ފަރާޖް ނުހަމަ ގޮތުގައި ފައިސާ ހޯދިކަމުގެ ތުހުމަތު އަމާޒުވެއްޖެ
ރިފޯމް ޔޫކޭގެ ލީޑަރު ނައިޖަލް ފަރާޖްގެ ސަލާމަތީ ކަންކަމަށް ބިލިއަނަރެއްގެ އަތުން ލިބުނު 5 މިލިއަން ޕައުންޑްގެ މައުލޫމާތު ހާމަނުކުރުމުން، އޭނާ މަޖިލީހުގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. މި މައްސަލަ މިހާރު ޕާލަމެންޓަރީ ސްޓޭންޑަޑްސް ކޮމިޝަނަރަށް ހުށަހަޅާފައިވާއިރު، ފަރާޖް ވިދާޅުވަނީ އެއީ މަޖިލީހަށް އިންތިހާބުވުމުގެ ކުރިން ލިބުނު އަމިއްލަ ހަދިޔާއެއް ކަމަށެވެ.