އަމާޒަކީ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދުން

May 5, 2025, 7:36 AM
އަމާޒަކީ ސައުތު އޭޝިއަން ގޭމްސް އިން މެޑަލް ހޯދުން

މި އަހަރަކީ ރާއްޖޭގެ ހޭންޑްބޯޅަ އަށް ކާމިޔާބު އަހަރަކަށްވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އިން ގައުމީ ހޭންޑްބޯޅަ ޓީމުތައް މެޑަލް ހޯދުން ކަމަށް ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް، އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މި ގޮތަށް ވިދާޅުވީ، ސެޕްޓެމްބަރު މަހު ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ ކޮމަންވެލްތު ބީޗްހޭންޑްބޯޅަ މުބާރާތް ލޯންޗުކުރުމަށާއި އޮމާނުގައި މި މަހު ކުރިއަށްދާ އޭޝިއާގެ ބީޗްހޭންޑްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ބީޗްހޭންޑްބޯޅަ ޓީމުގައި ވާދަކުރާ ޓީމަށް ހާއްސަކުރި އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ހޭންޑްބޯޅަ ވުޖޫދުކުރުމުން ފެށިގެން އެސޯސިއޭޝަންގެ އެކި މަގާމުތަކުގައި މަސައްކަތް ކުރަމުން އައި މުޖޭ ވިދާޅުވީ، ރާއްޖޭގައި ބީޗްހޭންޑްބޯޅަ އަށް އޮތް ފުރުސަތުތައް ކުރީގެ ރައީސުންނަށް ހިއްސާ ކުރެވުނު ކަމަށެވެ. އެކަމަކު، އޭރު ތިއްބެވި ވެރިން ނިންމެވީ އިންޑޯ ހޭންޑްބޯޅަ ވަކި ލެވަލަކަށް ގެންދިއުމަށް ފަހު، ބީޗްހޭންޑްބޯޅަ އިން ކުރިއަށް ދާން ފެށުން ކަމަށާއި އެ ވިސްނުމުގެ ސަބަބުން ފައިދާތަކެއް ކުރި ކަމަށް މުޖޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އޭރު ތިއްބެވި ބޭފުޅުންގެ ތޫނު ވިސްނުންފުޅުން ވިދާޅުވީ، އަދި ފަށައިފިއްޔާ އަޅުގަނޑުމެން ވެއްޓޭލެއް އަވަސްވާނެއޭ، ތެދުވާހަކައެއް، އޭރުގެ އެ ވާހަކަ އަޅުގަނޑު ވެސް ގަބޫލުކުރިން، އޭރުގައި ފެށިނަމަ، އަޅުގަނޑުމެންގެ އިންޑޯ ހޭންޑްބޯޅަ ކުރިއަކަށް ނުދިޔައިސް، އިންޑޯ ހޭންޑްބޯޅަ ވަކި ހިސާބަކަށް ދިއުމަށް ފަހުގައި، އަޅުގަނޑުމެން ބީޗް ހޭންޑްބޯޅަ ފަށައިގަތީ،" މުޖޭ ވިދާޅުވި އެވެ.

"އޭގެ ނަތީޖާއެއްގެ ގޮތުން، މިހާރު، ދިވެހިރާއްޖޭގެ ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތު، ޑީސެންޓްރަލައިޒްކޮށް ކުޅިވަރު ބަހައިގެން އެކި ތަންތަނުގައި ކުޅެވޭނެ ނިޒާމް އަޅުގަނޑުމެންނަށް މި ގާއިމްކުރެވުނީ، ހަމައެކަނި ހޭންޑްބޯލް މޯލްޑިވްސް އަށް އެކަނި،"

މުޖޭ ވިދާޅުވީ، ކާމިޔާބީ ހާސިލްކުރަން ހުވަފެނެއް ދެކިގެން އެ އަށް މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އެ ގޮތުން، ފެންވަރު ރަނގަޅު ކޯޗެއް ގެނެސްގެން ބީޗް ހޭންޑްބޯޅައިގެ ކަންތައްތައް ފުޅާކުރުން ވެގެންދިޔައީ އެތައް ފުރުސަތެއް އޮތްކަން ހާމަވިކަމެއް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ސާބިތުކަމާ އެކު ދަންނަވަން ކެރޭ، މި އަހަރަކީ ހޭންޑްބޯޅައިގައި ވަރަށް ކާމިޔާބު އަހަރަކަށް ހެދޭނެއޭ. ވޭތުވެދިޔަ އަހަރު ވަރަށް ނުތަނަވަސްގޮތަކަށް ދިޔައީ، ނަމަވެސް މި އަހަރު އަޅުގަނޑުމެން ދާނީ ވަރަށް ބާރަށް ކުރިއަށް، އަޅުގަނޑުމެން ވެއްޓިގަތީމާ މާ ބާރަށް ދުއްވައިގަތުމުގެ ފިކުރާއި ޖޯޝް އެބަހުރި މި ހޭންޑްބޯޅައިގައި، އެހެންވީމަ މި ވިސްނުމުގައި މި ހުރީ މި އަހަރު ކާމިޔާބީގެ އަހަރަކަށް ހެދުމަށް،" މުޖޭ ވިދާޅުވި އެވެ.

ސަރުކާރާއި އިންޓަނޭޝަނަލް ހޭންޑްބޯޅަ ފެޑެރޭޝަން (އައިއެޗްއެފް)ގެ އެހީތެރިކަމާ އެކު، ހޭންޑްބޯޅަ އިންޑޯ ކޯޓުގެ މަސައްކަތް ވެސް ވަނީ ފެށިފަ އެވެ. މުޖޭ ވިދާޅުވީ، ހޭންޑްބޯޅަ ކޯޓަށް ހިޔާވަހިކަމެއް ފުރާޅެއް ލަސްތަކެއް ނުވެ ފެނިގެންދާނެ ކަމަށާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)ގެ ވިސްނުމަކީ ވަރަށް އުޖާލާ ތަނަވަސްތަނެއް ރާއްޖޭގެ ހޭންޑްބޯޅަ ކުޅެން އޮތުން ކަމަށެވެ.

"(ވިސްނުމަކީ) ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހުރިހާ ޓީމެއް ވެސް އެޅުން، މި ކާމިޔާބީ ހޯދުމަށް މަސައްކަތް މި ކުރަނީ އެންމެންގެ އުންމީދާ އެކީގައި، އަޅުގަނޑުމެން މި އަހަރު 2025 ގައި އެންމެ ފުރަތަމަ ހޯދާނެ މެޑަލް އަކަށް ވިސްނާފައި މި އޮތީ އައިއެޗްއެފް ޓްރޮފީ، އައިއެޗްއެފް ޓްރޮފީ އަކީ ވަރަށް ގާތުން އަޅުގަނޑުމެން މެޑަލް ހޯދަމުން އަންނަ މުބާރާތެއް. މި ފަހަރު އަޅުގަނޑުމެންގެ ޓާގެޓަކީ ސިލްވާ މެޑަލް އަށް މަސައްކަތް ކުރުން، އަޅުގަނޑުމެންނަށް ބްރޯންޒް ހޯދިއްޖެ، އެ މެޑަލް އެޅުމުގެ ވިސްނުމެއް ދެން ނެތް،" މުޖޭ ވިދާޅުވި އެވެ.

އެ ގޮތުން، އޭނާ ވިދާޅުވީ، 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ޓީމު އައިއެޗްއެފް މުބާރާތުން ރިހި މެޑަލް ހޯދުމަށް ކުރަން ޖެހޭ ތައްޔާރީތައް ކުރިއަށް އެބަދާ ކަމަށެވެ. އަދި، ރާއްޖޭން ބޭރުގައި އޮންނަ 17 އަހަރުން ދަށުގެ ފިރިހެނުންގެ ހޭންޑްބޯޅަ މުބާރާތަކަށް ތައްޔާރުވަމުންދާ ކަމަށާއި އެއީ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކޮށް ނަތީޖާއެއް ނެރެން ކުރެވޭ މަސައްކަތެއް ކަމަށް މުޖޭ ފާހަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox