ނައިޖަލް ފަރާޖަށް ލިބުނު 5 މިލިއަން ޕައުންޑުގެ "ސިއްރު" ހަދިޔާއާއެކު ތުހުމަތުތައް އަމާޒުވެއްޖެ

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކަށް އިންތިހާބުވުމުގެ ކުރިން އެ ޕާޓީގެ ބޮޑު އެހީތެރިއެއް ކަމަށްވާ ކްރިސްޓޮފަރ ހާބޯންގެ އަތުން ފަސް މިލިއަން ޕައުންޑް ހަދިޔާގެ ގޮތުގައި ހޯއްދަވާފައިވާކަން ހާމަވެއްޖެ އެވެ. މި ފައިސާއަކީ އޭނާގެ މުޅި އުމުރަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަމިއްލަ ސެކިއުރިޓީއަށް ހަރަދުކުރުމަށް ދިން ފައިސާއެއް ކަމަށް ފަރާޖް ވަނީ ވިދާޅުވެފަ އެވެ.

ދަ ޓެލެގްރާފް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ފަރާޖް ވިދާޅުވީ މިދިޔަ އަހަރު އޭނާ ދިރިއުޅޭ ގެއަށް އަލިފާން ބޮމުގެ ހަމަލާއެއް ދީފައިވާ ކަމަށެވެ. އަދި އޭނާގެ ސަލާމަތާ މެދު ހާބޯން ކަންބޮޑުވުން ފާޅުކުރަން ފެށީ 2019 ވަނަ އަހަރު ކެމްޕޭން ހަރަކާތެއްގެ ތެރެއިން އޭނާގެ ގަޔަށް މިލްކްޝޭކް ޖެހި ހާދިސާއަށް ފަހު ކަމަށްވެސް ފަރާޖް ފާހަގަކުރެއްވި އެވެ. ދައުލަތުގެ ފަރާތުން ސަލާމަތީ ކަންކަން ހަމަޖައްސައިދިނުމަށް އެދި ކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ، އަމިއްލަ ރައްކާތެރިކަން ހޯދުމަކީ މަޖުބޫރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ފައިސާގެ މައުލޫމާތު މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނުގައި ހިމަނާފައި ނުވާތީ، ލޭބަރ ޕާޓީއާއި ކޮންޒަވޭޓިވް ޕާޓީން ވަނީ ފަރާޖަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ކޮންޒަވޭޓިވް ޕާޓީން ބުނާ ގޮތުގައި ފަރާޖް ވަނީ މަޖިލީހުގެ ގަވާއިދުތަކާ ހިލާފުވެފަ އެވެ. އެ ޕާޓީން މިހާރު ވަނީ މި މައްސަލަ ޕާލަމެންޓަރީ ސްޓޭންޑަޑްސް ކޮމިޝަނަރަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ ސުލޫކީ މިންގަނޑު ބުނާގޮތުން އާ މެންބަރުން އިންތިހާބުވުމުގެ 12 މަސް ކުރިން ލިބިފައިވާ ހުރިހާ މާލީ މަންފާތަކެއްގެ މައުލޫމާތު ހާމަކުރަން ޖެހެ އެވެ.

ލޭބަރ ޕާޓީގެ ޗެއަރ އެނާ ޓާލީ ވިދާޅުވީ ފަރާޖް އަނެއްކާވެސް ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށާއި، ބިލިއަނަރެއްގެ އަތުން ލިބުނު ފައިސާ ސިއްރުކޮށްފައިވާ ކަމަށެވެ. ކޮންޒަވޭޓިވް ޕާޓީގެ ޗެއަރ ކެވިން ހޮލިންރޭކް ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ރިފޯމް ޕާޓީން ގަވާއިދުތަކަށް ބޯލަނބަން ނުޖެހޭ ކަމަށް ގަބޫލުކުރަނީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން ރިފޯމް ޕާޓީގެ ތަރުޖަމާނަކު ވިދާޅުވީ، އެ ފައިސާއަކީ އޭނާ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ލިބިފައިވާ އަމިއްލަ ހަދިޔާއެއް ކަމަށާއި، އެހެންކަމުން އެއީ ހާމަކުރަންޖެހޭ އެއްޗެއް ނޫން ކަމަށެވެ. އަދި ކޮންޒަވޭޓިވް ސަރުކާރުން ފަރާޖަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ދެކޮޅު ހެދުމަކީ އޭނާގެ ފުރާނައަށް ނުރައްކާވި ކަމެއް ކަމަށްވެސް ތަރުޖަމާނު ތުހުމަތު ކުރެއްވި އެވެ.

ތައިލެންޑުގައި ދިރިއުޅޭ އިނގިރޭސި ކްރިޕްޓޯކަރަންސީ އިންވެސްޓަރެއް ކަމަށްވާ ހާބޯން އަކީ ރިފޯމް ޕާޓީއަށް އެންމެ ބޮޑަށް އެހީތެރިވާ ފަރާތެވެ. އޭނާ ވަނީ މިދިޔަ އަހަރު އެކަނިވެސް އެ ޕާޓީއަށް ނުވަ މިލިއަން ޕައުންޑް ހަދިޔާކޮށްފަ އެވެ. މިއީ އިނގިރޭސި ސިޔާސީ ޕާޓީއަކަށް އަމިއްލަ ފަރުދަކު ދިން އެންމެ ބޮޑު އެހީ އެވެ. ޖުމްލަ ގޮތެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޭނާ ވަނީ 12 މިލިއަން ޕައުންޑް އެ ޕާޓީއަށް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox