މަސައްކަތުގެ މާހައުލުގައި ހިންގާ ޖިންސީ ކޮރަޕްޝަންތަކާ ދެކޮޅަށް ތެދުވަން ގޮވާލައިފި

May 1, 2026, 1:17 PM
PROTEST, AGAINST RAPE, DOMESTIC VIOLENCE, CHILD ABUSE, SEXUAL HARASSMENT

PROTEST, AGAINST RAPE, DOMESTIC VIOLENCE, CHILD ABUSE, SEXUAL HARASSMENT

މަސައްކަތުގެ މާހައުލުގައި ހިންގާ ޖިންސީ ކޮރަޕްޝަންތަކާ ދެކޮޅަށް ތެދުވަން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ގޮވާލައިފި އެވެ. 

މެއި 1، ގައި  ފާހަގަ ކުރާ ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރި ޕޯސްޓެއްގައި އެ ޖަމިއްޔާއިން ބުނީ ފައިސާ އާއި މާލީ މަންފާގެ ބަދަލުގައި ޖިންސީ އަމަލު ހިމެނޭ ކޮރަޕްޝަނަކީ ވެސް ހިނގަމުންދާ، އާންމު ކަމެއް ކަމަށެވެ. 

"ޖިންސީ ކޮރަޕްޝަނަކީ ބާރުވެރި މަގާމެއްގައި ހުރި މީހަކު، ޖިންސީ ކަމަކަށް އެދުން ނުވަތަ [މުވައްޒަފަކާމެދު] އެފަދަ އަމަލެއް ހިންގުން. މިފަދަ ކޮރަޕްޝަންތަކުގައި ފައިސާގެ ބަދަލުގައި ބަދަލު ކުރެވޭ އެއްޗަކީ ޖިންސީ އަމަލު،" ޓްރާންޕޭރަންސީ އިން ބުނެފައިވެ އެވެ. 

ބާރުވެރި މަގާމެއްގައި ހުރި މީހަކު އޭނާގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ކަމެއް ކޮށްދިނުމުގެ ބަދަލުގައި އިތުރު މަންފާއަކަށް އެދުމާއި ބާރުވެރި މަގާމުގައި ހުރި މީހާ ބޭނުންވާ ކަމަކީ ޖިންސީ އެދުމަކަށްވުމަކީ އެފަދަ ކޮރަޕްޝަންތަކުގެ ބައެއް ސިފަތައް ކަމަށް ޓްރާންސްޕޭރަންސީ އިން ބުނެ އެވެ. 

ޖިންސީ ކޮރަޕްޝަނަށް ސަމާލުވުމަށް ގޮވާލައި، ޓްރާންޕޭރަންސީ އިން ބުނީ، އެފަދަ ކޮރަޕްޝަންތަކަކީ މަސައްކަތުގެ ވަކި މާހައުލެއްގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ. 

"ޖިންސީ ކޮރަޕްޝަނަކީ މަސައްކަތުގެ ވަކި ހާއްސަ މާހައުލެއްގައި އެކަނި ހިނގާ ކަމެއް ނޫން. ނަޒާހާތްތެރި ނޫން މީހަކު ބާރުވެރި މަގާމެއްގައި ހުރެއްޖެ ނަމަ ކޮންމެ ފަދަ ތަނެއްގައި ވެސް މިފަދަ ކަންކަން ހިނގާފާނެ. އެފަދަ މީހުން ބަލާނީ އޭނާއަށް ބަރޯސާވާ އަދި ނާޒުކު ހާލަތްތަކުގައި ތިބި މުވައްޒަފުން ޖިންސީ ގޮތުން އެކްސްޕްލޮއިޓް ކުރަން،" އެ ޖަމިއްޔާއިން ބުންޏެވެ. 

ޖިންސީ ކޮރަޕްޝަނަކީ، އެފަދަ ކަންކަމާ ދެކޮޅަށް އަޑު އުފުލައި އަދި މަސައްކަތް ނުކޮށްފި ނަމަ ފުޅާވެ ފެތުރެމުންދާ މުޑުދާރު އަމަލެއް ކަމަށް ޓްރާންސްޕޭރަންސީ އިން ބުނެ އެވެ. ޖިންސީ ކޮރަޕްޝަން ރާއްޖޭގައި އަށަގަނެފައިވާ މިންވަރު ހޯދަން ދިރާސާއެއް ކުރަން ވެސް އެ ޖަމިއްޔާއިން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox