އިންޝުއަރަންސް ނެގުނީ ކޮންތާކުން ކަމެއްވެސް ނޭނގުނު

Dec 29, 2025, 5:36 AM
އިންޝުއަރަންސް ނެގުނީ ކޮންތާކުން ކަމެއްވެސް ނޭނގުނު

މުޅި ދުވަހުވެސް ފުރަތަމަ ފަހަރަށް ހަމަޖެހިލެވުނީ އެއާޕޯޓަށް ދާން ޓެކްސީއަށް އަރައި އިށީނދެވުމުންނެވެ. ކައިރީގައި އަހަރެންގެ ދޮށީ ދަރިފުޅު ފޮތެއް ކިޔަން އިންއިރު އަނެއް ފަރާތުގައި ހަގު ދަރިފުޅު ޖޫސް ޕެކެޓެއް ބޯން އިނެވެ. އެތަން ފެނިފައި، ކުއްލިއަކަށް ކުރީ ފަހަރު ސްކޫލް ޗުއްޓީގައި ކުރި ދަތުރުގައި ކުރިމަތިލާންޖެހުނު ވޭނީ ތަޖުރިބާ ހިޔާލަށް އައެވެ.

ހަގު ދަރިފުޅު ކާނާ ވިހަވެގެން މުޅި ދަތުރުވެސް ފަނިވީއެވެ. ހުންއައިސް، ބޭރަށް ހިންގާ، މެލޭޝިއާގެ ހޮސްޕިޓަލެއްގައި އެނދުމަތި ކުރަންޖެހުނީއެވެ. އަތުން ހީނުކުރާވަރުގެ ބޮޑު ހަރަދެއް ބޭސްފަރުވާއަށް ދިޔައެވެ. ހިތަށް އެރިއެވެ. އިންޝުއަރަންސްއެއް ނެގިފައި އޮތްނަމަ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއި ޖީބަށް ލުޔެއްވެސް ލިބުނީހެވެ.

އިންޝުއަރަންސްގެ ހިޔާލު ބޮލަށް އެހާ ފަސޭހައިން އައީ، ދެންމެ ޓެކްސީއަކަށް ގުޅަން "އަވަސް" އެޕް ހުޅުވާލިއިރު އެއިން އައު ފީޗާއެއް ފެނުމުންނެވެ. "އަވަސް އިންޝުއަރަންސް" އެވެ. އަނެއްކާ އަވަސްއިންވެސް އިންޝުއަރަންސް ކުންފުންޏެއް ހުޅުވީބާވައެވެ؟ ފޯނުން އަވަސް އެޕް ކުޑަކޮށް ހާވާލީމެވެ. މިއީ އަވަސްއާއި، މަ މިހާރުވެސް ދަންނަ، އަމާނަ ތަކާފުލްއާއި ގުޅިގެން ފޯރުކޮށްދޭ ހިދުމަތެކެވެ. ޓްރަވަލް އިންޝުއަރަންސްގެ އިތުރުން ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސްވެސް އެޕުން ނެގެން އެބަ އިނެވެ. ދަތުރުފަތުރާ ގުޅުންހުރި އައު ބޮޅެއް އަވަސް އެޕަށް އިތުރުވީއެވެ.

މިކަހަލަ އޮންލައިން ފަސޭހަތައް ނެތި އަހަރެން ކަހަލަ، ވަޒީފާ އަދާކުރާ އެކަނިވެރި މަޔަކު ދެކުދިން ގޮވައިގެން އުޅޭނެ ގޮތް ހިތަށްވެސް ގެންނަން ދައްޗެވެ. ޓެކްސީއެއް ބޭނުންވިޔަސް، މަ ދުއްވާ ސްކޫޕީ ގާނޫނީ އިމުގެ ތެރެއަށް ވައްދަން ބޭނުންވާ ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސް އަދި މިފަހަރު މިދަތުރު ފެށުމުގެ ކުރިން ނަގަން ބޭނުންވި ޓްރަވަލް އިންޝުއަރަންސްވެސް އެއްތާކުން ލިބޭ ގޮތް ފަހިވީއެވެ. އަދި ކިއެއްތަ؟ އެއް ދަތުރު ނުފެށެނީސް އަނެއް ދަތުރު ޔަގީންވެސް ވެދާނެއެވެ.

22 ޑިސެމްބަރު 2025 އިން 31 ޖެނުއަރީ 2026 އަށް އަވަސް އެޕް މެދުވެރިކޮށް ޓްރަވަލް އިންޝުއަރަންސް ނަގާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް، ދެމީހެއްގެ ހަތަރު ދުވަހާއި ތިން ރޭގެ މެލޭޝިއާ ދަތުރެއް ލިބޭނެއެވެ.

"މަންމީ، މިއޮތް އާދެވުނީ،" ހޭވެރިކަންވީ ހަގު ދަރިފުޅުގެ އަޑަށެވެ. ފަހަތުގައި މިހާރުވެސް ދުއްވާ އެއްޗެހި ފުނިޖެހި ބަރުގޮނު އަޅަން ފަށައިފިއެވެ. ކާރުން ފައިބައި، ލަގެޖުތައް ބާލައި ފައިސާ ދެއްކުމަށްފަހު ޗެކިން ވުމަށް އަވަސްވެގަތީމެވެ. ކުޑަކުދިންނާއެކު ދަތުރުކުރާއިރު ފަހު ވަގުތާ ޖެހެންދެން މަޑުކުރުމަކީ ލަނޑު ލިބިދާނެކަހަލަ ކަމެކެވެ.

އަނެއްކާވެސް ހަމަޖެހިލެވުނީ ޗެކިން ނިންމައި ޓާމިނަލްގެ ގޮނޑިއެއްގައި ޖައްސާލެވުމުންނެވެ. ފުރުމުގެ ކުރިން މަންމައަށް ގުޅަންޖެހޭނެއެވެ. ދަތުރުގައި ނުގެންދެވޭ މަގޭ "ނުއުފަންނަ ދަރި" ބިއްލީއަށް އަޅާލަން އާދައިގެ މަތިން ވަސިއްޔަތް ކުރަންޖެހޭނެއެވެ. އަދި މިއުޅެނީ އެކަމަކު ކުރީ މަހުގެ ފޯނު ބިލް ނުދައްކައެވެ. މިހާރު ނުކޮށްފިނަމަ އެނބުރި އަންނައިރު ކަނޑާލާފައި އޮވެދާނެއެވެ. މަންމައަށް ގުޅާނީ ފޯނު ބިލް ދެއްކުމަށްފަހުގައެވެ.

ފޯނު ބިލް ދައްކަން އުރީދޫ ސުޕަ އެޕް ހުޅުވާލައި އެމް-ފައިސާ ބޭނުންކޮށްގެން އެކަން މާބޮޑު އުނދަގުލަކާނުލައި ނިންމާލެވިއްޖެއެވެ. ކޮންކަހަލަ އިއްތިފާގެއްބާވައެވެ؟ އެމް-ފައިސާ ވޮލެޓް ތެރެއިންވެސް ޓްރަވަލް އިންޝުއަރަންސް ނެގެން އެބައިނެވެ. ހަމަ އަމާނަ ތަކާފުލްއެވެ. ކޮންކަހަލަ އަރަތެއްބާވައެވެ؟ އަނެއްކާ ސްކޭމެއްބާވައެވެ؟ އާދަވެފައިވާ ގޮތުގެމަތިން ގޫގުލް ސާޗެއް ކޮށްލީމެވެ. އުރީދޫ މެދުވެރިކޮށް އަމާނަ ތަކާފުލްގެ ޓްރަވަލް އިންޝުއަރަންސް ނެގޭނެ ވަރަށް ހިތްގައިމު އޮންލައިން ސަފުހާއެއްވެސް ފެނިއްޖެއެވެ. ސްކޭމް އެހާ ގިނަ ދުވަސްވަރެއްގައި ރައްކާވެ ތިބިއްޔާ ދަތުރެވެ. ޔަގީންކޮށްލަން އަމާނަ ތަކާފުލްގެ ނަންބަރަށް ގުޅާލީމެވެ.

އެކޮޅުން ތޫލި އަޑެއްގެ ވެރި އަންހެން މުވައްޒަފަކު ވަރަށް އަދަބުވެރިކަމާއެކު އެއީ ސްކޭމެއް ނޫންކަމަށް ބުނެދިނެވެ. އަދި އަވަސް އެޕާއި، އުރީދޫ އެމް-ފައިސާގެ އިތުރުން އަމާނަ ތަކާފުލްގެ ވެބްސައިޓް މެދުވެރިކޮށްވެސް ޓްރަވަލް ތަކާފުލް ނުވަތަ އިންޝުއަރަންސް ނެގޭނެ ވާހަކަ ބުނެލިއެވެ. އަދި ކޮންމެ ޕްލެޓްފޯމެއް މެދުވެރިކޮށް އިންޝުއަރަންސް ނެގި ކަމުގައިވިޔަސް، އޮންލައިންކޮށް ފައިސާ ދައްކާލެވޭނެ ކަމަށާއި ވަގުތުން ޕޮލިސީ އީމެއިލް މެދުވެރިކޮށް ލިބޭނެކަމުގެ ޔަގީންކަން ދިނެވެ.

ޓްރަވަލް އިންޝުއަރަންސްއިން ކަވަރު ކުރަނީ ހަމައެކަނި ދަތުރުމަތީގައި ދިމާވެދާނެ ހީނުކުރާ ކަހަލަ ބޭސްފަރުވާގެ ހަރަދުތައް ނޫންކަމަށާއި، އޭގެ އިތުރުން ޗެކިންކޮށްފައި ހުންނަ ލަގެޖު ނުވަތަ ޕާސްޕޯޓު ގެއްލުން، ދަތުރު ކެންސަލްވުން ނުވަތަ ކުރުކޮށްލަންޖެހުން، ފްލައިޓު ހައިޖެކްކުރުން، ޕާސަނަލް ލައިބިލިޓީ އަދި އެކްސިޑެންޓެއްގައި ނިޔާވެއްޖެނަމަ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށްވެސް، ޕޮލިސީގެ ޝަރުތުތަކާއި ލިމިޓްތަކާ އެއްގޮތްވާ ގޮތުގެމަތީން ބަދަލު ލިބޭނެކަމަށް ބުންޏެވެ.

ވަރަށް އެނގޭ އެހާމެ އެހީތެރި މުވައްޒަފެކެވެ. އަދިވެސް ކިޔައިދިނެވެ. ދަތުރުކުރާ ސަރަހައްދަކަށް ބިނާކޮށް އިހުތިޔާރުކުރެވިދާނެ އެކި ވަރުގެ ސްކީމް އެބަހުއްޓެވެ. ރައްޓެހި އަންހެން ގުރޫޕާއެކު ޔޫރަޕަށް ދާން ރާވާފައި އޮތް ދަތުރަށް ބޭނުންވާ ޝެންގެން ވިސާއަށް ބޭނުންވާ މެޑިކަލް ކަވަރޭޖް ހިމެނޭ ޓްރަވަލް އިންޝުއަރަންސްއަށް ފުދޭނެ ސްކީމުތަކެވެ. އޮފީސް ފަރާތުން އެމެރިކާގައި އޮތް ހައި-ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ދާއިރުވެސް ނެގިދާނެ ޓްރަވަލް އިންޝުއަރަންސް ސްކީމުތަކެވެ. އަދި މިފަހަރުގެ ދުބާއީ ދަތުރަށް ފުދޭނެ އޭޝިއާ ބައްރަށް ހާއްސަ ސްކީމުތަކެވެ.

"މަންމާ، ބޯޑު ކުރަން ފަށައިފި،" ދޮށީ ދަރިފުޅު ކޮށްޓާލާފައި ބުނެލީމައި ޝުކުރު އަދާކޮށްލާފައި ކޯލު ކުރުކޮށްލީމެވެ. އަވަސް އަރުވާލަން ހަދައިގެން އަމާނަ ތަކާފުލްގެ ޓްރަވަލް އިންޝުއަރަންސް ނެގުނީ ކޮންތާކުން ކަމެއްވެސް ނޭނގުނެވެ. އަވަސް އެޕް، އުރީދޫ އެމް-ފައިސާ ނޫނީ ސީދާ އަމާނަ ތަކާފުލްގެ ވެބްސައިޓު މެދުވެރިކޮށް ކަމެއް ހަނދާނެއް ނެތެވެ.

އެނގޭހާވެސް ކަމަކީ މާގިނަ ހާސަރުތަކެއްނެތި، ބޭނުންވާ މަދު މައުލޫމާތު ކޮޅެއް ޖަހާލުމަށްފަހު ފައިސާ ދައްކާލުމުން ވަގުތުން އީމެއިލްއަށް ޕޮލިސީ ލިބިއްޖެ ކަމެވެ. އީމެއިލްއިން ލިބުނު ލިޔެކިޔުމުން ކްލެއިމް ކުރަންވީ ގޮތާއި ކަވަރޭޖްގެ ތަފުސީލު ފެންނާން ހުއްޓެވެ. ލިބުނު ހިތްހަމަޖެހުމަކީ ހީކުރިވަރަށްވުރެ އަތްފޯރާ އަގެއްގައި އެކަން ވީމައެވެ. ކިއުއެއްގައި ނުޖެހި، ކަރުދާސް ފޯމުތަކެއް ނުފުރައި މިކަން ނިމުނީމައެވެ. މިއީ އެހާ ފަސޭހަ އަދި އެހާ ޖީބަށް ލުއި ކަމެއްކަން ކުރިން އެނގޭނަމަ އެއްފަހަރުވެސް މި ނުނަގައި ގައުމުން ބޭރަށް ދަތުރު ނުކުރީހެވެ.

މަންމައަށް ގުޅަން ހަނދާންވީ ބޯޓަށް އަރަން ރަންވޭ މަތީގައި ހުއްޓައެވެ. ވަގުތުން މަންމައަށް ގުޅައި މަގޭ ބިއްލީއަށް ކާންދީ އަޅާލަން ބުނީމެވެ. ޗޮކެއް ކަނޑާލާފައި މަންމަ ދިނީ ސަމާސާ ޖަވާބެކެވެ. "މި ނާދިޔާ ދެން ދޯ؟ މަންމަ ނާދިޔާގެ ބުޅަލަށް ކާންދޭނަމޭ. ދަރިފުޅު ބަލާބަލަ މަގޭ މާމަ ދަރިންނަށް ރަނގަޅު ކާއެއްޗެހި ކާންދެވޭތޯ." މަވެސް މަންމައަށް ސަމާސާ ރާގެއްގައި ރައްދު ދިނީމެވެ. "މަންމާ! މަ ބަލަމޭ. އެކަމަކު ކިތަންމެ ބަލައިގެން އުޅުނަސް ކަމެއް ވާނީ ބުނެފައެއް ނޫންދޯ؟ އެހެންވީމަ މިފަހަރު މިދަނީ ކުރިއާލައި ހުން އައިސްދާނެކަމަށް ރަޖާ ލައިގެން. އަމާނަ ތަކާފުލްގެ ޓްރަވަލް އިންޝުއަރަންސް ނަގައިގެން."

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox