ވެލިދޫގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައި ވާތީ އައްބާސްގެ ކަންބޮޑުވުން އޮއްސާލައިފި

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސީއެމްބިއުލާންސް އާއި ސީޕްލޭންގެ ދަތުރުތައް ފެށުމަކީ ވެލިދޫ ބޭނުންވާ އަސާސީ ތަރައްގީގެ ބަދަލުގައި ފުއްދާލެވޭނެ މިންވަރެއް ނޫން ކަމަށާއި ރަށުގެ ތަރައްގީއަށްޓަކައި ފަށާފައިވާ މުހިންމު ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

ވެލިދޫގައި ސީއެމްބިއުލާންސް އާއި މޭލެއިން ސީޕްލޭންގެ ދަތުރުތައް ފެށުމާއެކު ސަރުކާރުގެ ވެރިންނާއި އެކްޓިވިސްޓުން އެކަމަށް ސަނާ ކިޔަމުންދާ ދާއިރު އައްބާސް އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދިމާކޮށް ރަށުގެ ރައްޔިތުންނަށް ވެފައިވާ ގިނަ ވައުދުތަކެއް މިއަދާ ހަމައަށް އޮތީ ފުއްދައިނުދެވި ކަމަށެވެ.

"ސިޔާސީ އެދުމަށް ރަށުވަންތަ ވަތަނީ ރޫހު ނެތް އަމިއްލަ އެދުމައިގެން އުޅޭ ނ. ވެލިދޫގެ މަދު ބަޔަކު މިއަދު ސޯސަލް މީޑިއާގައި އުޅެމުންދާ ގޮތުން ހިނި އަންނަނީ!،" އޭނާ ވިދާޅުވި އެވެ.

Advertisement

"ރިޔާސީ އިންތިހާބު އާ މަޖުލިސް އިންތިހާބު އާ ދިމާކޮށް ތިމާ އުފަން ފަސްގަނޑަށް އެތަކެއް ވައުދުތަކެއް ވެގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކު ފެށި އެއްވެސް ކަމެއް މިއަދާ ހަމައަށް ނުކުރެވި ފިނިހަކަ ދުވެލީގައި ކުރިއަށްދާ މަންޒަރު ފެންނަ ހިނދު ތިމާމެން ތި ގަބޫލު ކުރަނީ ސީއެމްބިއުލާންސް އާއި ސީޕްލޭން ދަތުރުތައް އެއީ ތިމާމެންނަށް ހައްގު މިންވަރު ކަމަށްތޯ؟"

ވެލިދޫގެ ތަރައްގީއަށް ހުރަސް އެޅިފައިވާ ބައެއް ދާއިރާތަކަށް އައްބާސް ފާހަގަ ކުރެއްވި އެވެ. އޭގެ ތެރޭގައި ވެލިދޫ މަގު ހެދުމާއި ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށް ނުދިއުމާއި، ޑިޓޮކްސް ސެންޓަރުގެ ހިދުމަތް ނުލިބި ލަސްވަމުންދާކަން ފާހަގަކޮށް، ހުއްޓިފައިވާ މަޝްރޫއުތައް އޭނާ ވިދާޅުވި އެވެ.

"ވެލިދޫގެ އެންމެ މަގެެއްވެސް ހަދާ ނިމުނުތޯ؟ ވެލިދޫ ހޮސްޕިޓަލް މަސައްކަތް ކުރިއަށް ދޭތޯ؟ ވެލިދޫ ޑިޓޮކްސް ސެންޓަރާއި ޕޮލިސް ޕޯސްޓު ނިމި ހިދުމަތް ލިބޭތޯ؟ ވެލިދޫ ޖޫނިއަ ކޮލެޖު ނިމި ކިޔަވާދޭތޯ؟ ވެލިދޫ ކުޑަކުދިންގެ ޕާކް ނިމި ކުދިން ކުޅެން ތިބޭތޯ؟ ވެލިދޫ އައުޓުޑޯ ޖިމް ރިނޮވޭޓުކޮށް ނިމުނީތޯ؟ނިމިދިޔަ ސަރުކާރުން ފަށާފައި ނުނިމި ހުރި 4 ކުލާސްރޫމް ނިމުނީމައި ރަށު ތަރައްގީ ނިމުނީތޯ؟،" އެނާ ވިދާޅުވި އެވެ.

ސީއެމްބިއުލާންސެއް ނުވަތަ ސީޕްލޭން ދަތުރުތަކެއް ފެށުމަކީ ރަށަށް ބޭނުންވާ އަސާސީ ތަރައްގީގެ ބަދަލުގައި ފުއްދާލެވޭނެ ކަންކަން ނޫން ކަމަށާއި ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތަރައްގީގެ ހަގީގީ މަންޒަރު އޮޅުވާލުމަށް މަސައްކަތް ކުރި ނަމަވެސް، ރަށުގެ ހަގީގީ ހާލަތު އޮތީ "މަޑުޖެހިފައި" ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށުގެ ވީރާނާވެ، ނެތިދިޔަ ތަރައްޤީއާ މެދު ކުޑަކޮށްވެސް ވިސްނާލުމެއް ނެތި ނެގިނެގިފައި ޖެހުމަކުން ނުފުދޭނެކަން ދަންނާތި. ސިޔާސީ ވެރިންގެ ސިޔާސީ މަސައްކަތާއި ރަށު ތަރައްގީ ނޭނގޭ ބަޔަކަށް ކޮޅުކެހި ލިބޭލެއް އަވަސްވާނެކަން ދަންނާތި،" އައްބާސް ވިދާޅުވިއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox