު ދޮގަކަށް، މައްސަލަ ފައިލްކޮށްފި
ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓަށް ގެނައި ބަދަލަކީ "މާލީ ބަގާވާތެއް" ކަމަށް ރައީސް މުއިއްޒު ކުރެއްވި ތުހުމަތުގައި ޖިނާއީ ކުށެއް ނެތް ކަމަށް ނިންމައި ފުލުހުން އެ މައްސަލަ ފައިލްކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ތަހުގީގު ކުރިއިރު، ސަރުކާރު ވައްޓާލަން ރާވައިގެން އެއްވެސް ކަމެއް ހިންގާފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.