ކޮންޒަވޭޓިވް ޕާޓީ
4 ލިޔުން
ދުނިޔެޔޫކޭ ކުރީގެ މިނިސްޓަރުގެ މަރުގެ މައްސަލާގަ ޓެރަރިޒަމްގެ ތުހުމަތު
އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު އޭން ވިޑެކޯމްބްގެ މަރުގެ މައްސަލައިގައި އާ ހެކިތަކެއް ލިބުމާ ގުޅިގެން، ކައުންޓާ ޓެރަރިޒަމް ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ 28 އަހަރުގެ ފިރިހެނަކު މިހާރު ހައްޔަރުކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އެފަދަ ކަމަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައެވެ. އުމުރުން 78 އަހަރުގެ ވިޑެކޯމްބް މަރުވެފައި އޮއްވާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު އޭނާގެ އަމިއްލަ ގޭގެ ތެރެއިންނެވެ.
ދުނިޔެމަގާމުން ވަކިކުރުމުގެ ބިރު ބޮޑުވެ، ޕާޓީގެ އެތެރޭގެ މަޝްވަރާތަކެއް
އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި ލީޑަޝިޕް ބަދަލުކުރުމުގެ މަސައްކަތްތަކެއް ލޭބަރ ޕާޓީގެ ތެރޭގައި ފެށުމާ ގުޅިގެން، އެމަނިކުފާނު ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވަން ފައްޓަވައިފިއެވެ. މި ދަނޑިވަޅުގައި ލީޑަޝިޕް ބަދަލުކުރުމަކީ ގައުމާއި ސަރުކާރުގެ ހަމަޖެހުން ގެއްލޭނެ ކަމެއް ކަމަށް ވިދާޅުވެ ސްޓާމަރ އިންޒާރު ދެއްވާފައިވާއިރު، ވެސް ސްޓްރީޓިން ފަދަ ބޭފުޅުން މަގާމަށް ވާދަކުރައްވާނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
