ގަދަބާރުތައް ކުޅޭ ކްލަބް މޯލްޑިވްސް ކިންގްސް ކަޕް މި މަހު 22 ގައި ފަށަނީ

May 6, 2026, 10:04 AM
Kings Cup 2025

Kings Cup 2025

ކްލަބް މޯލްޑިވްސްގެ ފުޓްސަލް ސީޒަންގެ ފުރަތަަމަ މުބާރާތް، ކިންގްސް ކަޕް މި މަހު 22 ވަނަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް ކްލަބް މޯލްޑިވްސް އިން ބުނެފި އެެވެ. 

ކްލަބް މޯލްޑިވްސް އިން މި އަހަރު ޖުމްލަ އެކު، ހަތް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، މުޅިން އަަލަށް އާ ފޯމެޓަކަށް ގިނަ ޓީމުތައް ބައިވެރިކޮށްގެން، މިދިޔަ އަހަރު ފުޅާކޮށް ބޭއްވި ކިންގްސް ކަޕް މި އަހަރު ކުރިއަށްދަނީ، ބައިވެރިވާ  ޓީމުތަކުގެ އަދަދު 12 އަށް އިތުރުކޮށްގެންނެވެ. 

މީގެ އެއް އަހަރު ކުރިން، ކްލަބް މޯލްޑިވްސް އިން ކިންގްސް ކަޕް ފެށީ އެއް މެޗު ކުޅެފައި ޗެމްޕިއަން ކަނޑައެޅޭ ގޮތަށެވެ. އެ އަހަރު ކްލަބް މޯލްޑިވްސް އިން ކިންގްސް ކަޕް ބޭއްވީ ރިސޯޓް ޗެމްޕިއަން، ޖޯލި މޯލްޑިވްސް އާއި އޭގެ ކުރިން އަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ޗެމްޕިއަން، ކްލަބް ވެމްކޯގެ މެދުގައި ކުޅުނު މެޗަކުންނެވެ. ވެމްކޯ އެ މެޗުން މޮޅުވިއިރު، މިދިޔަ ފަހަރުގެ ކިންގްސް ކަޕްގައި ރާއްޖޭގެ އަށް ޗެމްޕިއަނެއް ކުޅުނު ކިންގްސް ކަޕް ތަށި ހޯދީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިންނެވެ. 

ކްލަބް މޯލްޑިވްސް އިން މައުލޫމާތު ދިން ގޮތުގައި، މި ފަހަރުގެ މުބާރާތުގައި ކުޅޭނީ މިދިޔަ އަހަރުގެ ޗެމްޕިއަން، އާރްއާރްސީގެ އިތުރުން، ރަނަރަޕް، އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ރ. މީދޫގައި ކުރިއަށްދިޔަ ރާބަދި ޗެލެންޖުގެ ޗެމްޕިއަން، ކޮރަ ކޮރަ މޯލްޑިވްސް، ރިސޯޓް ލީގުގެ ޗެމްޕިއަން، ކޮންރަޑް، ކްލަބް މޯލްޑިވްސް ސެކްޓާ ލީގުގެ ރަނަރަޕް، ހޯކްސް، ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަން، ކ. ގުރައިދޫ އަށް ނިސްބަތްވާ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް - އެޗްޕީއެސްއެން (ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒު) އާއި ރަނަރަޕް ބިނާރާ، ހދ. ކުޅުދުއްފުށި ސިޓީގައި އޮފީސްތަކަށް ބާއްވާ ޒިގްޒެގް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކްލަބް އެމްޓީސީސީ، ތިލައުތުރު ފުޓްސަލް ޗެމްޕިއަން، ހއ. އުތީމު، ފުވައްމުލަކު ސިޓީ ކައުންސިލް މުބާރާތުގެ ޗެމްޕިއަން، ފިސްޑާ، ބ. އޭދަފުށީ ފުޓްސަލް ކަޕް ރަނަރަޕް، އެއިޓީ ފޯ އަދި، އޮފީސް ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އެވެ. 

ކްލަބް މޯލްޑިވްސް އިން ބުނީ، ކިންގްސް ކަޕް 22 ވަނަ ދުވަހު ފެށުމަށް ފަހު، އީދަށް ބްރޭކެއް ނަގާނެ ކަމަށެވެ. 

ކްލަބް މޯލްޑިވްސް އިން ވަނީ އެހެން މުބާރާތްތައް ބާއްވާނެ ތާރީހުތަކަށް ވެސް ބަދަލު ގެނެސްފަ އެވެ. އަންހެން ޑިވިޝަނުގެ އެއިޓީން ތާޓީ އާއި އެއިޓީން ތާޓީ ކްލަސިކް މުބާރާތް ފަށާނީ އަންނަ މަހު 21 ގަ އެވެ. އަންނަ މަަހުގެ 5 ވަނަ ދުވަހު ފަށާނީ ކުޑަކުދިންގެ ފުޓްސަލް މުބާރާތް، ކިޑްސަލް އެވެ. މިއީ، މިދިޔަ އަހަރު ހާއްސަ މެޗަކުން ލޯންޗް ކުރި މުބާރާތެކެވެ. 

އަމިއްލަ ކުންފުނިތަކަށް ހާއްސަ، ކްލަބް މޯލްޑިވްސްގެ ސެކްޓާ ލީގު ފަށަން ނިންމާފައި އޮތީ ޖުލައި 21 ވަނަ ދުވަހު އެވެ. އެ މުބާރާތުގައި މިހާތަނަށް 18 ޓީމެއް ބައިވެރިވެފައިވާއިރު، އިތުރު ޓީމުތަކަށް ބައިވެރިވާން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox