ރޯދަ މަހުގެ ކަރަންޓު ބިލަށް ޑިސްކައުންޓް ދޭން ހަރަދުވާ ވަރެއް ސްޓެލްކޯއިން ނުބުނި

ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ: މިއީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް --- ފޮޓޯ: އަތޫފް އާތިފް/އަދަދު

ގްރޭޓާ މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ: މިއީ ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާވާ ކުންފުންޏެއް --- ފޮޓޯ: އަތޫފް އާތިފް/އަދަދު

ރޯދަ ހަދިޔާއެއްގެ ގޮތުގައި ނިމިދިޔަ ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ޖުމްލަ ހިނގި ހަރަދު ހާމަކުރަން ސްޓެލްކޯއިން ދެކޮޅު ހަދައިފި އެވެ. 

މިކަމާ ގުޅިގެން އަދަދު އިން ސްޓެލްކޯއަށް ތަކުރާރުކޮށް ގުޅައި މެސެޖު ކުރުމުން ވެސް ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ހަރަދުވާ ވަރުގެ އެއްވެސް މައުލޫމާތެއް ނުދެ އެވެ.  

ކަރަންޓު ބިލުން ޑިސްކައުންޓް ދޭން ނިންމިކަން މިދިޔަ އަހަރުގެ ނޮވެމްބަރު 14، ގައި ހާމަކުރެއްވި މުހައްމަދު މުއިއްޒު އެވެ. އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރޯދަ މަހު ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ގިނަވެގެން ނަގާނީ 400ރ. ކަމަށެވެ. އެގޮތުން ބާކީ ބިލަށް އަރާވަރަކީ ޑިސްކައުންޓް ކަމަށް ވެސް ވިދާޅުވި އެވެ.

Advertisement

"ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400ރ. ޑޮމެސްޓިކް ރޭޓުން ބިލުކުރާ ކޮންމެ ބިލަކަށް ނަގާނީ މި އަންނަ ރަމަޟާން މަހު، އެމަހުގެ ބިލަށް ނަގާނީ 400ރ. އެންމެ ގިނަވެގެން. ބާކީ ބައި ޑިސްކައުންޓް،" މުއިއްޒު ވިދާޅުވި އެވެ.

ކަރަންޓު ބިލުން ދޭ ޑިސްކައުންޓަކީ ދުރާލައި ރާވައިގެން ބަޖެޓުގައި ވެސް ޖަހައިގެން ދޭ އެއްޗެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވި އެވެ. އެކަމަކު ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އޭރު އަންދާޒާކުރި އަދަދަށްވުރެ ގިނައިން ކަރަންޓު ބިލުގެ ޑިސްކައުންޓަށް ސަރުކާރުން ހަރަދުކުރަން ޖެހޭވަރު ބޮޑުވާނެ ކަމަށް ބެލެވެ އެވެ. 

ރޯދަ މަސް ތެރޭގައި މެދުއިރުމަތީގައި ހަނގުރާމަ ފެށުމާ ގުޅިގެން ތެލުގެ އަގު އިންތިހާއަށް ބޮޑުވި އެވެ. އެ ގޮތުން ރޯދަ މަހު ޑިސްކައުންޓް ދިން ކަރަންޓު ބިލަށް ސަރުކާރުން ބޮޑު ހަރަދެއް ކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. 

މިދިޔަ އަހަރުގެ ރޯދަ މަހުގެ ކަރަންޓު ބިލުން  10 ޕަސަންޓުގެ ޑިސްކައުންޓު ދީފައިވެ އެވެ. ނަމަވެސް އެފަހަރު ބިލުން ޑިސްކައުންޓް ދިން ގޮތާ ގުޅިގެން ރައްޔިތުންގެ ޝަކުވާތައް ގިނަވެ، ފަހުން އެޕްރީލް މަހުގެ ކަރަންޓު ބިލުންވެސް ޑިސްކައުންޓް ދިނެވެ. 

ފަހަކަށް އައިސް ކަރަންޓު ބިލު އިންތިހާއަށް ބޮޑުވަމުންދާތީ ވެސް އާންމުން ދަނީ ޝަކުވާ އެކަމާ ގުޅިގެން ކުރަމުންނެވެ.

ރޯދަ ހަދިޔާގެ ގޮތުގައި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމުގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް މަސްދަޅު ކޭސް ބެހި އެވެ. ސަރުކާރުން ބުނީ ޖުމްލަ 118،673 މަސްދަޅު ކޭސް ބެހުމަށް އޭރު ތައްޔާރުކުރި ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox