ކަރަންޓު ބިލު ބޮޑުވުމުން ވެލިދޫ ފެނަކަ އޮފީސް ކައިރީ އިހުތިޖާޖުކުރަނީ

ނ. ވެލިދޫ ފެނަކަ ދޮށުގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން

ނ. ވެލިދޫ ފެނަކަ ދޮށުގައި ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން

ނިމިދިޔަ ރޯދަ މަހަށްފަހު ލިބުނު ފުރަތަމަ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވި މައްސަލައިގައި ނ. ވެލިދޫ ފެނަކަ އޮފީސް ކައިރީ އާންމުން އިހުތިޖާޖުކުރަން ފަށައިފި އެވެ. 

އެކި ޝުއޫރުތަައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން ފެނަކަ އޮފީސް ކައިރީގައި މިއަދު އާންމުން ކުރަމުންދާ އިހުތިޖާޖުގައި ބުނަމުންދަނީ ކަރަންޓު ބިލުން "ރައްޔިތުން ނޮޅާލައިފި" ކަމަށެވެ. 

އާންމުން ފެނަކަ އޮފީސް ކައިރިއަށް ދިޔައީ ކަރަންޓު ބިލު ބޮޑުވި ސަބަބު ދެނެގަނެ، ފެނަކައިގެ ޖަވާބެއް ހޯދުމަށް ކަމަށް އަދަދު އަށް މައުލޫމާތު ލިބެ އެވެ.

ރޯދަ މަހަށްފަހު ލިބުނު ކަރަންޓު ބިލު ބޮޑުވެފައިވާ ކަމަށް ބުނެ ވެލިދޫ ރައްޔިތުންގެ އިތުރުން ރާއްޖޭގެ އެހެން ރަށްތަކުގެ ރައްޔިތުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ. މިގޮތުން ބައެއް މީހުން ބުނަމުން ދަނީ ޔުޓިލިޓީ ކުންފުނިތައް ކަމުގައިވާ ފެނަކަ އާއި ސްޓެލްކޯއިން ބިލުތައް އޮޅުވާލާފައިވާ ކަމަށެވެ. 

ކަރަންޓު ބިލާމެދު ޝަކުވާ ކުރަމުންދާ މީހުން ބުނަނީ ރޯދަ ޑިސްކައުންޓުގެ ގެއްލުން ފޫބައްދަން ސަރުކާރުން ގަސްތުގައި ބިލުތައް އޮޅުވާލީ ކަމަށެވެ. ނަމަވެސް  ފެނަކައިން ބުނީ ކަރަންޓު ބިލު ތައްޔާރުކުރީ އާންމު އެހެން މަސްމަހުގައި ވެސް އަމަލުކުރަމުންދާ އުސޫލުން ކަމަށެވެ. 

"މި އުސޫލާ ހިލާފަށް، މި ކުންފުނިން ހިދުމަތް ދެމުންދާ އެއްވެސް ފަރާތެއް ބިލެއް ތައްޔާރުކޮށް، ބިލަށް އުނިއިތުރު ގެނެސްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވަން،" ފެނަކައިން ބުންޏެވެ. 

ފެނަކައިން ވަނީ މާޗު، އޭޕްރިލް، މެއި މަސް ހިމެނޭ ދުވަސްވަރަކީ އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ދުވަސްވަރު ކަން ހަނދާންކޮށްދީ، ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކޮށްފަ އެވެ. 

މާޗު އަދި އޭޕްރިލް މަހަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރެވެ. މި ދެ މަހުގައި ވެސް ފިނިހޫނުމިން ހުންނަނީ 32 ޑިގްރީގަ އެވެ. ނަމަވެސް ވައިގެތެތްކަން އިތުރުކަމުން، އިހުސާސްވާ ފިނިހޫނުމިން ހުންނަނީ 40 ޑިގްރީގަ އެެވެ.

ކަރަންޓު ހިދުމަތްދޭ ކުންފުނިތަކުން ބުނަނީ މި ދުވަސްވަރު ކަރަންޓު ބިލުތައް ބޮޑު ވަނީ ގޭބިސީތަކުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ އެވެ. މި ދުވަސްވަރު އެންމެ ބޮޑަށް ކަރަންޓު ބޭނުންކުރަނީ ގޭތެރެ އާއި ކޮޓަރިތައް ފިނިކުރަން ބޭނުންކުރާ އެއާ ކޮންޑިޝަނާ (އޭސީ) ތަކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox