އިންޑިއަން ސުޕަ ލީގުގައި ވީއޭއާރް ބޭނުންކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފި

Nov 13, 2024, 4:14 AM
އިންޑިއަން ސުޕަ ލީގުގައި ވީއޭއާރް ބޭނުންކުރުމުގެ މަސައްކަތް އަނެއްކާ ވެސް ފަށައިފި

މުމްބާއީ، އިންޑިއާ (ނޮވެމްބަރު 13) - އަންނަ ސީޒަންގެ އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އިން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބޭނުންކުރަން ފެށުމުގެ މަސައްކަތް އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން އަނެއްކާ ވެސް ފަށައިފި އެވެ.

އައިއެސްއެލްގެ މިހާރު ކުރިއަށްދާ ސީޒަނުން ފެށިގެން ވީއޭއާރް ބޭނުންކުރެވޭތޯ އޭއައިއެފްއެފް އިން ކުރި މަސައްކަތުގައި އަލި މަގެއް ނުފެނުނެވެ. ރިޕޯޓްތައް ބުނާގޮތުން، އޭއައިއެފްއެފް އިން ބޭނުންވާ ސިސްޓަމް ގެނެވޭ ވަރަށް ބަޖެޓް ހަމަޖެހިފައި ނެތެވެ.

އޭއައިއެފްއެފްގެ އިސް އޮފިޝަލް، ޓްރެވާ ކެޓްލް ވިދާޅުވީ، އިންޑިއަން ސުޕަ ލީގުގެ ކްލަބްތަކުން ރެފްރީންގެ ޝަކުވާކުރުމުގައި އަމަލުކުރަމުން އަންނަ ގޮތާ މެދު އޭނާ ވެސް ވިސްނަމުން އަންނަ ކަމަށެވެ. އަދި މި ކަމަށް ހައްލެއް ގެނެވޭނެ .އެންމެ ރަނގަޅު މަގަކީ ވީއޭއާރް ބޭނުންކުރަން ފެށުން ކަމަށް ވެސް ކެޓްލް ދެކެ އެވެ.

"މި ވަގުތު ކީ މެޗް އިންސިޑެންޓް (ކޭއެމްއައި) ގެ ކަންކަން ނިންމުމުގައި ރެފްރީންގެ ނިންމުންތައް އެ ހުރީ ގާތްގަނޑަކަށް 97 ޕަސެންޓްގައި، ދެން، އަންނަ ސީޒަނުން ފެށިގެން އަހަރެމެން މަސައްކަތް ކުރަމުން މި އަންނަ ވީއޭއާރް ފެށިއްޖިއްޔާ މި އަށް ވުރެ ހުރިހާ ކަމެއް ރަނގަޅުވެގެންދާނެ،" ކެޓްލް ވިދާޅުވި އެވެ.

އިންޑިއަން ސުޕަ ލީގުގެ އެކިއެކި ސީޒަންތަކުގައި ގިނަ ކުޅުންތެރިންތަކަކާއި ކޯޗުންނާއި މީޑިއާ އިން ވެސް ރެފްރީންގެ މައްސަލައިގައި ވަނީ ފާޑުކިޔައިފަ އެވެ. އެކަން ސީޒަނަކަށް ފަހު ސީޒަނެއް އަންނަނީ އިތުރުވަމުންނެވެ.

ބެލްޖިއަމްގައި މިހާރު ބޭނުންކުރަމުން އަންނަ ވީއޭއާރް-ލައިޓް ސިސްޓަމް އަކީ އިންޑިއާގައި ވެސް ބޭނުންކުރެވިދާނެ މޮޑެލެއް ކަމަށާއި އެކަން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ފުޓްބޯޅަ ރައީސް، ކަލްޔާން ޗޯބޭ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox