އައިޕީއެލް: 15 އަހަރުގެ ސޫރްޔަވަންޝީ ތަފާތު ދައްކައި ބެންގަލޫރު ބަލިކޮށްފި

Apr 11, 2026, 7:53 AM
ރާޖަސްތާން ރޯޔަލްސްގެ 15 އަހަރުގެ ތަރި ސޫރްޔަވަންޝީ: އޭނާ އައިޕީއެލްގައި ކުޅެން ފެށީ އުމުރުން 14 އަހަރުގައި.

ރާޖަސްތާން ރޯޔަލްސްގެ 15 އަހަރުގެ ތަރި ސޫރްޔަވަންޝީ: އޭނާ އައިޕީއެލްގައި ކުޅެން ފެށީ އުމުރުން 14 އަހަރުގައި.

ގުވަހާޓީ، އިންޑިއާ (އޭޕްރީލް 11) - އުމުރުން 15 އަހަރުގެ ވައިބަވް ސޫރްޔަވަންޝީ ދެއްކި ތަފާތު ކުޅުމާ އެކު، ރާޖަސްތާން ރޯޔަލްސް އިން ރޭ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެެލެންޖާސް ބެންގަލޫރު (އާރްސީބީ) ހަ ވިކެޓުން ބަލިކޮށްފި އެވެ.

ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގުގެ މި އަހަރުގެ ސީޒަނުގައި މިހާތަނަށް ރާޖަސްތާނުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވިއިރު، އެ ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ދައްކަމުން އަންނަނީ ސޫރްޔަވަންޝީ އެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުން 200 ލަނޑު ހަމަކޮށްފަ އެވެ. ރޭގެ މެޗުގައި، އޭނާ 15 ބޯޅައިން 50 ލަނޑު ހަދާފައިވާއިރު، ނުބައިވީ، 26 ބޯޅައިން 78 ލަނޑު ހަދާފައިވަނިކޮށެވެ.  

ބަރްސަޕާރާ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ރާޖަސްތާނުން ޓޮސް ދިމާވުމުން ނިންމީ ހޮވާށެވެ. މި ފަަހަރުގެ ސީޒަނުގައި ފުރަތަމަ ދެ މެޗުން މޮޅުވި، ބެންގަލޫރުން ރޭ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ތެރޭ 8 ކުޅުންތެރިން ނުބައިވެގެން 201 ލަނޑު ހެދި އެވެ. ޕްރެޝަރު ވަގުތެއްގައި އަރައި، ބެންގަލޫރަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޓީމުގެ ކެޕްޓަން، ރަޖަތު ޕަތީދާރު އެވެ. އޭނާ ނުބައިވީ 40 ބޯޅައިން 63 ލަނޑު ހަދާފައިވަނިކޮށެވެ. 

މި އިނިންސްގައި ރާޖަސްތާނުން ތަފާތު ދެއްކީ، ތިން ބޯލަރުން ކަމަށްވާ ޖޯފްރާ އާޗާ، ބްރިޖޭޝް ޝަރްމާ އާއި ރަވީ ބިޝްނޯއި އެވެ. މީގެއިން ކޮންމެ ކުޅުންތެރިއަކު، ދެ ވިކެޓް ނެގި އެވެ. 

ޖަވާބުގައި ކުޅެން އަރައި، ރާޖަސްތާނުން ވަނީ، 18 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވިއިރު، 202 ލަނޑު ހަދައި މެޗުން މޮޅުވެފަ އެވެ. ޔަޝަޝްވީ ޖޭސްވާލް، އަށް ބޯޅައިން 13 ލަނޑަށް ނުބައިވި މި މެޗުގައި، ރާޖަސްތާން މޮޅުކޮށްދޭން ސޫރްޔަވަންޝީގެ އިތުރުން ތަފާތު ދެއްކީ، ދްރޫވް ޖުރެލް އެވެ. ޖުރެލް ވަނީ، ނުބައިނުވެ، 43 ބޯޅައިން 81 ލަނޑު ހަދައިފަ އެވެ. 

މި މޮޅާ އެކު، ރާޖަސްތާން އެއް ވަނައިގައި އޮތީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޕަންޖާބް ކިންގްސް އަށް ތިން މެޗުން ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ބެންގަލޫރާއި ދިއްލީ ކެޕިޓަލްސް އަދި ލަކްނައު ސުޕަ ޖަޔަންޓްސް އަށް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox