ހައްޖުގެ މަތިވެރި އަޅުކަމަށް ފުރިހަމައަށް ތައްޔާރުވެވިއްޖެތޯ؟

May 3, 2026, 11:02 PM
ގެފުޅު ކައިރީގައި މީހަކު ދުއާކުރަނީ

ގެފުޅު ކައިރީގައި މީހަކު ދުއާކުރަނީ

ހައްޖު ދަތުރަށް ފޮށިތަންމަތި ތައްޔާރުކުރާއިރު، ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް ވިސްނައި، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ. އެގޮތުން ފްލައިޓަށް އެރުވި ދަބަސް ގެއްލުން، ކުއްލި ބޭސްފަރުވާއަކަށް ބޭނުންވުން، ނުވަތަ ދަތުރުމަތީގައި ހާދިސާއެއް ދިމާވުން ފަދަ ކަންކަމަށް ކުރިއާލައި ތައްޔާރުވުމަކީ ބޭނުންތެރި ކަމެކެވެ.

އަމާނާ ތަކާފުލްގެ "ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް" އާއެކު، އެއްވެސް ހާސްކަމެއް ނެތި ހިތްހަމަޖެހުމާއެކު ތިޔަބޭފުޅުންނަށް ދަތުރު ކުރެވޭނެ އެވެ. އެންމެ 359ރ. އަށް ލިބޭ މި ފުރިހަމަ ޕްލޭނަކީ ހައްޖުގެ މަތިވެރި ދަތުރުގައި ތިޔަބޭފުޅުންނަށް ބޭނުންވާނެ މާލީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.

މި ޕްލޭންގެ ދަށުން، ދަތުރުމަތީގައި ދިމާވާ ސިއްހީ މައްސަލަތަކަށް 500,000ރ. އާ ހަމައަށް ބޭސްފަރުވާގެ ހަރަދު ހަމަޖައްސައިދެ އެވެ. މީގެ އިތުރުން، ދަތުރު މެދުކަނޑާލަން ޖެހުން، ޕާސްޕޯޓު ގެއްލުން، ފުލައިޓަށް އެރުވި ފޮށިތަންމަތި ގެއްލުން ނުވަތަ ލަސްވުން ފަދަ ކަންކަމުގެ އިތުރުން "ޕާސަނަލް ލައިބިލިޓީ" އަށް ވެސް މި ޕްލޭނުން ބަދަލު ލިބިގެންދާނެ އެވެ.

ހާދިސާތަކަކީ ކޮންމެ ވަގުތެއްގައިވެސް ދިމާވެދާނެ ކަންކަމަށް ވާތީ، މި ޕްލޭންގައި 300,000ރ. އާ ހަމައަށް "ޕާސަނަލް އެކްސިޑެންޓް" ކަވަރޭޖް ހިމެނެ އެވެ. މީގެ ސަބަބުން ސީރިއަސް އަނިޔާއެއް ނުވަތަ ނުކުޅެދުންތެރިކަމެއް ދިމާވާ ހާލަތްތަކުގައި މާލީ އެހީތެރިކަން ކަށަވަރުވެގެންދާނެ އެވެ.

މި ހިދުމަތަށް އެދިލެއްވުމަކީ ނުހަނު ފަސޭހަ ކަމެކެވެ. އަމާނާ ތަކާފުލް ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ނުވަތަ އޮފީހަށް ވަޑައިގެންވެސް މި ހިދުމަތަށް އެދިލެއްވުމުގެ އިންތިޒާމު ވަނީ ހަމަޖެހިފަ އެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް އަމާނާ ތަކާފުލްގެ ހޮޓްލައިން 1557 އަށް ގުޅުއްވުން އެދެމެވެ.

މި މަތިވެރި އަޅުކަމުގެ ދަތުރަށް ފުރާވަޑައިގަތުމުގެ ކުރިން، ތިޔަބޭފުޅުންނަކީ ހުރިހާ ގޮތަކުން ފުރިހަމައަށް ތައްޔާރުވެފައިވާ ބޭފުޅުންކަން ކަށަވަރުކުރައްވައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަކުރައްވާށެވެ.

އެޑިޓަރުގެ ނޯޓު:  މިއީ އަމާނާ ތަކާފުލް އިން ތައްޔާރުކޮށްފައިވާ ލިޔުމެއް 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox