"އިންސްޓަ 360" ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ސިމްޑީ

"އިންސްޓަ 360" ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ސިމްޑީ

ސިމްޑީ ގްރޫޕްގެ "ސިމްޑީ ޓެކް" އިން އިންސްޓަ360 އާއެކު އޮތޮރައިޒްޑް ޑިސްޓްރިބިއުޝަން ޕާޓްނާޝިޕެއް އެކުލަވާލައި ކުންފުނީގެ ހިދުމަތް ފުޅާކޮށްފި އެވެ.

ސިމްޑީ ގްރޫޕްގެ ކީ ޑިވިޝަން "ސިމްޑީ ޓެކް" އިން އިންސްޓާ360 ގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޝަން ޕާޓްނަޝިޕް އަށް ވުމަކީ ރާއްޖޭގައި ޓެކްނޮލޮޖީއަށް ލޯބިކުރާ ފަރާތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ދެކެ އެވެ.

އިންސްޓަ 360 ޑިވައިސް އަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސްދީ، 360 ޑިގްރީގެ ހިތްގައިމު ކޮންޓެންޓް ފަސޭހަކަމާއެކު ކެޕްޗާ ކުރުމުގެ ފުރުސަތު ފަހިކޮށްދޭ ޑިވައިސެކެވެ. ޒަމާނީ ސިފަތަކާއި އާދަޔާ ހިލާފު ކޮލިޓީއާ އެކު މި ޑިވައިސް އަކީ މީހުންގެ ތަޖުރިބާތައް ތަފާތު ގޮތަކަށް ޑޮކިއުމެންޓް ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޑިވައިސް އެކެވެ.

އިންސްޓާ 360 ގެ ހާއްސަ ސިފަތަތައް

1. 360 ޑިގްރީ އިމާޝަން:

އިންސްޓާ360 ކެމެރާތަކުން ފުލް އިމާސިވް އެކްސްޕީރިއަންސެއް ލިބިގެންދާއިރު، މަންޒަރުތަކުގެ ކޮންމެ އެންގޭލް އެއް ވެސް ދައްކުވައިދެއެވެ. ރީތި މަންޒަރެއް ކަމުގައި ވިޔަސް، ނުވަތަ ޖަލްސާއެއް ކަމުގައި ވިޔަސް، ކެމެރާ ބޭނުން ކުރާ މީހުންނަށް މުޅި މާހައުލުގެ 360 ޑިގްރީ ކޮށް ކެޕްޗާ ކުރުމުގެ ތަޖުރިބާ ލިބިގެންދެ އެވެ.

2. ފްލޯ ސްޓޭޓް ސްޓެބިލައިޒޭޝަން:

މި ފީޗާ އާއެކު ވީހާވެސް ގުޑުން ކުޑަކޮށް ވީޑިއޯގެ ސްޓެބިލިޓީ ކަށަވަރު ކޮށްދެ އެވެ.

3. އޭއައި އެޑިޓިން ޓޫލްސް:

މި ފީޗާ އާ އެކު ވީޑިއޯ ކުރާ މީހުންނަށް ޓެކްނިކަލް ފީޗާތަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ވީޑިއޯ ކުރުމަށް ސަމާލުކަން ދިނުމަށް މަގު ފަހިވެ އެވެ. އޮޓޯ ފްރޭމިން އާއި އިންޓެލިޖެންޓް ޓްރެކިން ފަދަ ފީޗާ ތަކާއެކު ވީޑިއޯ އެޑިޓް ކުރުން ވަރަށް ބޮޑު ލުޔަކަށް ވެގެން ދެ އެވެ.

4. މޮޑިޔުލާ އެކްސެސަރީޒް:

މި ފީޗާ އާއެކު ޝޫޓިން އެކްސްޕީރިއަންސް ކަސްޓަމައިޒް ކުރުމުގެ ފުރުސަތު ލިބެ އެވެ. ކަނޑުއަޑީގެ އެޑްވެންޗާތަކުން ފެށިގެން އޭރިއަލް ޝޮޓްތަކާ ހަމައަށް މަންޒަރުތައް ނެގުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދެ އެވެ.

އިންސްޓަ 360 ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ހައިސިއްޔަތުން ސިމްޑީ ޓެކް އިން ކަސްޓަމަރުންނަށް ހާއްސަ ފައިދާތަކެއް ފޯރުކޮށްދޭނެ އެވެ. އެގޮތުން އެކުންފުނިން ގަންނަ ކޮންމެ އިންސްޓާ360 ކެމެރާއަކަށް އެއް އަހަރުގެ ވޮރެންޓީ ލިބޭނެ އެވެ. މިއާއެކު ކޮލިޓީ އާއެކު ގިނަ ދުވަހު ބޭނުން ކުރެވޭނެ ކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް ސިމްޑީން ދެ އެވެ.

އަދި ސިމްޑީ ޓެކްގެ ސޭލްސް ކޮންސަލްޓަންޓުންގެ އެހީތެރިކަމާއެކު ކަސްޓަމަރުން ބޭނުންތަކަށް އެންމެ އެކަށޭނެ ޕްރޮޑަކްޓްއެއް ހޮވުމުގައި އެހީތެރިކަން ލިބިގެންދާއިރު ޕްރޮޑަކްޓް ގަތުމުގެ ކުރިން ސިމްޑީގެ "އިމޭޖް ސްކޮޔާ" ޝޯރޫމްއަށް ޒިޔާރަތް ކޮށް ޕްރޮޑަކްޓް ބަލާލެވޭނެ އެވެ. މީގެ ސަބަބުން ލިބެން ހުރި "އިންސްޓާ360" ޕްރޮޑަކްޓް ލައިންތަކުން ކަސްޓަމަރުން އިސްކަންދޭ ފީޗާތަކަށް ބަލައިގެން ޕްރޮޑަކްޓް ގަތުމުގެ ފުރުސަތު ލިބިގެންދެއެވެ.

އޭގެއިތުރުން "އިންސްޓާ 360" ޕްރޮޑަކްޓް ލޯންޗުކުރުމުގެ މުނާސަބަތުގައި "ސިމްޑީ ޓެކް"އިން ވަނީ އެ ޕްރޮޑަކްޓަށް ހާއްސަ ހެޔޮ އަގުތަކެއް ތައާރަފުކޮށްފަ އެވެ.

ސިމްޑީން ބުނީ "އިންސްޓާ 360" ގެ މަގްސަދަކީ މި އިނޮވޭޓިވް ޑިވައިސްތަކަކީ ކޮންމެ މީހަކުވެސް އެމީހެއްގެ އުފެއްދުންތެރިކަން ހާމަކުރުމަށް ހިތްވަރުދޭ ފުޅާ ދާއިރާއެއްގައި އޯޑިއަންސަކަށް ބޭނުންކުރެވޭނެ ޑިވައިސްތަކަކަށް ހެދުން ކަމަށެވެ.

ރާއްޖޭގެ ލީޑިން ޓެކްނޮލޮޖީ ޕްރޮވައިޑަރެއްގެ ގޮތުގައި ސިމްޑީ ޓެކް އަކީ މަޝްހޫރު ކުންފުންޏެކެވެ. ސިމްޑީ އަކީ ކެނޮން، ގޮޑޮކްސް، ލެނޯވޯ، މައިލްސްޓޯން، އަދި ޖޭބީއެލް ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިޔުޓަރެވެ.

ސިމްޑީ ޓެކް އިން ދެ ޝޯރޫމް މެދުވެރިކޮށް ސާވިސް ސެންޓަރުތައް އަންނަނީ ހިންގަމުންނެވެ. އަދި، ސަރުކާރާއި، ހޮސްޕިޓަލިޓީ އިންޑަސްޓްރީއާއި، ޕަބްލިކް ސެކްޓަރާއި ގުޅުން ބަދަހިކޮށް، މަތީ ފެންވަރުގެ ޓެކްނޮލޮޖީއާއި އުފެއްދުންތެރި ޕްރޮޑަކްޓްތަކާއި ސޮލިއުޝަންތައް ސިމްޑީ ޓެކް އިން ފޯރުކޮށްދޭތާ ދިހަވަރަކަށް އަހަރު ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox