ކްލަބް މޯލްޑިވްސްގެ ފުޓްސަލް ސީޒަން އަންނަ މަހު ފަށަނީ، މި ފަހަރު ހަތް މުބާރާތް

Apr 25, 2026, 9:40 AM
Club Maldives Cup 2025

Club Maldives Cup 2025

ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން ބާއްވާ މި އަހަރުގެ މުބާރާތްތައް އަންނަ މަހު ފަށަން ނިންމައި، ޖުމްލަ އެކު ހަތް މުބާރާތް ބާއްވާ ގޮތަށް ކަލަންޑަރު އާންމުކޮށްފި އެވެ. 

އެ ގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ ސީޒަން ފަށާނީ ވެސް ކިންގްސް ކަޕް އިންނެވެ. ކިންގްސް ކަޕް ފަށަން ކްލަބް މޯލްޑިވްސް އިން ނިންމާފައި އޮތީ މެއި 15 ވަނަ ދުވަހު އެވެ. އެ އަށް ފަހު، އަންނަ މަހުގެ 17 ވަނަ ދުވަހު، އަންހެން ޑިވިޝަނުގެ އެއިޓީން ތާޓީ ކްލަސިކް މުބާރާތް ފަށާނެ އެވެ.

އަންނަ މަަހުގެ 30 ވަނަ ދުވަހު ފަށާނީ ކުޑަކުދިންގެ ފުޓްސަލް މުބާރާތް، ކިޑްސަލް އެވެ. މިއީ، މިދިޔަ އަހަރު ހާއްސަ މެޗަކުން ލޯންޗް ކުރި މުބާރާތެކެވެ. 

އަންނަ މަހު 31 ވަނަ ދުވަހު ފަށާނީ ކްލަބް މޯލްޑިވްސްގެ  އަންހެން މުބާރާތް، އެއިޓީން ތާޓީ އެވެ. އެ އަށް ފަހު، ޖޫން 7 ވަނަ ދުވަހު، ކްލަބް މޯލްޑިވްސް ކްލަސިކް ފަށާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ކްލަބް މޯލްޑިވްސްގެ އެންމެ ގިނަ ދުވަސްވީ މުބާރާތް ކްލަބް މޯލްޑިވްސް ކަޕް ފަށާނީ، ޖޫން 20 ވަނަ ދުވަހު އެވެ. އަދި، ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފަހު މުބާރާތް، އަމިއްލަ ކުންފުނިތަކަށް ހާއްސަ، ސެކްޓާ ލީގު ފަށަން ނިންމާފައި އޮތީ ޖުލައި 21 ވަނަ ދުވަހު އެވެ. 

މިދިޔަ އަހަރު ކްލަބް މޯލްޑިވްސް ކަޕާއި ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިންނެވެ. ސެކްޓާ ލީގުގެ ޗެމްޕިއަންކަން އެރީނާ ހޮޓެލްސް އިން ހޯދިއިރު، ކްލަބް މޯލްޑިވްސް ކްލަސިކް ޗެމްޕިއަނުންނަކީ، ކ. ގުރައިދޫ އަށް ނިސްބަތްވާ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް - އެޗްޕީއެސްއެން (ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަޒުކަޒު) އެވެ. އެއިޓީން ތާޓީ މުބާރާތް ދިވެހި ސިފައިންގެ ކްލަބުން ހޯދިއިރު، އެއިޓީން ތާޓީ ކްލަސިކްގެ ޗެމްޕިއަނުންނަކީ، ޕްރިޒަން ކްލަބް އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox