ޖިންސީ ކޮރަޕްޝަންތަކާ ދެކޮޅަށް ތެދުވަން ގޮވާލައިފި
މަސައްކަތުގެ މާހައުލުގައި ބާރުވެރި މަގާމުތަކުގައި ތިބޭ ފަރާތްތަކުން ހިންގާ ޖިންސީ ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި މިއީ ނާޒުކު ހާލަތްތަކުގައި ތިބޭ މުވައްޒަފުންގެ ނަހަމަ ފައިދާ ނެގުމަށް ހިންގާ އާންމު ކަމެއް ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް އަޑުއުފުލުން މުހިންމެވެ. އަދި ރާއްޖޭގައި ޖިންސީ ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ކުރުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ނިންމާފައެވެ.