ފިޔާޒާއި ހަސަނަށް ދައުވާކުރުމާއި، ޝަހުޒާން ރައީސް އޮފީހުން ބޭރުކޮށްލުން ސީޕީޖޭއިން ކުށްވެރިކޮށްފި

May 11, 2026, 8:49 PM
ފިޔާޒު އާއި ޝަހުޒާން ރައީސް އޮފީހުގެ ބޭރުގައި މަޑުކޮށްލައިގެން: ޝަހު

ފިޔާޒު އާއި ޝަހުޒާން ރައީސް އޮފީހުގެ ބޭރުގައި މަޑުކޮށްލައިގެން: ޝަހު

"އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއި ދައުވާތައް ކުރުމާއި، ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން މި ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން ބޭރުކޮށްލުން، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މިއަދު ކުށްވެރިކޮށްފި އެވެ. 

މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފިޔާޒާއި ހަސަނަށް ކުރަނީ ގަޒުފުކުރުމުގެ ކުށުގެ ދައުވާ އެވެ. ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އިއްޔެ މި މައްސަލަތައް ކޯޓަށް ހުށަހަަޅާފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ  ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކޮށް އަނގަ ބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) އެެއް ވެސް ނެރެފަ އެވެ. 

Advertisement

އަދަދުއާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ކުރި ޕޯސްޓެއްގައި، ސީޕީޖޭއިން ވަނި ފިޔާޒާއި ހަސަނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ފީޖީ އޮފީހަށް ގޮވާލަފަ އެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ޝަހުޒާން ބޭރުކޮށްލި މައްސަލައިގައި ސީޕީޖޭއިން ބުނީ އޭނާ ބޭރުކޮށްލީ ޖަވާބުދޭން އުނދަގޫ ސުވާލެއް ކުރުމުން ކަމަށް ބުނެފަ އެވެ. އަދި އެއްވެސް ބިރެއް، ޖެހިލުމެއް ނެތި ނޫސްވެރިން ބޭނުން ސުވާލެއްކޮށް، ނޫސްވެރިކަން ކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މީގެ ކުރިން ސީޕީޖޭއިން ވަނީ މި މައްސަލައިގެ ތަހުގީގަށް އަަދަދުގެ އިލެކްޓްރޯނިކްސް ސާމާނު ގެންދިޔުމާ ގުޅިގެންނާއި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލައިގައި ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާއިން ވަނީ ޕާސްޕޯޓުތައް ދޫކޮށްލައި، އަދަދުގެ ސާމާނު އަނބުރާ ރައްދުކޮށްދޭން ގޮވާލާފަ އެވެ. 

މި ޑޮކިއުމެންޓްރީގެ މައްސަލަ ހޫނުވީ، އެ ނެރުނުތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ރައީސް މުހައްމަދު މުއިއްޒުއާ އެ ސުވާލުކުރުމުންނެވެ. އެ ދުވަހު އަދަދު އޮފީސް ރެއިޑުކޮށް، ޕާސްޕޯޓުތަކާއި އިލެކްޓްރޯނިކްސްތައް ހިފެހެއްޓި އެވެ. އެ ތާރީހުން ފެށިގެން، އިއްޔެ ކޯޓަށް މައްސަލަ ހުށަހެޅުމާ ދޭތެރޭގައި ހޭދަވީ ދެ ހަފުތާ އެވެ. 

މި މައްސަލައިގައި އަދަދުގެ ވެރިންގެ އިތުރުން ޝަހުޒާން އާއި ނޫސްވެރިޔާ ލީވާން އަލީ ނާސިރު ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލަ ބަލަން ވެސް ކްރިމިނަލް ކޯޓުން ވަނީ ބަލަން ފަށާފަ އެވެ. ލީވާންގެ މައްސަލަ ބަލަނީ ކޯޓު އަމުރު ރިޕޯޓުކުރުމުންނެވެ. ޝަހުޒާން ގެންދަނީ މުއިއްޒުއާ ސުވާލުކުރުމުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox