މުޒާހަރާގެ ބައިވެރިން މުއިއްޒުގެ އިސްތިއުފާއަށް ގޮވަނީ

May 14, 2026, 10:41 PM
އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން ޖަލަށް ހުކުމްކުރުމުން، ނޫސްވެރިންގެ ދިފާއުގައި މެއި 13، 2026 ގައި މާލޭގައި ބޭއްވި މުޒާހަރާ

އަދަދު ނޫހުގެ ޝަހުޒާން އާއި ލީވާން ޖަލަށް ހުކުމްކުރުމުން، ނޫސްވެރިންގެ ދިފާއުގައި މެއި 13، 2026 ގައި މާލޭގައި ބޭއްވި މުޒާހަރާ

ނޫސްވެރިންގެ ހައްގުގައި މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން ސީރިއަސް ތުހުމަތުތަކެއް އަމާޒުވެފައިވާ ރައީސް މުހައްމަދު މުއިއްޒުގެ އިސްތިއުފާއަށް ގޮވަން ފަށައިފި އެވެ. 

މުޒާހަރާގެ ބައިވެރިން މި ވަގުތު އާޓިފިޝަލް ބީޗަށް ޖަމާވެފައި އޮތް އިރު، އެ ސަރަހައްދުގައި ހުންނަ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ހަރުގޭގައި ޖަލްސާއެއް ކުރިއަށް އެބަދެ އެވެ. 

އެ ތަނުގައި ހުންނެވި މުއިއްޒަށް އަޑު އިއްވުމުގެ ގޮތުން މުޒާހަރާގެ ބައިވެރިން ދަނީ އިސްތިއުފާއަށް ގޮވަމުންނެވެ. އޭގެ އިތުރުން "އެލް ސޯފާ" ކޮބައިތޯ އާއި "ދަންވަރު ގުޅީ ކީއްވެތޯ" ފަދަ ސުވާލުތައް ވެސް ގޮވަމުން ދެ އެވެ. 

އޭގެ އިތުރުން ޖަލުގައި ތިބި ނޫސްވެރިންނާއި މުޒާހަރާގެ ބައިވެރިން ދޫކޮށްލުމަށް ވެސް ދަނީ އަޑުއުފުލަމުންނެވެ. މި ވަގުތު ނުހައްގުން ޖަލުގައި ބަންދުކޮށްފައި ވަނީ އަދަދުގެ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރެވެ. 

ރޭގެ މުޒާހަރާއިން ހައްޔަރު ކުރި ޝައްމޫން ޖަލީލް (ލޫކަސް) އާއި އަލީ ޖުމާން (ޑެތު) އަދި އަބްދުﷲ ޝަރީފްގެ މުއްދަތު ވަނީ އިތުރުކޮށްފަ އެވެ.  އަދި މިރޭ މުޒާހަރާ ފެށުމުގެ ކުރިން ކުރީގެ ނޫސްވެރިޔާ ހުސެން ހަސަން އާއި އިތުރު މީހަކު ހައްޔަރު ކުރި އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox