އައިޕީއެލް: މުމްބައި ބަލިކޮށް ޗެމްޕިއަން ބެންގަލޫރުން އަލުން ފޯމަކަށް

Apr 13, 2026, 10:10 AM
ރޭ މުމްބައިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބެންގަލޫރުގެ ސޯލްޓް.

ރޭ މުމްބައިއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބެންގަލޫރުގެ ސޯލްޓް.

މުމްބައި، އިންޑިއާ (އޭޕްރީލް 13) - މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ވަރުގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން 18 ލަނޑުން މުމްބައި އިންޑިއަންސް (އެމްއައި) ބަލިކޮށް އަލުން ފޯމަކަށް އެޅިއްޖެ އެވެ. 

އާރްސީބީން ވަނީ ފުރަތަމަ ދެ މެޗުން ސަންރައިޒާސް ހައިދަރުއާބާދާއި ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ބަަލިކޮށްފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗުން ވަނީ ރާޖަސްތާން ރޯޔަލްސް އަތުން ހަ ވިކެޓުން ބަލިވެފަ އެވެ. އޭގެ ފަހުން، ކުޅުނު މެޗަކީ ރޭ މުމްބައި އިންޑިއަންސްއާ ވާދަކުރި މެެޗެވެ. އެ މެޗުން، ބެންގަލޫރު މޮޅުވިއިރު، މުމްބައި މި ވަނީ މި ފަހަރުގެ މުބާރާތުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެފަ އެވެ. 

މުމްބައިގެ މަޝްހޫރު ވަންކެޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޓޮސް ދިމާވުމުން މުމްބައި އިން ނިންމީ ފީލްޑް ކުރުމަށެވެ. ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެެގެން ވަނީ 240 ލަނޑު ހަދައިފަ އެވެ. ބެންގަލޫރުގެ ފިލް ސޯލްޓް 36 ބޯޅައިން 78 ލަނޑަށް ނުބައިވިއިރު، ވިރާތު ކޯލީ ވަނީ 38 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ. ބެންގަލޫރުގެ ކެޕްޓަން، ރަޖަތު ޕަތީދާރު ވަނީ 20 ބޯޅައިން 53 ލަނޑު ހަދައިފަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވިއިރު، މުމްބައި އަށް ހެދުނީ 222 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނު ގުޔާނާގެ ޝެފާން ރުތަފޯޑް ވަނީ 31 ބޯޅައިން 71 ލަނޑު ހަދައިފަ އެވެ. އަދި، ހާޑިކް ޕާންޑްޔާ، 22 ބޯޅައިން 40 ލަނޑު ހެދިއިރު، ސޫރްޔަކުމާރު ޔާދަވް ވަނީ 22 ބޯޅައިން 33 ލަނޑު ހަދައިފަ އެވެ. 

ބެންގަލޫރުގެ ސުޔަޝް ޝަރްމާ ވަނީ މި އިނިންގްސްގައި، ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ. 

އައިޕީއެލްގެ މި ވަގުތުގެ ތާވަލަށް ބަލާއިރު، އެއް ވަނައިގައި އޮތް ރާޖަސްތާން ރޯޔަލްސް ވަނީ ހަތަރު މެޗުން މޮޅުވެ، އަށް ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ޕަންޖާބް ކިންސް އަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބެންގަލޫރުން ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ. 

ޖުމްލަ އެކު، 10 ޓީމު ވާދަކުރާ އައިޕީއެލް ތާވަލުގެ އެންމެ ފުލުގައި އޮތް ތިން ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކެވެ. އެ ގޮތުން، އެންމެ ފުލުގައި އޮތީ ތިން ފަހަރު ތަށި ހޯދި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އެވެ. ނުވަ ވަނައިގައި އޮތް ޗެއްނާއި އާއި އަށް ވަަނައިގައި އޮތް މުމްބައި އިން ވަނީ ކޮންމެ ޓީމެއް ފަސް ފަހަރު ތަށި ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox