ސަރުކާރުގެ ޕްރެސް ކޮންފަރެންސްތަކުން އަދަދުގެ ނޫސްވެރިން މަނާކޮށްފި

May 11, 2026, 11:13 PM
މުއިއްޒު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އަދަދު މަނާކުރި މިއަދު ބޭއްވި ޕްރެސްގައި މުއިއްޒުއާ ސުވާލުކުރުމުން --- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އަދަދު މަނާކުރި މިއަދު ބޭއްވި ޕްރެސްގައި މުއިއްޒުއާ ސުވާލުކުރުމުން --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން މި ނޫހުގެ މުހައްމަދު ޝަހުޒާން ބޭރުކޮށްލުމަށް ފަހު، އެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހާއި އަދަދު ނޫހުގެ ނޫސްވެރިންނަށް ބައިވެރިނުވެވޭނެ ކަމަށް ރައީސް އޮފީހުން މިއަދު އަންގައިފި އެވެ. 

ރައީސް އޮފީހުގެ މީޑިއާގެ ރަސްމީ ވަޓްސްއެޕް ގްރޫޕުގައި ހިއްސާކުރި މެސެޖެއްގައި އަދަދުއަށް ހުއްދަ ނުދޭން ނިންމިނިންމުން ގުޅުވާފައި ވަނީ މި ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ބަލަމުންދާ މައްސަލަތަކާއި އޭގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލަތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ އެވެ. 

ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މުސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އެ ކޯޓުގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނެރުނު އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އެކެވެ. މި އަމުރުގައި ވަނީ އެ ކޮންޓެންޓް ދައުރުކުރުމާއި، އޭގާ ހުރި ވާހަކަތައް ނުސީދާ ގޮތުންނާއި ސީދާ ގޮތުން ދެއްކުން އެންމެނަށް މަނާކޮށްފަ އެވެ. ރައީސް އޮފީހުން ބުނީ، ޝަހުޒާންގެ ސުވާލު އެ އަމުރާ ހިލާފު ކަމަށެވެ.

Advertisement

އަދަދު ނޫހަށް ހުއްދަ ނުދޭން ނިންމުމުގައި، މި ސަރުކާރުން ވުޖޫދުކޮށްފައިވާ  މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގައި ބަޔާންކުރާ ސުލުކީ މިންގަނޑާއި (40 ވަނަ މާއްދާ) އާއި މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މައުލޫމާތު ހާމަކުރުމުގެ ޒިންމާ (44 ވަނަ މާއްދާ) އަށް ރިއާޔަތްކޮށްފައިވެ އެވެ. 

ނަމަވެސް، ރައީސް އޮފީހުން އަދަދު ނޫހާއި ނޫސްވެރިން މަނާކުރީ  "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން އެ އޮފީހަށް ލިބޭ އިހުތިޔާރުގެ ދަށުންނެވެ. 

ރައީސް އޮފީހުން ވަނީ އައިޝާ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލަ އާއި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަމުންދާ މައްސަލަތައް ނިމެންދެން މި ނޫހަށް ނޫނީ އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް އެ ހުއްދަ ނުދޭން ނިންމާފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox