އެފްއޭއެމް ރީޖަނަލް ލީގުގައި އޭދަފުށީ ޓީމުގެ ކޯޗަކަށް ކުޑަ ހީނާ

May 4, 2026, 10:00 PM
މަޝްހޫރު ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ): އެފްއޭއެމް ރީޖަނަލް ލީގުގައި ބ. އޭދަފުށީގެ ކޯޗުކަމާ ވަނީ ހަވާލުވެފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

މަޝްހޫރު ކޯޗު އިސްމާއިލް އާސިފް (ކުޑަ ހީނާ): އެފްއޭއެމް ރީޖަނަލް ލީގުގައި ބ. އޭދަފުށީގެ ކޯޗުކަމާ ވަނީ ހަވާލުވެފައި.--- ފޮޓޯ: ރާއިފް ޔޫސުފް / އަދަދު ސްޕޯޓްސް

އެފްއޭއެމް ރީޖަނަލް ލީގުގައި ވާދަކުރަމުން އަންނަ ބ. އޭދަފުށީ ޓީމުގެ ކޯޗަކަށް، ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު އެއް ކޯޗު، އިސްމާއިލް އާސިފް (ކުޑަ ހީނާ) ހަަަމަޖައްސައިފި އެވެ. 

އޭދަފުށިން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ކުޅެފައިވަނީ، ކޯޗު ޝާފީ އަލީގެ އިރުޝާދުގެ ދަށުންނެވެ. އެ ގޮތުން، ފުރަތަމަ މެޗުގައި އަމިއްލަ ރަށުގައި ކުޅެ، އޭދަފުށި ވަނީ، ޒޯން ކޮލިފައިން ބުރުގެ ފައިނަލުން ނ. މަނަދޫ އަތުން 6-5 އިން ބަލިވެފަ އެވެ.  އަދި، ރީޖަނަލް ލީގުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުން ރަށުންބޭރުގައި ވަނީ ހއ. ދިއްދޫ އަތުން 2-1 އިން ބަލިވެފަ އެވެ. 

ރީޖަނަލް ލީގުގައި ދެން އޭދަފުށްޓަށް ބާކީ  އަދި ފަސް މެޗު އެބައޮތެވެ. އެ ފަސް މެޗުގެ ކުރިން، އޭދަފުށިން މި ވަނީ ކޯޗު ބަދަލުކޮށްފަ އެވެ. ކްލަބް ވެލެންސިއާ އާއި ވިޔަންސާ އަދި އޯލް ޔޫތު ލިންކް އޭޖް (އޭވައިއެލް)ގައި ކާމިޔާބު މަސައްކަތްތަކެއްކުރި ކުޑަ ހީނާ އަކީ މިދިޔަ އަހަރުތަކަށް ބަލާއިރު، އޭދަފުށްޓަށް އިރުޝާދުދިން ނަން މަޝްހޫރު ކޯޗުންގެ ތެރެއިން އެކަކެވެ. އެ ގޮތުން، މިދިޔަ އަހަރުތަކުގައި މުހައްމަދު އާތިފް (އާތީ) އާއި އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަނީ އޭދަފުށްޓަށް ކޯޗުކޮށްދީފަ އެވެ. 

Advertisement

މިދިޔަ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ސީޒަނުގައި ވެސް ވެލެންސިއާ އަށް ކޯޗުކޮށްދިން ކުޑަ ހީނާ ދާދި ފަހުން ވަނީ، ނ. ކެނދިކުޅުދޫގައި ކުރިއަށްދިޔަ، ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން، ނައިފަރު ޗެލްސީ އަށް ކޯޗުކޮށްދީފަ އެވެ. އެ މުބާރާތުގެ މޮޅު ކޯޗަކަށް ހޮވުނީ ވެސް ކުޑަ ހީނާ އެވެ. 

ކުޑަ ހީނާގެ ކޯޗުކަމުގައި އޭދަފުށިން އެންމެ އަވަހަށް ކުޅޭ މެޗަކީ، ބުދަ ދުވަހު ހަވީރު ނ. މަނަދޫއާ ދެކޮޅަށް ކުޅޭ މެޗެވެ. މަނަދޫން ރީޖަނަލް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ 5-0 އިން ހދ. ހަނިމާދޫ އަތުން ބަލިވެފަ އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އޮނިގަނޑެއް އެކުލަވާލައި ފެށި އެޓޯލް  ޗެމްޕިއަންޝިޕްގެ އަތޮޅުތަކުގެ މުބާރާތްތައް މިދިޔަ އަހަރުގެ ނިޔަލަށް ވަނީ ނިންމައިފަ އެވެ. އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، ސައުތު ރީޖަން އަދި މާލެ ރީޖަން އަށް ބަހާލައިފަ އެވެ. މާލެ ރީޖަން ފިޔަވައި އަނެއް ތިން ޒޯނުގެ ތެރޭގައި ސަބް ދެ ޒޯން ހިމެނެ އެވެ.  އެ ސަބް ޒޯންތަކުގެ މެޗުތައް ނިމި، މިހާރު ވަނީ، ރީޖަނަލް ލީގުތައް ވެސް ފެށިފަ އެެވެ. 

ނޯތު ރީޖަނަލް ލީގުގެ ޓީމުތައް:

ހއ. ދިއްދޫ، ހދ. ހަނިމާދޫ، ނ. މަނަދޫ. ބ. އޭދަފުށި

ސެންޓްރަލް ޒީޖަނަލް ލީގުގެ ޓީމުތައް:

ކ. ހުރާ، އދ. މަހިބަދޫ، ދ. މީދޫ، ދ. ކުޑަހުވަދޫ

ސައުތު ރީޖަނަލް ލީގުގެ ޓީމުތައް:

ލ. ގަން، ލ. ކުނަހަންދޫ، ގދ. ގައްދޫ، ސ. ފޭދޫ

މާލެ ރީޖަނަލް ލީގަކީ، މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތެވެ. 

ރީޖަނަލް ލީގުގެ މެޗުތައް ފެށިގެން ކުރިއަށްދާއިރު، މި ބުރު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނަށް ޓީމުތައް ކަނޑައެޅޭނީ ރީޖަނަލް ލީގުތައް ނިމުމަށް ފަހު އެވެ. ރީޖަނަލް ލީގުގެ މި މަސް ތެރޭ ނިންމާލުމަށް ވަނީ ތާވަލުކޮށްފަ އެވެ. ކޮންމެ ރީޖަނަލް ލީގެއްގެ ޗެމްޕިއަން ޓީމަށް ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުން ޖާގަ ލިބޭނެ އެވެ.

ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގައި ކުޅޭނީ ނޯތު ރީޖަނަލް ލީގުގެ ޗެމްޕިއަން، ސެންޓްރަލް ރީޖަނަލް ލީގުގެ ޗެމްޕިއަން، ސައުތު ރީޖަނަލް ލީގުގެ ޗެމްޕިއަންގެ އިތުރުން ދެ ވަނަ ޑިިވިޝަން (މާލެ ރީޖަން)ގެ ޗެމްޕިއަންގެ އިތުރުން، ދިވެހި ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ އަށް ދިޔަ، ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ހަ ޓީމު ވާދަކުރާ ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގެ ގަދަ ހަތަރު ޓީމަށް، ދިވެހި ޕްރިމިއާ ލީގު 26/27 ސީޒަނުން ޖާގަ ލިބޭނެ އެވެ. 

ރީޖަނަލް ލީގުގައި މިހާތަނަށް ކުޅެފައިވާ އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސެންޓްރަލް ލީގުގައި ކ. ހުރާ އާއި ދ. ކުޑަހުވަދޫ ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، އދ. މަހިބަދޫ އަތުން ދ. މީދޫ މޮޅުވީ 3-2 އިންނެވެ.

ސައުތު ރީޖަންގައި ގދ. ގައްދޫން ވަނީ 1-0 އިން ލ. ގަން ބަލިކޮށްފަ އެވެ. އަދި، ސ. ފޭދޫން ވަނީ 4-2 އިން ލ. ކުނަހަންދޫގެ މައްޗަށް ކުރިހޯދައިފަ އެވެ.  

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox