ޗެއާޕާސަން ކަމަށް ވާދަކުރަނީ އެމްޑީޕީ ރާވާލަން: މީކާއިލް

ރޭ ބޭއްވި ޖަލްސާގައި މީކައިލް ވާހަކަ ދައްކަވަނީ —-

ރޭ ބޭއްވި ޖަލްސާގައި މީކައިލް ވާހަކަ ދައްކަވަނީ —-

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ އެންމެ އިސް މަގާމު ކަމަށްވާ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެ ޕާޓީ އަލުން ރާވާލުމަށް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

އަންނަ ޖޫން 12، ގައި އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ރޭ މީކާއިލް ވަނީ ކެެެމްޕޭން ޖަލްސާއެެއް ބާއްވާފަ އެވެ. އެ ޖަލްސާގައި މީކާއިލް ވަނީ އޭނާ އެންމެ ފަހުން އަރިއަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެ ޕާޓީގެ ބައެއް މެންބަރުން ކަންބޮޑުވުންތަކެއް ހިއްސާކުރެއްވި ކަމަށް ވިދާޅުވެފަ އެވެ. 

“ލީކުވަމުންނޭ ދަނީ. އަޅުގަނޑު އިންތިހާބަށް ނުކުމެ މި ހުރީ މި ލީކުތައް ބައްދާލަން. އިންތިހާބަށް ނުކުމެ މި ހުރީ މި ޕާޓީގެ އާންމު މެންބަރުން އަޑުއައްސަވާ، މި ޕާޓީ ރާވާލަންވެގެން، ރާވާލާނަން، ރާވާލާނަން 2028 އަށް މި ޕާޓީ ރާވާލަދޭނަން،” މީކާއިލް ވިދާޅުވި އެވެ. 

ޗެއާޕާސަން އިންތިހާބުގެ ޓައިމްލައިން ބާތިލުކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ވެއްދުމުން މީކާއިލް ވަނީ ފާޑު ވިދާޅުވެފަ އެވެ. އެ މައްސަލަ ވެއްދީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ކަމަށް މީކާއިލްގެ ކެމްޕުން ތުހުމަތު ކުރެ އެވެ. ނަމަވެސް، ނަޝީދުގެ ކޭމްޕުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

”އަޅުގަނޑުމެންގެ މަސްލަހަތު ނަގާލައި ކޯޓަށް ދާނެ މީހަކަށް އަޅުގަނޑު ނުވާނަން. އަޅުގަނޑަށް އިތުބާރު ކުރައްވާ އިންތިހާބު ކާމިޔާބުކުރާނީ ވެސް އާންމު މެންބަރުުންގެ އިތުބާރާއެކު،” މީކާއިލް ވިދާޅުވި އެވެ. 

އެމްޑީޕީގެ އާންމު މެންބަރުންނަށް އޮޅުވާލައި އެ މީހުންގެ ޖަޒުބާތުގެ ފައިދާ ނަގާނެ މީހަކަށް ނުވާނެ ކަމަށް މީކާއިލް ވިދާޅުވި އެވެ. 

“އަޅުގަނޑެއް ނުދެކެން މި އިންތިހާބަކީ ހަމައެކަނި މަގާމެއް ހޯދުމަށް އޮތް އިންތިހާބެއް ކަމަކަށް. އަދި އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ އެމްޑީޕީގެ އާންމު މެންބަރުން 16 އަހަރު ވަންދެން އަޅުގަނޑު އެ ބަޔަކާއެކު ކެނޑިނޭޭޅި މަސައްކަތް ކުރި އާންމު މެންބަރުންގެ ވޯޓާއެކު،” މީކާއިލް ވިދާޅުވި އެވެ.

މި އިންތިހާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެެންނަނީ ނަޝީދު އާއި މީކާއިލްގެ ފަރާތުންނެވެ. އެ ދެ ބޭފުޅުން ވެސް ގެންދަވަނީ ބާރު ސްޕީޑުގައި ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ.

 

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox