އައިޕީއެލް: ފަހު ބޯޅައިން މުމްބައި ބަލިކޮށް ބެންގަލޫރު އެއް ވަނަ އަށް

May 10, 2026, 11:51 PM
ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވި ލަނޑު ހެދުމަށް ފަހު ރަސިކް އުފާފާޅުކުރަނީ.

ރޯޔަލް ޗެލެންޖާސް ބެންގަލޫރު މޮޅުވި ލަނޑު ހެދުމަށް ފަހު ރަސިކް އުފާފާޅުކުރަނީ.

މުމްބައި (މެއި 10) - ފަހު ބޯޅައިން ރަސިކް ދަރު ހެދި ދެ ލަނޑާ އެކު، ދެ ވިކެޓުން މުމްބައި އިންޑިއަންސް (އެމްއައި) ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެއް ވަނަ އަށް ޖެހިލައިފި އެވެ. 

މި މެޗަށް ނުކުތްއިރު، އައިޕީއެލްގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބެންގަލޫރު އޮތީ ބަލިވެފަ އެވެ. އެހެންވެ، މި މެޗުން މޮޅުވުމުގެ ޕްރެޝަރު އެ ޓީމަށް އޮތެވެ. އަދި، ފަހު ބޯޅައާ ހަމައަށް ދިޔައިރު، ވެސް މެޗުގެ ކޮންޓްރޯލް މުމްބައި އަތުގައި އޮތް ނަމަވެސް، ރަސިކް ފަހު ވަގުތު ވަނީ ބެންގަލޫރު މޮޅުކޮށްދީފަ އެވެ.

އެކަމަކު، މި މެޗުގައި ބެންގަލޫރު މޮޅުކޮށްދިނުމުގައި އެންމެ ބޮޑު ތަފާތަކީ، އެ ޓީމުގެ ބުވްނޭޝްވަރު ކުމާރު (ބުވީ) އެވެ.

Advertisement

ފުރަތަމަ އިނިންގްސްގަައި، ބެންގަލޫރުން ހޮވިއިރު، ހަތަރު އޯވަރުން ބުވްނޭޝްވަރު ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ. އަދި، 10 ވަނަ ބެޓްސަމަނަކަށް ކުޅެން އަރައި، ޕްރެޝަރު ވަގުތުގައި އޭނާ ވަނީ ދެ ބޯޅައިން ހަތް ލަނޑު ހަދައިފަ އެވެ. 

ރޯޔަލް ޗެލެންޖާސް ބެންގަލޫރު
ރޯޔަލް ޗެލެންޖާސް ބެންގަލޫރު

ވަންކެޑޭ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އަަރައި، މުމްބައި އިންޑިއަންސް އިން ވަނީ 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 166 ލަނޑު ހަދައިފަ އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 42 ބޯޅައިން 57 ލަނޑު ހެދި ތިލަކް ވަރުމާ އާއި 23 ބޯޅައިން 47 ލަނޑު ހެދި ނަމަން ދީރު އެވެ. 

ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރަށް މައްސަލަ ދިމާވި އެއް ސަބަބަކީ ޖެހިޖެހިގެން ދެ ވަނަ މެޗުގައި ލަނޑެއް ނުހެދި ބެންގަލޫރުގެ ތަރި، ވިރާތު ކޯލީ ނުބައިވުމެވެ. މި މެޗުގައި ބެންގަލޫރަށް އެންމެ ތަފާތު ހިތްވަރެއް ދެއްކީ، ކުރްނާލް ޕާންޑްޔާ އެވެ. އަނިޔާގެ ސަބަބުން ފަހު ވަގުތު ހިތްވަރު ގަދަ ކުޅުމެއް ދެއްކި ކުރްނާލް ވަނީ، 46 ބޯޅައިން. 73 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި މުމްބައިގެ ކޮބެއިން ބޮޝް ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ. 

އެންމެ ފަހު އޯވަރުގައި، އުކި މުމްބައިގެ ބޯލަރު، ރާޖު ބަވާ އަތުން ގިނަ ގޯސްތަކެއް ހެދުނުއިރު، އޭގެ ފައިދާނަގައި، ބެންގަލޫރުން މެޗުން މޮޅުވެ، އެއް ވަނަ އަށް ވަނީ ޖެހިލައިފަ އެވެ. 

ލީގުގެ އެއް ވަަނައިގައި އޮތް ބެންގަލޫރާއި ދެ ވަނައިގައި އޮތް ސަންރައިޒާސް ހައިދަރުއާބާދު އަދި  ތިން ވަނައިގައި އޮތް ގުޖުރާތު ޓައިޓަންސް އަށް 11 މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، ޕްލޭއޮފް ލިބޭ ފަހު ޖާގަ ކަމަށްވާ ހަތަރެއްގައި އޮތް ޕަންޖާބް ކިންގްސް އަށް ވަނީ 10 މެޗުން 13 ޕޮއިންޓް ލިބިފަ އެވެ. 

ޕަންޖާބުން މާދަމާ ދިއްލީ ކެޕިޓަލްސް ބަލިކޮށްފިނަމަ އެއް ވަނަ އަށް ޖެހިލެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox